ސޮނޭވާ ފުށި ރިސޯޓު-- ފޮޓޯ:އާކައިވް
30 ނޮވެމްބަރ 2019 - 20:23
ހޮޓެލް އިންޑަސްްްޓްރީ ގައި މަޝްހޫރު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޭއެސްއެލް އިން ސޮނޭވާގެ މައިނޯރިޓީ ހިއްސާ ގަނެފި އެވެ.
ހޮޓެލް މެނޭޖްމެންޓް ވެބްސައިޓުގައިވާ ގޮތުން ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ގަނެފައި ވަނީ ސޮނޭވާ ކުންފުނީގެ ހިއްސާގެ ކުޑަ މިންވަރެކެވެ. ނަމަވެސް ގަނެފާވަނީ ކިހާ ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސޮނޭވާގެ ރިސޯޓުތައް ރާއްޖޭގެ އިތުރުން ތައިލެންޑް ގައި ވެސް ހުރެ އެވެ.
ސޮނޭވާ އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ސޮނޭވާފުއްޓާއި ސޮނޭވާ ޖާނީ ހިމެނެ އެވެ. ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަތުމުން އެ ކުންފުނި އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.
ކޭއެސްއެލް އަކީ ޓްރެވެލް އާއި ހޮސްޕިޓާލިޓީ ދާއިރާ އަށް އިންވެސްޓް ކުރަމުން އަންނަ ކުންފުންޏެވެ. ސޮނޭވާގެ 25 އަހަރުގެ ތަޖުރިބާއާ އެކު އެއީ ކުރިމަގު އޮތް ބްރޭންޑެއް ކަމަށް ކޭއެސްއެލް އިން ގަބޫލު ކުރެ އެވެ. މި ގުޅުމާ އެކު ދެ ކުންފުންޏަށް ވެސް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސޮނޭވާ ކުންފުނި އުފެއްދީ 1995 ވަނަ އަހަރު ސޯނޫ ޝިވްދަސާނީ އެވެ.
އޭނާ ވިދާޅުވީ ކޭއެސްއެލްއާ އެކު މި ގާއިމް ކުރި ގުޅުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނި މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސޯޓް ބޯއި
01 December 2019
މަށާ ތިޔަ މިނިސްޓްރީ ހަވާލު ކުރާތާ 2 އަހަރުން ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ދަުލަތަށް ކުރާނެ ނިޒާމެއް ގާއިމް ކުރާނަން! ޔަގީން ކަށަވަރު ކަމެއް!
އޮނަރަބްލް އަފީފު ދީދީ
01 December 2019
ރިސޯޓެއްގެކޮޓަރިއެއް ކީއްކުރަންތޯ ބަދިގެއިންވެސް މިހާރު ވަދެލާނެތަންކޮޅެއް ލިބޭކަށްނެތް. # އެމަރިކާފަދަ ދުނިޔޭގެއެންމެބޮޑު އިޤުތިސޯދުއޮތްޤައުމުތަކުގެކުންފުނިތަކުން މިތަނުގެ ރެސޯޓްޙިއްސާގަންނަމުންއެބަދޭ. # އެކަމަކު މިބޮޑު އިޤުތިސޯދުބަލަހައްޓާންހުރި ވަޒީރު "ދިވެއްސަކު ގެސްޓްހައުސް ހުޅުވަފާނެތީ" ޓްައަރިޒަމްދާއިރާއަށްގަދަވެގަނެ އެހެންބަޔަކަށްކައިރިވިޔަނުދީއުޅޭ ހައެއްކަމަހުޖަނުންގެބަހަށް ވިދާޅުވަނީ ސިޔާސަތު ރާވާނީ ތަން ފްލަޑް ނުވާގޮތަށް ކަމަށް؟!
އޮނަރަބްލް އަފީފު ދީދީ
01 December 2019
ސޯނޫ ޝިވްދަސާނީ 1995 ގައި އަލަށް ޓްއަރިޒަމްގެ ވިޔަފާރި ފެށީވެސް ރާއްޖޭގައި. މިހާރު އޭނާއަކީ ބިލިޔަނަރެއް. # ރާއްޖޭގެ ސަރުކާރުތަކުގެ ސިޔާސަތު އޮންނަގޮތުން ދިވެހިންނަށްވުރެން މާފަސޭހަކޮށް ބިދޭސިންނަށް ވިޔަފާރިކުރުމަށާއި ފުރުސަތު ހޯދުމަށް މިޤައުމުގައި ޖާގަވަނީ ހުޅުވާލާފައި. # ދިވެހި މީހާއަށް ރިސޯޓެއް ނުވަތަ ގެސްޓްހައުސްއެއް އެޅޭނެ ގޮތެއްވެސް ސަރުކާރުން ފަހިކޮށްދޭކަށް ބޭނުމެއްނުވޭ. ބަލަނީ ދަތި ކުރެވޭތޯ.
ސަމީހާ
30 November 2019
ޓޫރިޒަމް މިނިސްޓަރެއް ބައެއް އެޅޭނެބާ؟
ކިއްލިބާޝާ
30 November 2019
ސޯނު އޮބި.