މީރާ: އަންނަ ޖެނުއަރީ މަހުން ފެށިގެން ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ކަމަށް މީރާއިން ބުނޭ --ފޮޓޯ/މިހާރު
24 ޑިސެމްބަރ 2019 - 12:16
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، ބިދޭސީން އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފެށިގެން ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިދިޔަ ހަފުތާގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސް ހިމެނެ އެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ނަގަމުން އައީ ތިން ޕަސެންޓެވެ.
މީރާއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަންނަ ޖެނުއަރީ މަސް ފެށުމާ އެކު ރެމިޓެންސް ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ކަމަށާއި އެހެންވެ މި މަހުގެ ރެމިޓެންސް ޓެކްސް ބަޔާން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅައި، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އެކަމަކު ރެމިޓެންސް ޓެކްސްގެ ރެކޯޑްތައް މަދުވެގެން ފަސް އަހަރަށް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
ރެމިޓެންސް ޓެކްސް ނަގަން ފެށީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން 2016 ވަނަ އަހަރު އެވެ. އެ ޓެކްސް ނެގުމަށް މަގުފަހި ކުރުމަށްޓަކައި ހުރިހާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރަން ވެސް އޭރު އެ އިސްލާހުގައި ލާޒިމްކުރި އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސްގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސާއި ބޭންކް ޕްރޮފިޓް ޓެކްސާއި ލޭންޑް ސޭލްސް ޓެކްސް އައި ޕެޓްރޯލިއަމް ޓެކްސް ހިމެނެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ކަމަށް ވިޔަސް، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ އާމްދަނީ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެ ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި 60،000ރ. ނުވަތަ އެއަށް ވުރެ މަތީގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޑް
24 December 2019
ރަނގަޅު.
މީރާ
24 December 2019
ބޮޑެތި ކުންފުނިތަކުން އަޅުގަނޑު ޖޫރި މަނާކޮށް ކޮށްފާނެތީވެސް އެމީހުން އަތުން ޖޫރިމަނާ ނަގާކަށް ނުކެރޭނެ;))
ހަމަހަމަ
24 December 2019
ބިދޭސީން އަތުން ނަގާޓެކުސްކޮޅެއް އުވާލާވާހަކަ އޮތީމަ ހައިރާން ވޭ.އަދި އެއީ ބޮޑު އެއްޗެސް ވެސް ނުން. ދެން ބިދޭސިން ހުސް ވާނެ ބާ.އެއެތިކޮޅުވެސް ދިވެހިންގެ އަތުން ނަގާޓެކުހަކުންއުވާލާނަމަ ދޯ.
ހާސް
24 December 2019
ހާސް ނުވޭ ކަލޭ އަަތުން ނުނަގާނެ 60000 މުސާރަ ހަމަ ނުވާތީ
ބީ.ޕީ.ޓީ
24 December 2019
"އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސްގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސާއި ބޭންކް ޕްރޮފިޓް ޓެކްސާއި ލޭންޑް ސޭލްސް ޓެކްސް އައި ޕެޓްރޯލިއަމް ޓެކްސް ހިމެނެ އެވެ." ބީ.ޕީ.ޓީ ވެސް އުވާލަނީތޯ؟
ދިވެހި ރައްޔިތު
24 December 2019
ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނުނަގަންވީ ސަބަބެއް ނެތް. މި ގަމުގައި އެންމެ ގިނައިން ފައިސާ ބޭރުކުރަނީ ބިދޭސީން . އެހެން ގައުމު ތަކުގައިވެސް މި ޓެކްސް ނަގާ. ރާޢްޖޭގައި ހުރިހާ ކަމެއްވެސް މިހުންނަނީ ބިދޭސީންނަށް ފައިދާވާތޮށް ދިވެހިންނަށް ބުރަވާ ގޮތަށް. ބިދޭސީންނަށް ދިވެހިހިން ދައްކަން ޖެހޭ ވާރކްޕާމިޓް ފީ ބޮޑުކޮށްފަ ރެމިޓެންސް ފީ ނުނެގުނުން ފައިދާ ވަނީ ހަމަ ބިދޭސީންނަން.
ޢަލީބެ
24 December 2019
އިންޑިއާ މީހުން ދައްކަންޖެހޭ ޓެކުސް އެއްވީމަ އުވާލީ
އަލިފްލައިލާ
24 December 2019
އާއްމުންއަތުން އެންމެ ގިނައިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުން މީރާ އަށް ލިބެނީ ޖޫރިމަނާ ފައިސާ އެވެ. ޖޫރިމަނާ ފައިސާ ނުދެއްކިގެން އެތައް ވިޔަފާރި އެއް ބަނގުރޫޓް ވެއްޖެ އެވެ. ކުރީ ސަރުކާރުން ޖޫރިމަނާ ފައިސާ އަށް ދޭތެރެއަކުން ލުޔެއް ދެ އެވެ.
ޖަމަލު
24 December 2019
މީރާއަށް ކެރޭތަ ބޮޑެތި ވިޔަފާރިއެއް ޖޫރިމަނާކުރަން