17 ޑިސެމްބަރ 2019 - 19:40
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ށ.ފޯކައިދޫ ފުޓްބޯލް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ޔޫވީ އަކީ މިދިޔަ ބްރޭކުގެ ތެރޭގައި ގަވާއިދުން ކުޅުންތެރިން ހަމަވެގެން ޕްރެކްޓިސް ކުރި ދެ ޓީމުގެ ތެރެއިން ޓީމެކެވެ. ފޯކައިދޫ އަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޕްރެކްޓިސް ކުރެވިފައެއް ނުވެ އެވެ. ކުޅުންތެރިން އެއްކޮށް ހަމަވީ ވެސް މިއަދުގެ މެޗަށެވެ.
މެޗުގެ 13 ވނަ މިނެޓުގައި ކޮވަސެވިޗް މިލޮސް ހިލޭ ޖެހުމަކުން ވައްދާލި ލަނޑުން ޔޫވީ ކުރީގައި އޮއްވާ ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގައި ހަސަން ފުވާދު ޖެހި ގޯލުންނެވެ.
މި ނަތީޖާއާ އެކު ފޯކައިދޫ އޮތީ 16 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 32 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ދިމާވެފައި އޮތް ހާލަތާ ބަލާއިރު ލިބުނީ ރަނގަޅު ޕޮއިންޓެއް ކަމަށެވެ. ޔޫވީން ވަރަށް ރަނގަޅަށް ތައްޔާރުވަމުން އައި ނަމަވެސް ފޯކައިދޫން ކުޅުންތެރިން ހަމަކުރެވުނީ ސީދާ މެޗަށް ކަމަށް އެނާ ބުންޏެވެ. އެހެންވެ ހަމަ ތިބެފައި އައިސް ކުޅެލައިގެން ޕޮއިންޓެއް ލިބުން ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ކުޅުންތެރިން ކުޅުނީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި އެކަމަކު ފުދޭވަރަކަށް މަސައްކަތްކުރި ކަމަށެވެ. އޭނާ އިތުރަށް ބުނީ އެ ޓީމު ކޮޅަށް ވަން ލަނޑަކީ ރެފްރީގެ ގޯހެއް ކަމަށާއި ލީގު މިހާ ފޯރި ކުޑަކޮށްދާއިރު ކުޅުންތެރިންގެ ހިތްމަރުވާ ފަދަ އެކަހަލަ ނިންމުންތައް ރެފްރީން ނިންމުމުން ކުޅުމަށް އަސަރުކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަލޯ
18 December 2019
ބޭރުމީހެއްގެ ފޮޓޯއެއް ޖަހާލާފަ މަ ހީކުރީ ޕްރިމިއަރ ލީގު ފޮޓޯއެއްކަމަށް. ދިވެހި ފުޓުބޯޅައަކީ ޖޯކެެއް. ބޮޑު ބޭކާރު ޚަރެއްދެއް. އެހެން ކުޅިވަރަށް ޚަރަދުކުރަންވީ. ސިނގިރޭޓު ބޯ ވަރުން 15 މިނިޓު ކުޅެވެނީ...
ހެހެހެ
19 December 2019
ކިތަންމެ ވަރެއް ކުރިޔަސް، ފުޓްބޯޅައާ ގާތަށް ވެސް އެހެން ކުޅިވަރަކަަށް އަދި ނާދެވޭނެ. އެވަރުގެ ފެންވަރެއް އަދި ނެތް އަދި ދިވެހިން ޝައުގެއް ވެސް ނެތް. ފުޓްބޯޅައިގައި މިހާރު މި ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކުރަން ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ