22 ނޮވެމްބަރ 2019 - 21:53
ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ނޮވެމްބަރު" ގެ މަންޒަރުތަކެއް ސިންގަޕޫރް ނަގަން ފަށައިފި އެވެ.
ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކު ފިލްމުގެ ކްރޫ ސިންގަޕޫރަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ.
އެ ޓީމްގައި ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ދެ ޕްރޮޑިއުސަރުން ކަމަށްވާ މުހައްމަދު އަލީ އާއި އަންހެނުން އަދި ސްކްރީން ރައިޓަރު އައިޝަތު ފުއާދު ތައުފީގްގެ އިތުރުން މޭކަޕް އާޓިސްޓް ސޭންޑީ އަދި ކެމެރާމަން އަހުމަދު ޝިނާން ހިމެނެ އެވެ.
#November #singapore pic.twitter.com/Js7q8LDnTb
— Dark Rain Ent (@DarkRainEnt) November 21, 2019
"ނޮވެމްބާ" ގެ މަންޒަރުތަކެއް ސިންގަޕޫރްގައި ނަގާ އިރު، އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް ފިލްމުގެ ރޯލަކުން ފެންނާނެ އެވެ. ފިލްމުގެ ޓީމުން އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ސިންގަޕޫރްގައި ޝޫޓިން ކުރިއަށް ގެންދާނެ އެވެ.
#November #singapore #scenediscussions pic.twitter.com/us754Aquax
— Dark Rain Ent (@DarkRainEnt) November 21, 2019
"ނޮވެމްބާ" ގެ މަންޒަރުތަކެއް ކުރިން ވަނީ މާލެ އާއި ލ. އަތޮޅު ގަންފޮނަދު އާއި ކ. ތުލުސްދޫގައި ވެސް ނަގައިފަ އެވެ.
#November #singapore pic.twitter.com/QarpRV1SD7
— Dark Rain Ent (@DarkRainEnt) November 20, 2019
ވަރަށް ގިނަ ތަރިން ހާއްސަ ފެނިލުންތަކުން ވެސް ފެނިގެން ދާނެ "ނޮވެމްބާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން "މާމުއި" ވެސް ލިޔުނު އައިޝަތު ފުއާދާއި އަހުމަދު ތޮލާލެވެ.
މީގެ ކުރިން ވެސް ދިވެހި ފިލްމެއް ސިންގަޕޫރްގައި ޝޫޓްކޮށްފައިވެ އެވެ. އެއީ ފަރިވާ ސްޓޫޑިއޯ އިން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން "ދެ ފިރި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
24 November 2019
އަހަރެން ހިތަށްއަރަނީ ނެރޭ ހުރިހާ ފިލްމެއްގާ މިދެތަރީންގެ ކެމިސްޓްރީ ދިމާވާއިރު، ހަގީގީ ދިރިއުޅުމުގާ މިދެތަރީންގެ ކަންކަން ހުންނާނީ ކިހިނެއްބާއޭ. މީނޫންތަ އެކަންކަން ފުރިހަމަވެގެން ދިރިއުޅުން ފަށަންވީ މީހުންނަކީ!
ކުކުޅޭ ---
23 November 2019
ގަދަ އިނގޭ!
ހިޝާ
22 November 2019
ސިންގަޕޫރު ސިނަމާތަކުގަ ފިލްމު ނޭޅުވިގެން އެ ގައުމު ރައްޔިތުން އާދޭސް ނުކުރޭ ތަ ްްްްްްްްްްްްްްްްްްްްްްްްް
ޛިމް
22 November 2019
އޮސްކާރ އެއް ލިބޭވރުވާނެ ސިންގަޕޫރުގެ މަންޒަރު ނެގީމަ