ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގިނަ ގޯލު ޖަހަންޖެހޭ، އަޝްފާގަށް އިތުބާރު އޮތް: ސެގާޓް

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިއަދު 3-1 އިން ގުއާމް އަތުން މޮޅުވި މެޗަކީ ރާއްޖެ އަށް ގިނަ ލަނޑުތަކެއް ޖެހޭނެ މެޗެއް ކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަލީ އަޝްފާގު (ދަގަނޑޭ) ދަނޑުމަތީގައި ބެހެއްޓީ އޭނާ އަށް އިތުބާރުކުރާތީ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ސަމޫހު އަލީ (ސަމުއްޓެ)ގެ ގޯލާއި ގުއާމްގެ ޓްރަވިސް ނިކްލޯ ބައިކޮޅަށް ޖެހި ގޯލާ އެކު ރާއްޖޭން ދެ ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލިއިރު، ގުއާމްގެ ޖޯން މެޓްކިން ވަނީ ދެ ވަނަ ހާފުގައި އެ ޓީމަސށް ލަނޑެއް ޖަހައިދީފަ އެވެ. މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އަށް ދެ ވަނަ މޮޅު ކަށަވަރުކޮށްދިނީ އިތުރު ވަގުތުގައި ދަގަނޑޭ ވައްދާލި ގޯލުންނެވެ.

"ފުރަތަމަ ހާފުގައި އަހަރެމެންނަށް 3-0 އަށް ހަދާލަން ފުރުސަތު ލިބުނު. މި ކަހަަލަ މެޗެއްގައި އެހެން ލިބޭ ފުރުސަތެއް ގޮސްފިނަމަ ފަހުން ޕްރެޝަރު އަންނާނެ. އެ ގޯލު ޖެހުނު ނަމަ ހަގީގަތުގައި މިއީ އަހަރެމެން 5-0 ނޫނީ 6-0 އިން މޮޅުވާނެ މެޗެއް. މީޑިއާ އާއި އެހެން އެންމެން އެ ދައްކާ ވާހަކަތައް ގަބޫލުކުރަން. މިއީ ގިނަ ގޯލުތަކެއް ޖަހަންޖެހޭ މެޗެއް،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

ގައުމީ ކޯޗުކަމާ ސެގާޓް ހަވާލުވެ ދޮޅު އަހަރު ވަންދެން ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށްފައި ހުއްޓެވެ. އޭރު އެކި ފަހަރު އެކި އުޒުރު ދެއްކި ނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުން ދަގަނޑޭ އަށް އަންނަނީ ފުރުސަތު ދެމުންނެވެ. ކޮލިފައިންގައި ރަށުންބޭރުގައި ސީރިއާ ކޮޅަށް ދެ ވަނަ ހާފުގައި ކުޅެން ނުކުމެ ދަގަނޑޭ ގޯލު ޖެހި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ފިިލިޕީންސް ކޮޅަށް ނާއިޒު ހަސަން (ދާދު) ލަނޑު ޖެހީ ދަގަނޑޭ ދިން ބޯޅައަކުންނެވެ. އަދި މިއަދު ސަމުއްޓެ ރާއްޖެ އަށް ލީޑުނަގައިދިނީ ދަގަނޑޭ ނެގި ކޯނަރަކުންނެވެ. މެޗުގެ ފަހު ވަގުތު ދަގަނޑޭ ގޯލު ޖެހި ނަމަވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން ލިބުނު ރަނުގެ ފުރުސަތެއް ގެއްލުނެވެ.

މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗަކީ އުމުރުން 34 އަހަރުގެ ދަގަނޑޭ، ސެގާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުގެ މެޗެއްގެ މުޅި މެޗު އެއްކޮށް ކުޅުނު ފުރަތަމަ ފަހަރެވެ. ސެގާޓް ބުނީ ދަގަނޑޭގެ ތަޖުރިބާ ބޭނުން ހިފާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

"އަޝްފާގު ލަނޑު ޖެހީ 92 ވަނަ މިނިޓްގައި. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަތުން ގެއްލުމުން އަހަރެން ހާފް ޓައިމްގައި އަޝްފާގު ގާތުގައި ބުނިން އަހަރެންގެ އިތުބާރު އޭނާ އަށް އެބައޮތްކަމަށް. މެޗު ނިމެންދެން އަޝްފާގު ބެހެއްޓީ އަހަރެމެންނަށް އޭނަގެ ތަޖުރިބާ ވެސް މުހިއްމުވީމަ. އިތުބާރު އޮތް އޭނަ ގޯލު ޖަހާނެ ކަމުގެ،" ސެގާޓް ބުންޏެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ރޭ ފިލިޕީންސް އަތުން 1-0 އިން މޮޅުވި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިިލިޕީންސަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ސެގާޓް ބުނީ ގުއާމް އަތުން ރާއްޖެ މޮޅުވުމާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް ނަސީބު އެހީވިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ. އެކަމަކު މިހާރު ހާލަތު އޮތްގޮތުން އަނެއްކާވެސް އުއްމީދުއާ ވެގެން ގޮސްފި ކަމަށް ބުންޏެވެ.

މިއަދުގެ މެޗުގެ ދެ ވަނަ ހާފުގައި ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ވަރުބަލިވުމުގެ މައްސަލަތަކެއް ދިމާވި އެވެ. ސެގާޓް ބުނީ އެ މައްސަލަތައް ދިމާވީ ގާތްގާތުގައި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން ކަމަށާއި ހަގީގަތުގައި އެ ފަދަ ހާލަތަކަށް ކުޅުންތެރިން ނެތްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ލީގު ދާގޮތުން ވެސް މި ކަހަލަ އުނދަގޫތަކެއް ކުރިމަތިވާނެ. ބްރޭކެއް ނަގާފައި ކުޅެފައި ދެން އަނެއްކާ ވެސް ބްރޭކެއް އައީމަ މިހެންވާނެ. ހަގީގަތުގައި މި ކަންތައްތަކަށް ގުޅިގެން ހައްލެއް ހޯދަންވީ. ކުޅުންތެރިންނަށް މި ކަން ކުރަން ފަސޭހައެއް ވެސް ނުވާނެ މި ގޮތަށް. އަހަރެން ބޭނުން ކްލަބްތަކުގެ ކޯޗުން ކުރާ މަސައްކަތް ވެސް ފާހަގަކުރަން،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި އޭނާގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ހާފުގައި ސަމުއްޓެ އަށް ދިމާވި އަނިޔާގެ މައްސަލައިގެ އިތުރުން ކުއްލިއަކަށް ދެ ވަނަ ހާފުގައި ދާދު ވެސް ބަދަލުކުރަން ޖެހުމުން ކަމަށެވެ.

ގުއާމްގެ ކޯޗު އޮސްޓްރޭލިއާގެ ކާލް ޑޮޑް ބުނީ އޭނާގެ ނަޒަރުގައި މި މެޗުގެ ފުރަތަމަ ހާފުގައި ގުއާމުން ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި ދެ ވަނަ ހާފްގެ މެޖޯރިޓީ ކުޅުނީ އެ ޓީމުން ކަމަށެވެ. އެކަމަކު މައްސަލަ ދިމާވީ ހެދުނު ގޯސްތަކަކުން ކަމަށާއި އަދިވެސް އެއްކޮށް އުއްމީދުނަގާނުލާނެ ކަމަށް ބުންޏެވެ.

"އަހަރެމެން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ މޮޅުވާން. އެ އުއްމީދުގައި ކުރިއަށް އޮތް ތިން މެޗަށް ވެސް ނުކުންނާނީ. ޕްލޭއޮފް ބުރުގައި ހިމެނިގެން ވެސް އޭޝިއަން ކަޕް ކޮލިފައިން ތިން ވަނަ ބުރަށް ދާން ބޭނުން. އަދި އެ ފުރުސަތު އޮތްކަމަށް ގަބޫލުކުރަން،" ޑޮޑް ބުންޏެވެ.

ކޮލިފައިންގެ މެޗުތައް ދެން އޮންނާނީ އަންނަ އަހަރު މާޗް މަހުގަ އެވެ. މާޗް 26 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ކުޅޭނީ ޗައިނާއާ އެވެ. ހަމަ އެ ދުވަހު ފިިލިޕީންސް އަމިއްލަ ދަނޑުގައި ކުޅޭނީ ގުއާމްއާ އެެވެ.

5 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ފުޓްބޯލް ފޭން

21 November 2019

‫ކަލެއަށް އިތުބާރު ނުކުރެވޭތީ މައްސަލައަކީ

The name is already taken The name is available. Register?

އިޙްސާސް

20 November 2019

ރާއްޖެ ކުޅުންތެރިންގެ އެވްރެޖް ފިޓްނަސް ރަގަޅެއްނޫން. ގާތްގާތުގައި ވަރުގަދަ މެޗްކުޅެން ކުޅުންތެރިން ފިޒިކަލީވެސް ފިޓްވާންޖެހޭނީ. ފިޓްނަސް ކޯޗަށް ސުމެއް.

The name is already taken The name is available. Register?

ހަސަދު

20 November 2019

އިތުބާރު ބޮޑު ކަމުން ޓީމަށްވެސް ނުނަގާ.!!!

The name is already taken The name is available. Register?

ކަޅޭ

19 November 2019

ބަލަ އަހަރެމެންވެސް އަޝްފާޤަށް އިތުބާރުކުރަމޭ.. އެކަމަކު ކޯޗައް އިތުބާރެއް ނުކުރަން

The name is already taken The name is available. Register?

ހަކީމް

19 November 2019

ގިލްޓީވެފަ ހުރި ކޯޗެއް. މިމީހުންވެސް ޖެހޭނީ ސައިޒް ކޮއްފައި ބަހައްޓަން. އަލީ އަޅުން ދަނޑަށް އެރުވީ ޕްރެޝަރު ކުރީމަ، ވަރަށް ގިނަ މީހުން އެކިގޮތްގޮތުން މަސަތްކަތް ކޮއްގެން. މީނެ ބޭނުންވީ މީނަގެ ބަރު ދައްކާލަން. ދޮޅުއަހަރު މިގޮތުގައި ހޭދަކުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454