މިނިސްޓަރު އުމަރު "މިހާރާ" ވާހަކަ ދައްކަވަނީ: އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުުރު ނެރެދިނުމަށް މިނިސްޓަރު ވަނީ ކޯޓުގައި އެދިފައި .---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
30 މެއި 2016 - 14:26
އިތުރު 10 މީހެއްގެ މައްޗަށް މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުވުމަށް އަންގަވާފައިވާ ކަމަށެވ
މި އަމުރު މިހާތަނަށް 20 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ނެރެފައިވެ އެވެ.
މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން މޮނީޓާކޮށް ބަލަހައްޓަން ހޯމް މިނިސްޓްރީ އަށް ބާރު ލިބޭ ގޮތަށް ހައި ކޯޓުން ނެރެދޭ އަމުރެކެވެ. މި އަމުރުގެ ދަށުން ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ ނޫޅެވޭ އިރު، މީހަކު ވަކި ތަނެއްގައި ބެހެއްޓުމާއި އެ މީހާ ހުންނަ ތަންތަނާއި ދާ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދަބު
31 May 2016
މިސަރުކާރަކީ އަދަބު ދޭ ސަރުކާރެއްތަ؟ އުމަރުވެއްޖެންނު ހުރިހާ ދިވެހިންގެ އަނދަގޮނޑި ޖަހާ ކަށިނަރުދަމާ ދަށުން އަލިފާން ރޯކުރަން،
އަލްޖިބްރާ
30 May 2016
މޮނިކޮން ، މިނިކޮން ، މިނިޓޮން ، މިނިޕޮން ކޮންމެނަމެއް ކިޔާފަ ކޮންމެ އަމުރެއް ނެރުނަސް މިޤައުމުގައި އުމަރު ކަހަލަ ދެފުއްކެހެރިން ތިބިހާދުވަހަކު އެއްވެސް ކަމެއް ރަގަޅެއް ނުވާނެ !