ބެންގެ އަތްތިލައިގެ ދެހަންދޭތެރެ ފައްތާފައިވާ ޓެސްލާ 3 ކާރުގެ ތަޅުދަނޑި ދައްކައިލަނީ.
29 ޑިސެމްބަރ 2019 - 07:14
އެއްޗެއް ބޭއްވޭ ތަން ނޭނގިގެން އެ ހޯދަން އެތައް ވަގުތެއް ހޭދަކުރާ މީހުން އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. މި މައްސަލަ ވަކިން ފިރިހެނުންގެ ބޮޑެވެ. އެހެންވެ ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދަން އުޅުމަކީ ބައެއް މީހުންގެ އާދަ އެކެވެ.
މިފަދަ ކަމަކަށް ހައްލަކަށް ވެދާނެ ކަމަށް ބެލެވޭ ކަމެއް އެމެރިކާގެ ޒުވާނަކު މި ވަނީ ކޮށްފަ އެވެ. އެއީ އޭނާގެ ކާރުގެ ތަޅުގަނޑި އަތްތިލަ އަށް ފައްތައި ލުމެވެ. މި ޒަމާނުގެ ގިނަ ބްރޭންޑްތަކުގެ ކާރުގައި ބޭނުން ކުރަނީ ސްމާޓް ތަޅުދަނޑި އެވެ. ވަރަށް ދުރުގައި ހުރެގެން ވެސް އެފަދަ ސްމާޓް ތަޅުދަނޑިން ކާރު ތަޅުލައި، ހުޅުވައިލެވޭނެ އެވެ.
އެކަމަކު، ތަޅުދަނޑިު ގެއްލިދާނެ ކަމުގެ ބިރަކީ ހަމަ ބޮޑު މައްސަލަ އެކެވެ. އެހެންވެ، އެމެރިކާގެ ޔުޓާގައި ދިރިއުޅޭ ބެން ވޯކްމަން ކުރި ކަމަކީ ކަނައަތުގެ އަތްތިލައިގެ ނުފުށުގެ ދެހަން ދޭތެރެ އަށް ޓެސްލާ 3 މޮޑެލް ކާރުގެ ތަޅުދަނޑި ފައްތައިލީ އެވެ. މިހާރު އޭނާ އަތްތިލަ އިން ކޮށްލާ އިޝާރާތަކުން ކާރު ހުޅުވައި، ތަޅުލެވޭނެ އެވެ.
މިކަމާ ބެހޭ ގޮތުން ފޮކްސް 13 އަށް ބެން ބުނީ އޭނާގެ އަތުގެ ދެހަންދޭތެރެ އަށް ތަޅުދަނޑު ފެއްތުމަށް ފުރަތަމަ ދިޔައީ ޑޮކްޓަރެއްގެ ކައިރި އަށް ކަމަށެވެ. ނަމަވެސް އޭނާ އެކަމާ އެއްބަސްނުވުމުން އެކަން ކޮށްދިނީ އާއިލާގެ މީހަކު ކަމަށް ބުންޏެވެ.
"މިއީ އެހާ ކޮމްޕްލިކޭޓެޑް ކަމެއް ނޫން. ސިރިންޖެއްގެ އެހީގައި މިކަން ކުރީ. އެއްވެސް މައްސަލައެއް އަހަންނަކަށް ކުރިމައްޗެއް ނުވޭ މިކަން ކޮށްގެނެއް. ކުރިން ވެސް މިފަދަ ގޮތަކަށް ކޮމްޕިއުޓަރު ޗިޕްތަކެއް އަހަރެންގެ އަތުގެ ތިން ތިނަކަށް ފައްތާގައި ހުންނާނެ. އެއީ ގެއާއި އޮފީހުގެ ދޮރުތައް ތަޅުލައި ހުޅުވުމަށްޓަކައި،" ބެން ބުންޏެވެ.
ބެން އަކީ ޓެކްނޮލޮޖި އަށް ވަރަށް ޝައުގުވެރިވާ މީހެކެވެ. އެހެންވެ އޭނާ ބުނަނީ ތަޅުދަނޑި ފަދަ ކުދިކުދި އެއްޗެހި މިހާރު އަތުން ގެންގުޅުމުގެ ބަދަލުގައި ޒަމާނީ ގޮތްގޮތް އިހުތިޔާރު ކުރުން މާ ރަނގަޅު ކަމަށެވެ.
އޭނާ ކިޔައިދިން ގޮތުގައި އަތަށް ފައްތާފައިވާ ޗިޕްތަކުން އޭނާ ކުރާ އެންމެ މަޖާ ކަމަކީ މީހުން ހެއްދުމެވެ. އެގޮތުން އެ ޗިޕްތަކުގެ އެހީގައި އެއްޗިއްސާ ކުޅެގެން ޖާދޫ ހަދާ ކަމަށް މީހުންނަށް ދައްކުވައި ދީގެން މީހުން ހައްދާ ކަމަށް ބުންޏެވެ.
"އެކަމަކު މިކަން ކުރަނީ އަހަރެންގެ އަތަށް ޗިޕްތައް ފައްތާފައި ހުންނަކަން ނޭނގޭ މީހުންގެ ކައިރީގައި،" ބެން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2019
30 December 2019
ޓެލްސާ ތިބުނީ ރަނގަޅު ވާހަކައެއް 2020 އަންނައިރު އެބަޖެހޭ ޒަމާނީވާން ?
ޓެސްލާ ބްރޭންޑްގެ ކާރެެއް
30 December 2019
އޭނަގެ ނަމަކީ ބެން ވޯކްމަން
ޕިންކީ
30 December 2019
ވ.މޮޅު
ކަލޭ
29 December 2019
ތަޅު ހަލާކު ވިއްޔާ ކިހިނެއް ހަދާނީ
ޖަމީލް
30 December 2019
އަނެއްކާވެސް އާތަޅެއް ގެ ތަޅުދަނޑި ލާނީ
ސޯބު
29 December 2019
ލޮލް. ފިންގަރ ޕްރިންޓް އަދި ރެޓީނާ ސްކޭނަރ ބޭނުންކޮށްގެން ތި ތަޅުތަޅު ހަމަ ހުޅުވޭގޮތް ހަދަންވީނު.
ލޮލްސް
30 December 2019
އެހެން ނުހަދަންވެގެން ދޯ އެހެން އެހެދީ.އެހެންނޫނަމަ އެހެން ދޯ ހެދީހީ
ދަރަވަންދޫ
29 December 2019
ފައްކާގޮލައެއް ! އަސްލުގަވެސް އޭނާއެބުނީ ރަގަޅުވާހަކައެއް "މިޒަމާނައް އެބަޖެހޭ ފެތެން"