މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދަނީ-- ފޮޓޯ: މޯލްޑިވް ގޭސް
16 ނޮވެމްބަރ 2019 - 15:36
މޯލްޑިވް ގޭހުން ހީލިއަމް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ހީލިއަމް ފުޅިން ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން ހަތަރު ކިލޯގެ ޕޯޓަބަލް 1،000ރ. ލިބޭނެ އެވެ. އަދި 46 ލީޓަރުގެ ލައިޓާސް ރީފިލަބަން ސިލިންޓަރު 7،000ރ. އަށް ލިބޭނެ އެވެ. މީގެ ތެރެއިން 46 ލީޓަރުގެ ސިލިސްޓަރަކީ ޕާޓީތަކާއި އޮފީސްތަކުގެ ހަފުލާތަަކަށް އެކަށީގެންވާ ފުޅި އެކެވެ.
ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ހީލިއަމް ފުޅިއަކަށް 50 ފުއްޕާހަމުގެ ޕެކެއް ލިބޭނެ އެވެ.
މޯލްޑިވް ގޭހުން ބުނި ގޮތުގައި ބޮޑު ސައިޒުގެ ފުޅިން 500 ފުއްޕާހަމަށް ހީލިއަމް އެޅޭނެ އެވެ. އަދި ކުޑަ ފުޅިން 50 ފުއްޕާހަމަށް ހީލިއަމް އެޅޭނެ އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައި މޯލްޑިވް ގޭހުގެ މި ޕްރޮމޯޝަން ލައިވްކޮށް ޝެއާ ކުރި މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ހީލިއަމް ފުޅިއެއް ލިބޭނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ މޯލްޑިވް ގޭހުން ވިޔަފާރިކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ހީލިއަމް ފުޅިއެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަރީނ/
17 November 2019
ހާދަ ބޮޑު ޑިސްކައުންޓެކޭ އެކަމަކުވާ! ބޭކާރު ހަރަދު!
އޮރިޖިނަލް މޮހަނު
17 November 2019
ހީލިއަމް އިސްރާފުނުކުރަމާ ފުއްޕާހަމަށް އަޅައިގެން. އެމް.އާރް.އައި ފަދަ މުހިއްމު ކަންކަމަށް ހީލިއަމް ބޭނުންވޭ. ނަމަވެސް އެއީ ލިމިޓަޑް ރިސޯސެއް. އެހެނީ ހީލިއަމް ނަގަނީ ވައިންނެއްނޫން. މައިންކޮށްގެން. އަދި މިހާތަނަށް ހޯދިފައިވަނީ ވަރަށް ލިމިޓެޑް އަދަދެއް. އެންމެން މިކަމާ ވިސްނާލައްވާ. ފަރުދީ ޒިންމާ.
ބަގުޑި
16 November 2019
މިއަށް ކިޔަނީ ފޫނެތް ފާ އަށް ފެންފުރުން.
ހީލިއަމް.
16 November 2019
މިއީ ވަރަށް ނޯބަލް ކަމެއް. ތޭންކްސް.