އެމްޔޫ ސޯޓުރުން ތައާރަފް ކުރި ޖެފް-ޓީ-- ފޮޓޯ: އެމްޔޫ ސްޓޯ
14 ނޮވެމްބަރ 2019 - 11:48
ސައިފަތަކީ ދިވެހިން އެންމެ ކުރިއްސުރެ ވެސް ބޭނުންކުރަމުން އައި ބާވަތެކެވެ. ކައިރު ސައި ބޯ މީހުން ވެސް އެހާ ގިނަ އެވެ. ނަމަވެސް ވަކި ސަޔެއް ބުއިމަށް ޝައުގުވެރިވެ އެއީ އާދައެއް ކަމުގައި ބަލައިގެން ގެންގުޅެނީއެއް ނޫނެވެ. ސައި ހުރީތީ ބޮނީ އެވެ.
މިހާރު ހުރިހާ އެއްޗެއް ވެސް ޒުވާނުންގެ ތެރޭގައި މަޝްހޫރުވަނީ ޓްރެންޑެއްގެ ގޮތުގައެވެ. މި ގޮތުން "ޓީ ކަލްޗާ" މިހާރު މިވަނީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެފަ އެވެ. އޮފީސްގަޑީގެ ހަލަބޮލި މާހައުލުން ނުކުމެ ހަވީރުގެ މަޑު ފިނީގައި ރޭގަނޑަށް ދުނިޔެ ތައްޔާރުވަމުންދާއިރު އެކި އެކި ގޭގޭގެ ބެލްކަނީގަ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަކީ މާލޭގައި ދިރިއޫޅޭ މީހުންނަށް މުނިފޫހިފިލުވެން އޮންނަގޮތެވެ.
މި ސަގާފަތަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން އެމް.ޔޫ ސްޓޯރުން މިހާރު ވަނީ "ޖެފް-ޓީ" (ސިލޯނުގެ ސައިފަތެއް) ރާއްޖެ އަށް ތައާރަފް ކޮށްފަ އެވެ. ޖެފް-ޓީގެ "މެޖެސްޓިކް ސިލޯން" އަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރާ ސައިފަތެކެވެ. މީ މިކަހަލަ ބޭނުމަށް އެންމެ ފުދޭނެ ހިތްގައިމު މޮޅު ސަޔެކެވެ.
ސިލޯނުގެ ކުންފުންޏެއް ކަމުގައިވާ "ޖެފާޖީ ބްރަދާސް" ގެ، "ޖެފް-ޓީ" އަކީ 30 ގައުމެއްގައި މިހާރު ވެސް ހަލުވިކަމާއެކު ވިކެމުން އަންނަ، އެ ރަހައެއް ގިނަ މީހުން ދަންނަ މީރު ސަޔެކެވެ. "ޖެފާޖީ ބްރަދާސް" ނުވަތަ "ޖެފް ބްރަދާސް" އަކީ ސިލޯނުގެ އާއިލީ ވިޔަފާރިއެކެވެ.
ސިލޯނުގެ 600 ސަރަހައްދެއްގައި މި ކުންފުނީގެ 10،000 އެއްހާ ދަނޑު އޮވެ އެވެ. އަދި ކޮންމެ ސަރަހައްދެއްގައި އުފައްދާ ސައިފަތުގެ، ރަހަ ބެލުމަށް ހާއްސަ މުވައްޒަފުން ވެސް ތިބެ އެވެ. ސައިފަތް ދަނޑުން ކަނޑާތާ ދުވަސްތައް ނުނަގައި މި ސައިފަތް ޕެކްކުރަން ފަށަ އެވެ. އެއީ ސައިފަތުގެ ހަގީގީ ރަހަ ނުގެއްލި ސައިފަތް ގަންނަ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
ސައި ބުއިމަކީ ހިތްހަމަޖެހުން ލިބި މީހާގެ ސިކުނޑި ތާޒާކޮށް ވިސްނުންތައް ތަރައްގީ ކުރުވާ ކަމެކެވެ. ތަރައްގީވަމުން އަންނަ މި މުޖުތަމައުގައި ބޭކާރު ހިޔާލުތަކުން ރައްކާތެރިވުމަކީ ނަފްސާނީ އެތައް މައްސަލަތަކުން ވެސް ދުރުކޮށްދީ ހަޔާތަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 November 2019
ފޫޑްއެންޑްރަޤްސްއޮތޯރިޓީއާއި، ހެލްތްމިނިސްޓްރީ، އިކޮނޮމިކްމިނިސްޓްރީ ފަދަ ރެގިއުލޭޓްބޮޑީތަކުން ބާޒާރުގައިވިއްކާ ކާބޯތަކެތީގެފެންވަރެއް ނުބަލާ. # މާލޭ ބާޒާރުގެ އެންމެ މަޝްހޫރު އެއް ފިހާރައިން މިހާރުވެސް ވިއްކާ މިކްސް ފްލޭވަރޑް ޔޯގަޓް ތަކެއް ވިއްކަމުން ދަނީ ކާޓްންގެ ބޭރުގައިވާ ބެޗްނަމްބަރުގެ ބަދަލުގައި އެހެން ބެޗްނަމްބަރުތަކެއް އެތެރެއަށް ލުމަށްފަހު ކާޓްންގެ ބޭރުގައިވާ އެކްސްޕަޔަރޑް ޑޭޓަށްވުރެން ކުރުމުއްދަތެއް އެތެރޭގައިވާ ޔޮގާރޓް ތަށިތަކެއް.
ނަން ނުބުނާނަން
14 November 2019
"ކައިރު ސައި ބޯ މީހުން ވެސް އެހާ ގިނަ އެވެ." ކައިރު ސަޔަކީ ކޮންކަހަލަ ސަޔެއްތޯ؟