ރިޕޯޓް

ސުނާމީގައި ބައިނަލްއަގުވާމީ/ދިވެހިި މޫނު

ސުނާމީގެ ގެއްލުންތައް ކިޔައިދެއްވަން މަރިޔަމް ވަހީދާ ސީއެންއެން އަށް އިންޓަވިއުދެއްވަނީ

ހިނދުކޮޅެއްގެ ތެރޭ ދިރިއުޅުން އޮޔާ ގޮސް ހަދާނެ ގޮތެއް، ދާނެ ދިމާލެއް ނޭނގި ތިބި މީހުންނެވެ. އަމިއްލަ ގެދޮރު ބިމާހަމަވެ، އުމުރު ދުވަހު އެއްކުރި މުދަލާއި ފައިސާ ގެއްލި އެކަމުގެ މޮޅީގައި ސިކުނޑި ސުމަކަށް ގޮސްފައި ތިބި މީހުންނެވެ. ވަށައިގެން ފެންނަނީ ފުނޑުފުނޑުވެފައިފާ ފާރުތަކެވެ. މުޅި ރަށުގައި ކުނިބުންޏެވެ. ކާނޭ ބޯނެއް ގޮތެއް ނެތެވެ.

މިއީ މީގެ ބަރާބަރު 15 އަހަރު ކުރިން މިއަދު، ޑިސެމްބަރު 26، 2004 ގައި ސުނާމީ ކަވަރޭޖަށް މަރިޔަމް ވަހީދާ (މަރީ) ޓީވީ މޯލްޑިވްސްގެ ކުރޫއާ އެކު މ. ކޮޅުފުށްޓަށް ފޭބި ވަގުތު ފެނިވަޑައިގެންނެވި މަންޒަރުތަކެވެ. އާއްމު ދުވަހެއްގައި ނަމަ މަރީ އަށް ރާއްޖޭގައި ހިނގާ އެފަދަ ބޮޑު ކަމެއް ތަޖުރިބާކުރެއްވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ޕްލޭނިން މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވުމަށް ފަހު، ރޭގަނޑު ޓީވީއެމަށް ވަޑައިގެން ނޫސްވެރިން ތައްޔާރުކުރި ހަބަރު ކިޔުއްވަނީ އެވެ. އެކަމަކު ސުނާމީ އެރުމާ އެކު އެ މީހަކަށް އެ ވަގުތު ކުރެވެން އޮތް ކަމެއްކޮށް ގައުމުގެ ހާލަތު ބަދަލުކުރަން އެންމެން އަތުކުރި އޮޅާލި ވަގުތު މަރީ އެޅުއްވީ ނޫސްވެރިކަމުގެ ތޮތްޕެވެ.

ސުނާމީގައި ހާލުގައި ޖެހުނު އާއިލާއެއް ރައްކާތެރި ހިސާބަކަށް ދާ މަންޒަރު. ފޮޓޯ: ސުނާމީ މޯލްޑިވްސް ފޭސްބުކް

އެ ދުވަހު ވެސް އާދައިގެ މަތިން އޭނާ ނުކުންނެވީ ޕްލޭނިން މިނިސްޓްރީ އަށެވެ. އެތަނުގެ ބައްދަލުވުމެއްގައި ހުންނަވަނިކޮށް ސުނާމީ އެރިކަމުގެ ހިތާމަވެރި ހަބަރާ އެކު އައީ ޓީވީއެމްގެ އިސް ވެރިޔާ ހުސެއިން މުހައްމަދުގެ ކޯލެކެވެ. އެދިވަޑައިގަތީ އެތަނަށް މީހުން ބޭނުންވާތީ އައިސްދިނުމަށެވެ. މިނިސްޓްރީ އަށް ވެސް މަރީގެ ބޭނުން ނުހަނު ބޮޑެވެ. އެކަމަކު މިނިސްޓްރީގެ އިސް ބޭފުޅުންގެ ހުއްދައާ އެކު އޭނާ ޓީވީއެމްގެ ގޮވާލުމަށް އިޖާބަދެއްވި އެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ އެޅުއްވި ނޫސްވެރިކަމުގެ ތޮފި ބޭލުއްވީ އޭގެ ހަތަރު މަސް ފަހުންނެވެ.

މީޑިއާގައި ހޭދަކުރެއްވި 18 ވަރަކަށް އަހަރުގެ ތެރޭގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގެންނެވި ހަމައެކަނި ފަހަރު އޭނާ އަށް ކަވަރުކުރެއްވުނީ އާއްމު ނޫސްވެރިއެއްގެ މުޅި ކެރިއަރުގައި ވެސް ދިމާނުވާނެ ފަދަ ބޮޑު، ބިރުވެރި އަދި ހިތާމަވެރި ހާދިސާއެކެވެ. ހިތަށް ތަދުވާ، ސިކުނޑި އަށް އުނދަގޫކުރާ، ލަގޮނޑި އަށް ބާރުކުރާ އެތައް ހާދިސާތަކެއް ލޯމަތީގައި ކުރެހުނެވެ. އެތައް ތަޖުރިބާއެއް ކުރެވި ނޫސްވެރިކަމުގެ މުހިއްމުކަން އެނގިވަޑައިގެން ދާއިރާގައި ދެމިހުންނަވާނެ ހިތްވަރު ވެސް ލިބި އަދި މި ދާއިރާއިން މީހުން ބިނާކުރަން އަޒުމް ކަނޑައެޅުއްވި އެވެ.

މަރީއާ ހަވާލުކުރި ފުރަތަމަ މަސައްކަތުގައި ކޮޅުފުއްޓަށް އޭނާ ފޭބިއިރު ފެނިވަޑައިގަތީ ރާއްޖޭގެ މަންޒަރުތަކެއް ކަމަށް ގަބޫލުކުރައްވަން އޭނާގެ ޒަމީރު ވެސް ދެކޮޅުހެދި އެވެ. އެއީ ރާއްޖޭން ދުވަހަކު ވެސް ފެނިދާނެ ކަމަށް އޭނާ ހިތަށްއެރި މަންޒަރުތަކެއް ނޫނެވެ. ހާލަތު ބަލާލަން މީހެއް ގާތު ސުވާލެއް ކޮށްލިޔަސް އެ މީހަކަށް ރޮވެނީ އެވެ. މަރީ އަށް ވެސް ވީ އެވަރެވެ. ކެމެރާ ކުރިމަތީ ވާހަކަދައްކަވަން ހުންނެވި ކިތައްމެ ފަހަރަކު ކުރިއަށް ނުގެންދެވިގެން ހުއްޓާލެއްވި އެވެ.

މަރީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ . --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތަށް އެއް ރަށުން އަނެއް ރަށަށް ކުރެއްވި ދަތުރުތަކުން މަރީ އަށް ރާއްޖެ އަށް ލިބުނު ގެއްލުމުގެ ފުންމިން ވަރަށް ބޮޑަށް އަންޒާދާކުރެއްވުނެވެ. އޭނާ އަކީ ތަރައްގީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވައި އެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅަކަށް ވާތީއާ ވެސް އެކު އެވެ.

އޭރު ދުނިޔޭގެ މީޑިއާގައި ރާއްޖެ އަށް މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. ދުނިޔޭގެ ވެރިންނާ ހަމަޔަށް ރާއްޖޭގެ ހާލަތު ދިޔައީ ތިލަކޮށެވެ. ރާއްޖޭން މި ކާރިސާގައި މަރުވި މީހުންގެ އަދަދު އެހެން ގައުމުތަކާ ބަލާއިރު މަދުވުމުން ރާއްޖެ އަށް ލިބުނު ގެއްލުން ވަޒަންކުރެވުނުލެއް ކުޑަވީ އެވެ. އެހެންވެ ރާއްޖޭގެ ހާލަތު ބައިނަލްއަގްވާމީ މީޑިއާ އާއި އެހީދޭ ފަރާތްތަކަށް ބަޔާންކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް މަރީ އަށާއި ޓީވީއެމަށް ވެސް ވިސްނުނެވެ.

ރަށްރަށަށް ގޮސް ކަވަރޭޖް ހެދުމަށް ފަހު، އެހިސާބުން މަރީ ގާއިމްވީ މާލޭގައި ހެދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގަ އެވެ. ޒިންމާއަކީ އެތަނުން އެއްކުރާ މައުލޫމާތުތައް ޓީވީއެމް މެދުވެރިކޮށް އާއްމުންނަށް ކިޔައިދެއްވުމާއި އެތަނަށް އަންނަ ރާއްޖޭން ބޭރު މީހުންނަށާއި ބޭރުން އަންނަ ނޫސްވެރިންގެ ކޯލްތަކަށް ޖަވާބުދެއްވުމެވެ. އެއް އުސޫލުން ބަލާ ނަމަ، އޭރު ރާއްޖޭގައި އޮޕަރޭޓްކުރަމުން އައި ހަމައެކަނި ޓީވީ ސްޓޭޝަނާ އާއްމުންނާ ގުޅުވައިދޭ އަދި ރާއްޖެއާ ބޭރު ދުނިޔޭގެ މީޑިއާތަކާ ވެސް ގުޅުވައިދިނީ މަރީ އެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް އެއް ދުވަހު ޓީވީއެމްގެ ވެރިޔަކު އޭނާ އަށް އެންގީ ރާއްޖޭގެ ހާލަތު ސީއެންއެން އަށް ކިޔައިދެއްވަން އިންޓަވިއުއެއް ދެއްވުމަށެވެ.

"އަޅުގަނޑު ބުނިން ނޫނެކޭ އަޅުގަނޑަށް އިނގިރޭސިން އެހާ ފަރިތަކޮށް ވާހަކަނުދެއްކޭނެޔޭ (ސީއީއޯ) ދެއްވަންވީ ނޫންހޭ އިންޓަވިއު. އޭނާ ވިދާޅުވީ މަރީއޭ ރިޕޯޓަރަކީ،" މަރީ އެ ދުވަހުގެ ހަނދާންތައް އާކުރެއްވި އެވެ.

ބިލް ކްލިންޓަން (ކ) އާއި ޖޯޖް ބުޝް (ވ) ރައީސް މައުމޫނާ ބައްދަލުކުރައްވަނީ.

ކޮންމެ ރެޔަކު ޓީވީގައި ހަބަރު ކިޔަސް، ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ބްރޯޑްކާސްޓަރަށް އިންޓަވިއުއެއް ދެއްވަން ޖެހިވަޑައިގަތުމުން މަރީ ވަރަށް ފިނިވި އެވެ. އޭނާގެ އަތާއި ފައި ތުރުތުރުލި އެވެ. އެކަމަކު އެކަން ވެސް އޭނާ ކުރެއްވި އެވެ. އެއީ ރާއްޖޭގެ ހާލަތު ބައިނަލްއަގްވާމީ މުޖުތަމައު އަށް އެނގުމަށް މުހިއްމުވި އިންޓަވިއު އެވެ. އެ މަސައްކަތުގައި ދެން އޭނާ ކުރެއްވީ ވެސް އާދަޔާހިލާފު ތަޖުރިބާއެކެވެ.

ދުނިޔޭގެ ބޮޑެތި ވެރިންގެ ކުރިމައްޗަށް ވެސް

ރާއްޖޭގެ ހާލަތު ބަލަން ވަޑައިގެންނެވި އދ.ގެ ޖެނެރަލް ސެކްރެޓަރީ ކޯފި އަނާންއާ އިންޓަވިއުކުރެއްވި އެވެ. އަދި އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށް ވާ ބިލް ކްލިންޓަން އާއި ޖޯޖް ބުޝް ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިންޓަންއާ ސުވާލުކުރެއްވި އެވެ. ހަމައެކަނި މޮޅިވެރި ޖަޒުބާތީ ވާހަކަތައް ގެނައުމުގެ ބަދަލުގައި މަރީ ވިސްނެވީ އެހީ ލިބޭނެ މަގުފަހިކުރުމަށް ގެއްލުންތައް ކިޔައިދެއްވޭތޯ އެވެ. އެފަދަ ސުވާލުތައް ކުރެއްވޭތޯ އެވެ. މީހުންނަށް ނަފްސާނީ ގޮތުން، ގައުމަށް އިޖްތިސާދީ ގޮތުން އަދި ރަށްތަކަށް ތިމާވެށީގެ ގޮތުން ލިބުނު ގެއްލުންތައް ވިދާޅުވެދެއްވާށެ އެވެ.

"ވަރަށް ހާސްވި [ކްލިންޓަންއާ] ސުވާލުކުރަން ޖެހުމުން. އަޅުގަނޑު ކުރަން ބޭނުންވީ އެހީއާ ގުޅޭ ސުވާލު. ބޭނުންވީ ރާއްޖެ އަށް އެއްޗެއް އަންނާނެ ގޮތެއް ވޭތޯ ބެލުން. އަޅުގަނޑު ބުނަން ބޭނުންވީ މަރުވި މީހުންގެ އަދަދު މަދަސް ގެއްލުން ވަރަށް ބޮޑޭ،" މަރީ ވިދާޅުވި އެވެ.

ސުނާމީގައި ގެތަކެއް ފުނޑުފުނޑުވެފައި. -- ފޮޓޯ: ސުނާމީ މޯލްޑިވްސް ފޭސްބުކް

އޭގެ ފަހުން 15 އަހަރު ވީ އިރު، ރާއްޖެ އޭރު ވެއްޓުނު އިގްތިސާދީ އަޑިގަޑުން އަރައިގަނެވިއްޖެ ކަމަށް ބަލަމާ ހިނގާށެވެ. ތަރައްގީގެ މަގުގައި ރާއްޖޭގެ ދުވެލި އަނެއްކާވެސް ހަލުވިވެއްޖެ ކަމަށް ވެސް ބަލަމާ ހިނގާށެވެ. އެކަމަކު އެ ހާދިސާ އިން އާއްމުންނަށް ލިބުނު ނަފްސާނީ ގެއްލުމުން އަރައިގަނެވިއްޖެ ބާވަ އެވެ؟ އެފަދަ ދެ ވަނަ ކާރިސާއެއް ދިމާވެދާނެ ހާލަތަކަށް ރާއްޖެ އަށް ތައްޔާރުވެވިއްޖެ ބާވަ އެވެ؟ އެފަދަ ކާރިސާއެއްގެ ކަވަރޭޖަކަށް މީޑިއާ އޮތީ ތައްޔާރަށް ބާވަ އެވެ؟ މިއީ މަރީގެ ސިކުނޑީގައި މިހާރު ވެސް އެނބުރޭ ސުވާލުތަކެކެވެ.

ސަބަބުތައް ބައިވަރެވެ. އެ ކަވަރޭޖަށް ފަހު ހަތަރު މަސް ދުވަސް ފަހުން މަރީ ވެސް އާއްމު ދިރިއުޅުމަށް ރުޖޫއަވީ އެވެ. އެކަމަކު އަދިވެސް އެ ދުވަހުގެ ހަނދާންތައް އޭނާ އަށް އުނދަގޫކުރެ އެވެ. އެހެންވިއްޔާ އެ ދުވަހު ދިރިއުޅުން އެފުށްމިފުށަށް ޖެހުނު މީހުންގެ ހާލަތު އަދި މާ ގޯސް ވާނެ ކަމަށް މަރީ ދެކެވަޑައިގަނެ އެވެ. އެކަން މަރީ އަށް އެނގިވަޑައިގަންނަވަނީ އެ މީސްމީހުންނާ ބައްދަލުވުމުންނެވެ.

"އިހަށް ދުވަހަކު ވެސް މާރުކޭޓް ކައިރިން މީހަކު ފެނިގެން މަރީގެ އަތުގައި ހިފާފައި ރޯން ފެށީ. ބުނީ މަރީ ފެނުނީމާ އެ ދުވަހުގެ ހަނދާންތައް އާވެޔޭ. ހިތަށްއަރަނީ އޭގެ އަސަރުކުރި މީހުންނަށް ނަފްސާނީ ގޮތުން އަދިވެސް ހާދަ އެހީ ބޭނުންވާނެޔޭ،" މަރީ ވިދާޅުވި އެވެ.

ސުނާމީގައި ހާލުގައި ޖެހުނު އާއިލާއެއް ރައްކާތެރި ހިސާބަކަށް ދާ މަންޒަރު. ފޮޓޯ: ސުނާމީ މޯލްޑިވްސް ފޭސްބުކް

އެ ދުވަހު މަރީ އާއި ޓީވީއެމްގެ ކްރޫ ރަށްރަށް ދިޔައީ އެހީ ހިފައިގެނެއް ނޫނެވެ. ރަށްރަށުގެ ހާލަތުގެ ބަލައި އެ ވާހަކަތައް ގައުމަށް ކިޔާދޭށެވެ. އެކަންވީ އެ ރަށްރަށުގެ ރައްޔިތުންނަށް އެހީއަކަށެވެ. އެހެންވެ މަރީ މިއަދު ފެނުނަސް އެ މީސްމީހުންނަށް އެ ދުވަހުގެ ހަނދާންތައް އާވަނީ އެވެ. އެ ދުވަހު ދަތި ހާލުގައި ތިބެމެ ކޮންމެ ރަށަކުން ވެސް ޓީވީ ކްރޫ އަށް މަރުހަބާ ކިޔެވެ. އަތުގައި ހުރި އެއްޗެއްވިއްޔާ ކާންދިނެވެ. އެ މީހުން ފެންނުބޮއި ވެސް ބެލީ އަތުގައި އޮތް ފެންފޮދު ދެވޭތޯ އެވެ.

"ދިވެހިންގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ. އަނެއްކާ ވަރަށް ކެތްތެރި ބަޔެއްގެ ގޮތުގައި ފެނުނީ. ހާލު ކިހިނެއްހޭ އަހާލާ އިރަށް ހާލަތު ކިޔާދޭނީ ވެސް ރަނގަޅޭ ބުނެފައި،" މަރީ ވިދާޅުވި އެވެ.

އެކަމަކު އިންސާނުންނަށް ވީތީ އެފަދަ މާޔޫސީ ހާލަތެއްގައި ނުވެނުދާނެ ކަންކަން ވެސް މަރީ އަށް ފެނިވަޑައިގަތެވެ. ކާނާ ބެހުމުގަ އާއި ބައެއް ކަންކަމުގައި އަވަށްއަވަށުގެ މެދުގައި ހިތްހަމަނުޖެހުން ބޮޑުވެ ތަޅާފޮޅާ ވެސް ހެދި މަންޒަރުތަކެވެ. އެކަމަކު މަރީ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެ ހިތާމަވެރި ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެކަންކަމުން ފިލާވަޅު ލިބިގަނެ ދެން ކުރަން އޮތީ ކޮން ކަމެއްތޯ ބެލުމުގެ ވަގުތެވެ. މަރީ އަށް އެ ތަޖުރިބާ އިން އެނގިވަޑައިގެންނެވި އެންމެ ބޮޑު ކަމަކީ މީޑިއާގެ މުހިއްމުކަމެވެ. އޭރުގެ ގިނަ ޕްރެޒެންޓަރުންނާ ހިލާފަށް މިއަދު ވެސް މަރީ މި ދާއިރާގައި ހުންނަވަން ލިބިވަޑައިގެންނެވި ހިތްވަރަކީ ވެސް އެ ތަޖުރިބާތަކެވެ. މީޑިއާގެ މުހިއްމުކަން އޭނާ އަށް ވަޒަންކުރެއްވުނެވެ. ޓީވީ އަކީ ހަމައެކަނި ފުށް ޖަހައިގެން އަރާ އިނދެ ވާހަކަދައްކާ އެއްޗެއް ނޫން ކަމާއި މިއީ މުޖުތަމައު އަށާއި ގައުމަށް ނޭނގި ނަމަވެސް ބޮޑު ހިދުމަތެއް ކޮށްދެވޭނެ ދާއިރާއެއްކަން އެނގިވަޑައިގަތެވެ.

"ސީއެންއެން އިންޓަވިއު ދިން އިރު ހިތަކަށްނާރާ އެއީ އެހާ ބޮޑު ކަމެކޭ. އެކަމަކު މިހާރު އެ އިންޓަވިއު ބަލައިލީމާ އަޅުގަނޑުގެ ފެންވަރު އެނގި މިއީ ހާދަ ތަމްރީން ވާން ޖެހޭ ކަމެއްކަން އެނގުނު. އެއީ އަޅުގަނޑު [މީޑިއާ އިން މީހުން ބިނާކުރަން] ކިޔަވައިދޭން ފެށި އެއް ސަބަބު. އަޅުގަނޑުގެ ގައިޑެންސްގެ ދަށުން ކޮންމެވެސް ވަރަކަށް ހުންނާނެ މީހުން ބިނާވެފައި،" މަރީ ވިދާޅުވި އެވެ.

މަރީ "މިހާރު" އަށް އިންޓަވިއު ދެނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއަދު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކީ މަރީ އެވެ. އެ މަސައްކަތް ކުރެއްވޭނެ ޖާގަ އޮތީ ވަރަށް ފުޅާކޮށް ތަނަވަސްވެފަ އެވެ. އެކަމަކު މީޑިއާއަކީ އޭނާގެ ހިތާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޮންމެ މަގާމެއްގައި ހުންނެވިޔަސް އެ މަސައްކަތްކުރައްވާނެ ކަމަށް މަރީ ވިދާޅުވި އެވެ. އަދި މިއަދު ގޮވާލިޔަސް އަނެއްކާވެސް ކަވަރޭޖަކަށް ނުކުންނަން އޭނާ ހުންނެވީ ތައްޔާރާށެވެ. މަރީ ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ގައުމު އޮންނަން ޖެހޭނީ ކާރިސާއަކަށް ތައްޔާރުވެފަ އެވެ. ރިސްކް ކުޑަކުރުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓުން ކުރި ނަމަވެސް، ގައުމު ތަރައްގީގެ މަގުގައި ދާއިރު އެއީ މިހާރަށް ވުރެ ފުޅާކޮށް ކުރަން ޖެހޭ ކަމެއްކަމަށް މަރީ ގަބޫލުކުރައްވަ އެވެ. މަދަނީ ޖަމިއްޔާތައް ވެސް ގުޅިގެންނެވެ. ރަށު ކައުންސިލްތައް ވެސް ބައިވެރިވެގެންނެވެ. މީޑިއާތައް ވެސް ގުޅިލާމެހިގެންނެވެ.

31 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 55%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

28 December 2019

މިޔަދު ހީނާހުރީ ސަރުކާރާއިދިކޮޅުފަޅިގަ އެހެންވީމަ އޭނަކުރިއެއްވެސް ކަމެއްނޯންނާނެ މި މޮޅުޑިމޮކްރެސީގެ ތެރެއިން މުޅިރާއްޖޭގެ ތާރީޚް މިދަނީ ގެއްލިނެތެމުން

The name is already taken The name is available. Register?

ނިޒާމާ

27 December 2019

ހެޔޮނުވާނެ މިވަރަށް އޮޅުވާލަން. ލިޔުންތެރިޔާވެސް މަރީވެސް މިވަނީ ހިސްޓްރީ އޮޅުވާލާފަ. އަހަރެން މީ ސީދާ ނިއުސްރޫމުގައި އުޅުނު މީހެއް. އޭރު ހެޑް އޮފް ނިއުސް އަކީ ޚަލީލު. ޑީޖީ އަކީ ހުސައިން މުހައްމަދު. މިނިސްޓަރަކީ އަހުމަދު އަބްދުﷲ. ހެޑް އޮފް ޕްރޮގްރާމަކީ މޮންދު. ސުނާމީ ފުލް އޮޮޕަރޭޝަން ހިންގީ މިބޭފުޅުން. މަރީ ޕްރޮމޯޓް ކޮށްލަންވެސް ނުވާނެ ހިސްޓްރީ އޮޅުވާލާކަށް. އޭނާ ހަމައެކަނި މޫނު ދައްކާލިކަން. މާތްކަލާކޯ!!!!!

The name is already taken The name is available. Register?

މާލީ

27 December 2019

ތިކަމުގައި މަރީއަކީ ހަމައެކަނި މޫނެއް. ތިކަންވީގޮތް މަރީއަށް ނުވެސް އިނގޭނެ.

The name is already taken The name is available. Register?

މާރސީ

27 December 2019

ސުނާމީ ގައި މުއްސަދިވި މީހުން މަދެއްނޫން. އެހީއަށް ގެނައި ހުރިހާ އެއްޗެއް ކާލައިގެން ތިބި މީހުން މިހާރު އެބަ އުދުހޭ. އޭރުގެ ކަތީބު ފެންވަރުގެ މީހުން.

The name is already taken The name is available. Register?

ހިމާރު

26 December 2019

ސުނާމީ އެރީމަވެސް އޮންނަނީ "މާލެއިން ޓީމުތައް" ވަޑައިގަތުން.

The name is already taken The name is available. Register?

ފަހުދު

26 December 2019

މަރީއަކީ ހުދުކާފޫރު ކޮޅެއް.

The name is already taken The name is available. Register?

ޝާލިނީ

26 December 2019

ވަރަށް ހިތްދަތިވި ދުވަހެއް އެއީ. އަދިވެސް ހަނދާން ހުރޭ

The name is already taken The name is available. Register?

ޓީވީއައްމަޑޭ

26 December 2019

މަރީއާ ސުވާލުކޮށްލަން ބޭނުން.. 2004 ވަނަ އަހަރު ޓީވީއެމްގައި "ސީއީއޯ" އެއްގެ މަގާމުގައި އެއްވެސް މީހަކު ހުރިތޯ؟

The name is already taken The name is available. Register?

ހޭބަލިމިތުރު

26 December 2019

މިސަރުކާރުން ދޮވެސާފުކުރު މުގެ ޕްރޮޖެކްޓްވެސް ހިންގާދޭތަ؟.

The name is already taken The name is available. Register?

މޭރީ ދަ މަދަރ އޮފް ޖީސަސް

26 December 2019

ވަރަށް ނަލަވާނެ ހިޖާބު އަޅައިގެން ޕްރޮގުރާމް ގެނެސްދޭނަމަ

The name is already taken The name is available. Register?

ބޯހަލާކުތޯއްޗެއް

26 December 2019

ހަމަ ކިޔާނެ އެއްޗެއް ނޭނގިގެންތަ ތި ނަން ޖަހާފަ ތި ކޮމެއްޓު ކުރީ. ހިސާބަށްތުރެ މުނާފިގު ނުވޭ

The name is already taken The name is available. Register?

ހެހެހެ

26 December 2019

ހިޖާބު އެޅިޔަސް ނޭޅިޔަސް ތިޔަ ވިސްނުން ހުންނަށް މީހެއް ކާރި އަން ކިޔާފިއްޔާ އޮންނާނީ ގަސް ކޮޅުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454