ވިޔަފާރި / މޫސާ ޒަމީރު، ފޮރިން މިނިސްޓަރު

އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވަނީ

ސެއިންްޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މި ރިސޯޓު ހުޅުވަން އަންނަނީ ތައްޔާރުވަމުން.

28 ސެޕްޓެމްބަރ 2016 - 16:40

14 comments

އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 50 ރިސޯޓު ހުޅުވަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، މިދިޔަ ދެ އަހަރު ހުޅުވި ރިސޯޓުތަކުގެ އަދަދު މަދުވިޔަސް، މި އަހަރުގެ މިހާތަނަށް ހަތަރު ރިސޯޓު ހުޅުވައި އަހަރު ނިމުމުގެ ކުރިން އިތުރު ނުވަ ރިސޯޓު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"... 2018 ގެ މެދުތެރެ އަށް ދާއިރު އެ ޓާގެޓު [50 އާ ރިސޯޓު ހުޅުވުމުގެ ޓާގެޓު] ހާސިލު ކުރެވޭނެ އަދި އެ އަށް ވުރެ ވެސް ރަނގަޅު ކުރެވޭނެ ކަމަށް މި ބަލަނީ،" ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު އިސްކަން ދެނީ، ޒަމީރު ފާހަގަކުރެއްވި ގޮތުގައި، އާ ރަށްތައް ދޫކުރުމުގެ ބަދަލުގައި ނުނިމި ހުރި ގާތްގަނޑަކަށް 200 ރަށް ނިންމުމަށެވެ.

މި އަހަރު ވަނީ ރ. އަތޮޅުގައި "ފުރަވެރި އައިލެންޑް ރިސޯޓު"، ބ. ކަނިފުށީގައި "ފިނޮޅު"، ކ. މާދޫގައި "އޯޒެން ބައި މާދޫ"، ކުޑަބަނޑޮހުގައި "މަލަހިނި ކުޑަ ބަނޑޮސް" ހުޅުވައިފަ އެވެ. މި އަހަރު ހުޅުވަން ހުރި އެހެން ރިސޯޓުތަކުގެ ތެރޭގައި:

- ޅ. ހުރަވަޅީގައި ހަދާ ރިސޯޓު

- ދ. ވޮށްމުލީގައި ހަދާ ސެއިންޓް ރެޖިސް މޯލްޑިވްސް

- ނ. މެދުފަރުގައި ތަރައްގީ ކުރި ސޮނޭވާ ޖާނީ

- ގއ. ކޫއްޑޫގައި ހަދާ މާކިއުރީ މޯލްޑިވްސް ކޫއްޑޫ

- ބ. މިލައިދޫގައި ހަދާ ރިސޯޓު

- ދ. އަތޮޅުގައި ހަދާ ކަނޑިންމަ މޯލްޑިވްސް

- ޅ. އޫކޮޅުފުށީގައި ހަދާ ކޮކޫން މޯލްޑިވްސް

- ބ. ވޯވަށުގައި ހަދާ ފޯ ސީޒަންސް ވޯވަށް

- ބ. ދިގުފަރުވިނަގަނޑުގައި ދިގުފަރު އައިލެންޑް ރިސޯޓު

ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.

ގިނަ އާ ރިސޯޓުތަކެއް ހުޅުވިޔަސް، ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހާއްސަކޮށް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.

14 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 25%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނި

29 September 2016

އިތުރުރިސޯޓްހައްދަވާނެކަމެއްނެތް ގޭގައިއޮންނެވުމަށްރައްޔިތުންގޮވާއިރުއެއަޑުއައްސަވާ.3އަހަރުބޭކާރު

The name is already taken The name is available. Register?

ސަ

28 September 2016

ސަތޭކަ ރިސޯޓު ހެދިޔަސ ވަޒީފާ ބިދޭސިނަ

The name is already taken The name is available. Register?

ޓޫވެލް

28 September 2016

އަންނަ އަހަރު އިތުރު 20 ރިސޯރޓް ހެދެނީ އެވެ. މާ ބޮޑަށް ރަނގަޅެވެ. އެ ރިސޯރޓް ތަކުން ރާއްޖޭގެ ދިވެހި ދަރިންނަށް ވަޒީފާ ދީ އަދި އެވަޒީފާ ތަކުން ރާއްޖޭގެ ދިވެހި ދަރިން ތައް ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް މަހަކު އެއް މިލިއަން ޑޮލަރު އިންޖެކްޓް ކުރާނެ ކަމުގެ އުއްމީދު އާލާވަނީ އެވެ. މާ ބޮޑަށް ރަނގަޅެވެ. މާ ބޮޑަށް ރަނގަޅެވެ. އުއްމީދަކީ ޓޫރިޒަމް މިނިސްޓަރު ވެސް މަސައްކަތް ކޮށްގެން އަންނަ އަހަރު އަލަށް ހުޅުވޭ ރިސޯރޓް ތަކުގެ މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ދިވެހިންނަށް ފުރުސަތު ހޯދާ ދޭން ސަރުކާރުން ބުރަ ކޮށް މަސައްކަތް ކޮށްގެން މިކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ. މާ ބޮޑަށް ރަނގަޅެވެ. އައި ރިމެމްބަރ ދިސް މޫމެންޓް އޯލް ޓޫވެލް، އޯލް، އޯލް، އޯލް ޓޫވެލް، ޓޫވެލް، ޓޫވެލް..

The name is already taken The name is available. Register?

މުހައްމަދު

28 September 2016

މިއީ ޤައުމު ތަރައްޤީކުރަންވީ ގޮތަކީ، ޤައުމަށް ޚިދުމަތްކުރަންވީ ގޮތަކީ. ގައުމު ބަދުނާމުކޮށް ގައުމުގައި ތިބީ ޓެރަރިސްޓުންނޭ ގޮވާ މީހުންނަކީ މި ޤައުމަށް ހެޔޮ އެދޭ ބައެއް ނޫން. އެޒާތުގެ އެކަހަލަ މީހުން ދައްކާ ވާހަކައާ ދުރަށް ރައްޔިތުން ގޮސް ހަމަ ވިސްނުމުން ވިސްނަންވީ ވަގުތަކީ މިއީ.

The name is already taken The name is available. Register?

ސަލާމް

28 September 2016

މިކަހަލަ ކަންކަމަކީ ސީދާ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް އޮންނަ ކަން ގޮތަށް ބަދަލުވެގެން މެނުވީ، ގައުމު ކުރިއެއް ނާރާނެ

The name is already taken The name is available. Register?

މުހުދު

28 September 2016

ގައުމަށް ވަންނަ ލާރި އިތުރުވެ، ރިޒޯޓްތަކާ ތަންތަން ހަދާ ހުސްވަނީ، އެކަމަކުވެސް ޑޮލަރު އެހާ ތާށި ރައްޔިތުން އަތުން ނަގާ ޓެކްތަށް ހައްތަހާ މައްޗަށް، ކުލި، ކަރަންޓް، އެއްޗެހީގެ އަގު އަތްނުފޯރާ ފަށުގަ، ރައްޔިތުންނަށް ވާ އެއްވެސް ފައިދާއެއްނެތް، މަދުބައެއްގެ ޖީބަށް ހުރިހާ ލާރިއެއް، ޔާމީން ރަނގަޅަށްވެސް ފެއިލް ވެއްޖެ

The name is already taken The name is available. Register?

އެދުރުބެ

28 September 2016

ރެފިއުޖީންއަށް ކެތް ނުވާނެ. ޢެހެން ވެގެން މަރުފަލި އެޖަހަނީ

The name is already taken The name is available. Register?

ައަންނި

28 September 2016

2013ގެފަހުންq ހަދަންފެށިތަންތަން ދޯ ހަމަ!!!!!

The name is already taken The name is available. Register?

ގިވްއިން

28 September 2016

އަންނަ އަހަރު އިތުރު 20 ރިސޯރޓް ހުޅުވެނީ އެވެ. އަވަހަށް މިއަހަރު ސްކޫލް ތަކުން ނިމޭ ކުދިން ތައް ވެސް އެކްސްޕީރިއަންސް ކޮށްލަން ވެސް ދާންވީ ރިސޯރޓް ތަކުގެ ވަޒީފާ އަށެވެ. ތިޔާ އެނަރޖީ ޑްރިންކްސް އާއި ފެގް އާއި އަދި ޝީޝާ ބުއިން ހުއްޓާލުމަށް ފަހު ހަށިގަނޑާއި މެދު ވެސް ކެއަރ ކޮށް ގެން ބްރައިޓް ފިއުޗަރ އެއް ހޯދުމަށާއި އަދި ގަދަ މީހަކަށް ވާން ބޭނުން ނަމަ ޒުވާން އުމުރުގައި ބުރަ ކޮށް މަސައްކަތް ކޮށްގެން ފައިސާ ކޮޅު ރައްކާ ކޮށް ހަދާ އެފައިސާ އިން ރަނގަޅަށް ކިޔަވައިގެން ދެން ތިބާ މޮޅު މީހަކަށް ވާންވީ އެވެ. އެއިރުން ރިސޯރޓް ދާއިރާ ގައި މަސައްކަތް ކުރާތާ 10 އަހަރު ދުވަސް ތެރޭގައި ހުންނާނީ ޖީއެމްއަކަށް ވެފައެވެ. ތިބާ މެން މިއަދު ކުރާ ރަނގަޅު ކަމަކުން ގައުމު މާދަމާ ހިނިތުން ވާނެއެވެ. ދިސް އިޒް ދަ ގަޓްސް ފީލިންގް އައި ގޮޓް. ޑްރޮޕް ދަ ބޭޑް މެނަރސް އެން ޓްރައި ޓު ބިލްޑް ޔުއަރ ފިއުޗަރ. ދީ ތިބާގެ އަތް ތައް އަވަހަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް. ދީ ދެން ދީ ދެން ދީ ދެން ގިވް އިން ގިވް އިން ޓު މީ.. ގިވް އިން ޓު މީ..

The name is already taken The name is available. Register?

ޑްރީމް

28 September 2016

އަންނަ އަހަރު ރާއްޖޭގައި އިތުރު 20 ރިސޯރޓް ހުޅުވިގެން ދާ ކަމީ އެއީ އުފާކުރަން ޖެހޭނެ ކަމެކެވެ. މީގެއިން މިއެގިގެން ދަނީ ރާއްޖޭގެ އިގްތިސާދުގައި އެޅުވިފައިވާ ކަސްތޮޅު މިނައްތާލެވެނީ އެއީ މަމެން ޕިންކް ކުދިން ގެ ވެރިކަމުގައި އެކަނި ކަން. ރަންރީނދޫ ކުދިންގެ ވެރިކަމުގައި މިފަދަ އުފާވެރި ޚަބަރު ގެ އަޑު ތައް އެއްގޮތަކަށް ވެސް ނީވެއެވެ. ދެން ބައްލަވަންވީ ސަރުކާރުން މިރިސޯރޓް ތަކުގެ މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ޚާއްސަ ކުރެވޭނެ އުސޫލުން ކޮލިޓީ ގައުމު ތައް ކަމަށް ވާ ސިންގަޕޯރ އިން އަހަރަކު 100 ދިވެހި ކުދިން ތަމްރީން ކުރަންވީ މާސްޓަރސް ފެންވަރަށް. އެއިރުން ދެން މިރާއްޖޭގެ ޓޫރިޒަމް ގެ ހަގީގީ ފައިދާ ކުރާނީ މިގައުމަށް. މިގައުމު މިއުޅެނީ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ކުރަން ކަމަށް މަމެންނަށް ފެންނަ ހުވަފެން ތަކުން ދަނީ އަބަދު އަބަދު ފެންނަމުންނެވެ. ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް. ތިބާ އަށް ތިބާ ގެ މުސްތަގްބަލް އުޖާލާ ވާން އޮތީ ސައިލެންޓް ޑްރީމް ކާމިޔާބު ވެގެން ނެވެ. އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ދިސް ޔޫ ވުޑް ރިއަލީ ބިލީވް އިޓް.. އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454