ލިޓަސް އިން ވިއްކާ ސައިކަލުތަކެއް: އެ ފިހާރައިން ގަންނަ ސައިކަލްތަކުން ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ނިންމާފައި.
21 ނޮވެމްބަރ 2019 - 16:46
ސައިކަލު ގަތުމުން ވަގުތުން ސައިކަލު ލިބޭ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި އެވެ.
"ވަގުތުން އަތަށް" ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ނަގާ ކޮންމެ ސައިކަލެއް ވަގުތުން އެ ކަސްޓަމަރަކަށް ލިބޭނެ އެވެ.
ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ ކަސްޓަމަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ ސައިކަލު ގަތުމަށް ފަހު އެ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަން ޖެހުން ކަމަށެވެ. އެހެންވެ އެ ފިހާރަ އިން ފެށި މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އެ ޝަކުވާ އަށް ހައްލު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަލަށް ސައިކަލު ގަތުމަށް ފަހު އެ ދުއްވާލަން މީހުން ބޭނުންވެފައި ތިބޭ މިންވަރު. އެހެންކަމުން ސައިކަލް ލިބޭ ގޮތް އަވަސް ކޮށްދިނުމަށް ބައިވަރު ކަސްޓަމަރުން އެދޭ. މި ޕްރޮމޯޝަނަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އެދުމުގެމަތިން ފެށި ޕްރޮމޯޝަނެއް،" އާސިފް ވިދާޅުވި އެވެ.
ލިޓަސް އިން ވަނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ފިހާރަތަކުގައި ވިއްކާ ސައިކަލުތަކުން ހާއްސަ ޑިސްކައުންޓްތައް ވެސް ދޭން ނިންމައިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ވެސް ޔަމަހާ އެރޮކްސް އާއި ހޮންޑާ ޒޫމާ އިން ހާއްސަ ޑިސްކައުންޓް ލިބޭނެ އެވެ. އަދި މާލެ ޝޯރޫމުން ވިއްކާ ފިނޯ އާއި ސްކޫޕީ، އަދި އައްޑޫ ޝޯރޫމުން ވިއްކާ ޕީސީއެކްސް އާއި ފޮނަދޫ ޝޯރޫމުން ވިއްކާ ކިއުބިކްސްގެ އިތުރުން ފުވައްމުލަކު ޝޯރޫމުން ވިއްކާ ސްކޫޕީ އިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ މިހާރު
21 November 2019
ތިހެން ނުހަދަބަލަ.. މިހާރުވެސް މިމާލޭގަ ތިގިނަވެފަ...