ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގަތުމަށް އިއްޔެ ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރި-- ފޮޓޯ: ނިޝާން އަލީ / މިހާރު
29 ނޮވެމްބަރ 2019 - 19:29
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލޭ ޖަލުގައި ހުންނެވި ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށާއި އެއީ އެމަނިކުފާނު ހުންނެވުމަށް ސިއްހީ ގޮތުން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ޔާމީނު ހުންނެވި ޖަލަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ޒިޔާރަތް ކުރުމަށް ފަހު ދެއްވި އިންޓަވިއުއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޔާމީނަކީ މިހާރު ހުންނެވި ފަދަ މާހައުލުތަކުގައި ބެހެއްޓީމާ "ބައެއް ކަހަލަ ހާލަތްތައް ކުރިން ވެސް ދިމާވެފައިވާ" ބޭފުޅެއް ކަމަށެވެ. އެކަން ހިއުމް ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ދައުލަތުން ކުރިން ގަބޫލު ވެސް ކޮށްފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީންއާ މިއަދު މާލޭ ޖަލުން ބައްދަލުވި. ބަހައްޓާފައި ހުރީ ފާޚާނާ ހަލާކުވެފައި ހުރި ކުޑަގޮޅިއެއްގައި. މިއީ އަސާސީ މިންގަނޑުވެސް ހަމަނުވާ ތަނެއް. މިއީ ހުރިހާ ގޮތަކުން ބެލިޔަސް އަނިޔާ. މިހާރުން މިހާރަށް ގެއަށް ބަދަލުކުރަންޖެހޭ. އެހެން ފަރާތްތަކަށްވެސް މި ލުއި ވަނީ ދީފައި pic.twitter.com/UzGQ0dFfl7
— Mohamed Jameel Ahmed (@MJameelAhmed) November 29, 2019
ޔާމީންގެ ވަކީލް ޖަމީލްގެ ޓުވީޓް
"އެހެންވީމާ ރައީސަށް [ޔާމީނަށް] މިހާރު މި ގެންގުޅޭ މާހައުލުގައި ނުއެއް ހުރެވޭނެ ހަގީގަތުގައި. ސިއްހީ ހާލަތު ތަނެއް ނުދޭ. ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި އެކަމާ،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ދައުލަތުން އެގޮތަށް ކަންތައް ކޮށްދީފައި އެބަހުރި ކަމަށާއި ބައެއް ބޭފުޅުން މިހާރު ވެސް ގޭގައި ބައިތިއްބާފައި އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ސިއްހީ ހާލަތަށް ދައުލަތުން ރިއާޔަތް ކުރަން އެދިވަޑައިިގަންނަވަނީ ސްޓްރެސްފުލް މާހައުލެއް އުޅުއްވަން ޖެހިވަޑައިގެންނެވުމުން ސިއްހީ ގޮތުން ޔާމީނަށް މީގެ ކުރިން މައްސަަލަތައް ކުރިމަތިވެވަޑައިގެންފައި ވާތީ އެވެ.
"އެގޮތަށް ދިމާވެފައި ހުރީމާ އެ ހާލަތަށް ރިއާޔަތް ކުރައްވައިގެން މި ދެންނެވި ގޮތަށް ގެއަށް ބަދަލުކޮށްދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ދައުރުގައި ވެސް އެތައް ބަޔަކު ބަންދުކުރުމަށް ބޭނުންކުރި މާލޭ ޖަލުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އެތަނުގައި ޔާމީން އަވަހަރާފުޅު ލައްޕަވަން ހުރި އެނދަކީ ވެސް ހަށިކޮޅު ރަނގަޅަށް ދަމާ ވެސް ނުލެވޭ ވަރުގެ އެނދެއް ކަމަށެވެ. އެތަނުގައި ހުރި ފާހާނާގެ ހާލަތު ވެސް ވަރަށް ދަށް ކަމަށާއި އެގޮތުން ފާހާނާ ފްލަޝް ވެސް ނުކުރެވޭ ކަމަށާއި ހޫނުފެން ވެސް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު އައިސްފައި ހުންނަން ޖެހޭ ކަހަލަ ތަނެއް ނޫން މިތަނަކީ. މާލޭގެ މި ޖަލަކީ ހަގީގަތުގައި ހާލަތު ވަރަށް ގޯސް ތަނެއް،" ޔާމީނާ ހަވާލާދެއްވައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.
މާލޭ ޖަލުގައި ބަންދުކޮށްފައިވާ، ކުރީގެ ރައީސް ޔާމީނާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު އެތަނުގެ ބޭރުގައި ފޮޓޯއެއް ނަންގަވަނީ: ވަކީލުންގެ ޓީމުގެ އިސްބޭފުޅަކީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
އެ މައްސަލައިގައި ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރު ދުވަހަށް ޖަލަށް ލާން އިއްޔެ ހުކުމް ކުރި އެވެ.
ޖަމީލް ވިދާޅުވީ ޔާމީނަށް ކޮށްފައިވާ ހުުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ ކަމަށާއި ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މާދަމާ ރަސްމީކޮށް އިލްތިމާސް ހުށަހަޅުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮން ރައީސް ޔާމީނެއް ކިޔާކައް!
08 December 2019
މިއޮއް ހުރިހާ ދހުވަހުވެސް ތހި ބުނާ ޖަލެއް ހުރީ ތހިހެން. ެތހަނަހ ގެންދާ ހުރިހާ ގަިދީންވެސް އުޅުނީ ތހިހާލުގަ. ގައިދީން ނުޖެހޭ 5 ސްޓާރް ހޮޓަލެހްގަ ބަިއި ތއް ބާކައް. ޔާމީނަކަސް ބާމީނަކަސް އެއީ ކުހް ވެރިއެއް. ވަކި ތަފާތު ހިދުމަތެއްދޭކައް ނުޖެހޭ ކޮންމެހެން. ދެންވެސް އެތާ ތިބީ ހަމަ ޔާމީން ކަހަލަ އިންސާނުން.
ނަގިލި
30 November 2019
ފެންވަރު ރަނގަޅުތާކު ބެހެއްޓީމަ ފައިސާ ދޮވެފި. ދެން ނުބަހައްޓާނެތާ އެކަހަލަ ތާކު.
ގުއި ކަލޯ
30 November 2019
ޢެހެން ރައީސުން ވެސްތިބީ ގަޑުވަރު ތަކަކުނޫން ....
ފެން ފޯއް ރުއްކެޑި
30 November 2019
ޜޯޒް ވޯޓާރ ބަހަށްޓަބަލަ ނާނާފުޅު ފިއްލަވަން
ފޮނިޓައްޕު ހަސަނު
30 November 2019
ބޮޑެތި މުޖްރިމުން ޖަލުގައި ބައިތިއްބަން ޖެހެނީ ފިނިފެން މަލުގެ ދާނުގައިތަ.
ހޫނުފެން
30 November 2019
ފާހާނާގައި ހޫނު ފެނެއްވެސް ނެތޭ؟ ގިނަ މީހުން މިހާރުވެސް އުޅެނީ ހޫނުފެން ނެތް ފާހާނާ ބޭނުންކޮށްގެން.
އިޙްސާސް
30 November 2019
ތިޔައީ ތިޔަ ހުރިހާ ސިޔާސީ މަނިއްޕުޅުންގެވެސް ހާލު ނޫންތޯ؟ ތިޔަބުނާ ޖަލުތައް މީގެކުރިން ޔާމީނުގެ ވެރިކަމުގައިވެސް ހުރީ ތިޔަބުނާ ގޮތަށް ނޫންތޯ؟ އެކަމަކު އަހަރުންވެސް އެދެން ވަކި ގައިދީއަކު އިސްތިސްނާނުކޮށް އިންސާނަކު ބަހައްޓަން އެކަށޭނެ ޖަލުތަކެއް ހަދާ ގައިދީން ބައިތިއްބަން.
އައިންތު
30 November 2019
ވައްކަން ކުރީމަ ބަހައްޓަންވީ 5 ސްޓާ ހޮޓަލެއްގަތަ؟
ޛިހާމް
30 November 2019
ކުށްވެރިންގެ ހައްގުތައް ގިނަވާން ފެށީ.
ޖިނާޙް
30 November 2019
ޖަލަކީ ޖަލު. އެތަން ހުންނާކަށް ނުޖެހޭ ތީމުގެ ފެންވަރަކު.