އަފްގާނިސްތާނުން ހައްޔަރުކުރި އައިއެސްއައިއެސް ގެ ބައެއް ހަނގުރާމަވެރިން: އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުން ބުނޭ-- ފޮޓޯ: ޕަޖްވޮކް އަފްގާން މީޑިއާ
19 ނޮވެމްބަރ 2019 - 20:30
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ނަންގަރްހާރުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފެށުމާ އެކު އައިސިސްގެ އެތައް ސަތޭކަ ބަޔަކު އަމާން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް އަފްޣާނިސްތާނުގެ ބައެއް ނޫސްތަކުން މިއަދު ބުނެފި އެވެ.
އަފްޣާނިސްތާނުގެ ޕަޖްވޮކް ނޫހުން ބުނި ގޮތުގައި ސިފައިން އޮޕަރޭޝަން ވަރުގަދަވެ، ހަނގުރާމަވެރިންނަށް ސަލާމަތް ވެވެން ނެތުމުން 243 ހަނގުރާމަވެރިޔަކު އަމާން ދިނުމުން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް ބުނި ނަމަވެސް އެއީ ކިތަން މީހުން ކަމެއް ބުނެފައެއް ނުވެ އެވެ.
އަމާން ދިން މީހުންގެ ތެރޭގައި ގިނައީ އަފްޣާނިސްތާނު މީހުން ކަމަށާއި ތަޖިކިސްތާނާއި އުޒްބެކިސްތާނާއި އީރާނާއި އަޒަރްބައިޖާނާއި ކަޒަކްސްތާނު މީހުން ވެސް ހިމެނޭ ކަމަށް ނޫހުގައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ބައެއް ފޮޓޯތައް ވެސް ހާމަކޮށްފައިވެ އެވެ. އެއިން ފެންނަނީ އަފްޣާނިސްތާނު މީހުން ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ތިބި ބައެކެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ވެސް ހިމެނެ އެވެ.
އަފްގާނިސްތާނުން ހައްޔަރުކުރި އައިއެސްއައިއެސް ގެ ބައެއް ހަނގުރާމަވެރިން: އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުން ބުނޭ-- ފޮޓޯ: ޕަޖްވޮކް އަފްގާން މީޑިއާ
މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.
އެހެން ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ގިނަ ދިވެހީންތަކެއް ބައިވެރިވެ އެވެ. އޭގެ ތެރެއިން އެތައް ބަޔަކު މިހާރު ވެސް ސީރިއާގައި ތާށިވެފައި އެބަ ތިއްބެވެ. އެ މީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން ސަރުކާރުގައި ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
21 November 2019
އަބުރާ ނުގެން ނާތި ތިމީހުން!
ކޮބާ..ކޮބާ
21 November 2019
ހަނގުރާމަ އަށް ދިޔަ ނިޔަތް ރުފިޔާ އަށް ބަދަލުވީ..
ޕޮކަންޑިވުން
20 November 2019
ދެން މީގަވެސް ރައީސް ނަޝީދު ކުއްވެރި ކުރީމަ ހުންނާނީ ރަނގަޅަށް. އޭރު ރައީސް ނަޝީދު އެހެން ބުނީމަ ގަބޫލު ކުރާނެ ބަޔަކު ނުވި.
ދެބޯ ގެރި
21 November 2019
ތިބުނާ ނަޝީދަކާ ކޮން ބެހޭ ކަމެއް..
މިމްމި
20 November 2019
ކީއްކުރަންތަ ދަނީ
ނަޖްވާ
20 November 2019
މި މީހުން ނުވާނެ ރަނގަޅެއް! މި ބައިގަނޑު ހެޔޮނުވާނެ ރާއްޖެ ގެންނަން!
ޖަންގަލީ
20 November 2019
އައްތެ ހާދަ ފިޑި އޭ މަދިޔަނަމަ ނުދިނީމުސް
ޒ. މުޙައްމަދު
20 November 2019
ނަޝީދުގެ ވާހަކައިގަ ޙަގީގަތްތަކެއް އެބަހުރި. މަށަކީ ޕާކިސްތާނުގެ ޖާމިޢާއެއްގަ މީގެ 4 އަހަރު ކުރިން ކިޔެވި މީހެއް. ސީދާ ދިވެހި ރާއްޖެއަށް ޓާގެޓްކޮށްގެން ރާވާކަންކަން އެބަހުރި. ކިޔެވުމާއި އެއްވަރަށް ހަރުކަށި ވިސްނުމާއި، މިލިޓަރީ ތަމްރީން ދެމުން ގެންދޭ. މުދައްރިސުން ކްލާހަށް އަންނަނީ ކޮމްބެޓް ފައިޓިންގ އޯޑަރގަ ރެޑީވެގެން. ޕާކިސްތާން ސަރަހައްދުތަކާއި ދިވެހި ރާއްޖޭގެ މާހައުލު ވަރަށް ތަފާތު. މި ނާޒުކު ގައުމާމެދު އަހަރުމެން ފުންކޮށް ވިސްނާލަންޖެހޭ.
އާދަނުގެއައިންތު
20 November 2019
އައްޗި! ހާދަ ފަސޭހައިން ތި އަމާން ދިނީ؟ މަ ހީކުރީ ބަޑިޖަހަމުން "ޝަހީދު" ވެގެން ދާން ހިތްވަރު ހުންނާނެކަމަށް. ހާދަ ފިނޑި ބަޔެކޭ ދޯ. ހާދަ އަގީދާ ބަލިކަށި ބަޔެކޭ ދޯ.
ކޮބާ
20 November 2019
ކޮބާ ހެކި ގަރީނާ. ތިހެން ތުނބުޅިއެއްލިޔަސް އެއީ ދިވެއްސެއް ކަމަށް ތަ ބަލަނީ؟
ރަބަރު
20 November 2019
ކާބުލްގައި ދިރިއުޅޭ ކާބުލްގެ މީހަކު ދިވެހިން ތިބިވާހަކަ ރޭ މަގޭ ކާރީބުނި. ބަލަ އަހަރުމެންވެސް ޕާކިސްތާނުގައި އުޅުނިން. އެއީ ހަގީގަތެއް. ނަޝީދު ހަދައިގެން ދައްކާވާހަކައެއްނޫން. އަދި ނޫހުން ދޮގުހަދަނީ އެއްވެސްނޫން. ކުދިން ބޮލަށް ތިމީހުން ޗިޕްޖަހާގޮތް ފެނިފަ ހުރި މީހެއްމިއީ.
ބަބުރޭ
20 November 2019
ލިޔުންތެރިޔާ ސުރުޚީގަ ދިވެހިންތަކެކޭޖެހީ ކީއްވެބާ؟. މީބޭރުގެ ޚަބަރެއް، އެޚަބަރުގަވެސް އޮތީ ދިވެހިންވެސް ހިމެނޭވާހަކަ އެއީ އެންމެމީހަކައްވުރެ ގިނަޔޭވެސް ނުބުނެ. ގިނައީ އެސަރަހައްދުގެ ގައުމުތަކުގެ މީހުންކަމައްވެސް އޮތް.