ލެކިއުޓްގައި "އެލީ ސާބް" ސެންޓުތައް ޑިސްޕްލޭކޮށްފައި-- ފޮޓޯ: ލެކިއުޓް
17 ޑިސެމްބަރ 2019 - 11:06
ލެބަނަން އަށް ނިސްބަތްވާ ފެޝަން ޑިޒައިނަރު އެލީ ސާބްގެ ސެންޓު ލެކިއުޓުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ލެކިއުޓުން މި ބްރޭންޑުގެ ނުވަ ސެންޓެއް ތައާރަފު ކޮށްފައިވާއިރު މިއީ މި ބްރޭންޑުގެ ސެންޓު ވިއްކުމަށް ރާއްޖޭގެ ކުންފުންޏަކަށް ލައިސަންސް ލިބުނު ފުރަތަމަ ފަހަރެވެ. އެލީ ސާބް ސެންޓު މިހާރު ލެކިއުޓްގެ ފިހާރަތަކުންނާއި އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އެލީ ސާބް: އޭނާ އަކީ ދުނިޔޭގެ މަގުބޫލު ފެޝަން ޑިޒައިނަރެއް--
"އެލީ ސާބް" ބްރޭންޑުގެ ސެންޓަކީ ދުނިޔޭގެ އެންމެ މަގުބޫލު ސެންޓުތަކުގެ ތެރެއިން ޖާގަ ހޯދާފައިވާ ސެންޓެކެވެ. ދެހާސް އެގާރަ ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު މި ސެންޓަށް "ފްރެގްރެންސް ފައުންޑޭޝަންގެ" ފަރާތުން ވަނީ އެ އަހަރުގެ އެންމެ ކާމިޔާބު ސެންޓުގެ އެވޯޑު ލިބިފަ އެވެ. މި އެވޯޑަކީ އެމެރިކާ އާއި ޔޫކޭ އަދި ފްރާންސުގެ މާކެޓުގައި އެ ސެންޓު ހޯދި ކާމިޔާބީގެ ސަބަބުން އޭނާ އަށް ލިބުނު އެވޯޑެކެވެ.
އަލީ ސާބްގެ ސެންޓުގެ އިތުރުން އޭނާގެ ހެދުންތަކަކީ ވެސް ގިނަ ބަޔަކަށް ކަމުދާ ހެދުންތަކެކެވެ. ފެޝަން ދާއިރާ ކުރިއަރާފައިވާ ގައުމުތަކުގައި އޭނާގެ 160 ބުޓީކް ހުރެ އެވެ. އޭނާ އަކީ ފްރާންސްގެ އާއި އިޓަލީގެ ފެޝަން ފެޑަރޭޝަނުން ޖާގަ ލިބުނު ހަމައެކަނި އަރަބި ޑިޒައިނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައާރަފް
17 December 2019
ތި މާކުރިން އަހަރުން ތައާރަފް ކޮށްފިން