ބަންޑާރަ ނައިބު ރިފްއަތު: އެކި މުއައްސަސާތަކަށް މިދިޔަ އަހަރު 1،000 އަށް ވުރެ ގިނަ ގާނޫނީ ލަފާ ބަންޑާރަ ނައިބުގެ އޮފީހުން ދީފައިވޭ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
03 ޖެނުއަރީ 2020 - 16:46
ދައުލަތުގެ އެކި މުއައްސަސާތަކަށް 1،000 އަށް ވުރެ ގާނޫނީ ލަފާ މިދިޔަ އަހަރު ދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެކި މުއައްސަސާތަކުން 1،082 ކަމަކާ މެދު ގާނޫނީ ލަފައަށް އެދިފައިވާއިރު، އޭގެ ތެރެއިން 1،003 ކަމަކާ ގުޅޭގޮތުން ލަފާ ދީފައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އެކި ކަންކަމުގައި 452 ލަފައެއް ދީފައިވާއިރު، ދެވަނައަށް އެންމެ ގިނައީ އެއްބަސްވުންތަކާ ގުޅިގެން ދީފައިވާ ގާނޫނީ ލަފާތަކެވެ. އެއްބަސްވުންތަކާ ގުޅިގެން 354 ލަފައެއް އޭޖީ އޮފީހުން މިދިޔަ އަހަރު ދިނެވެ. ގަވާއިދުތަކާ ބެހޭގޮތުން 103 ލަފައެއް، އުސޫލުތަކާ ގުޅޭ 52 ލަފައެއް ދިންއިރު، ބިލް ތަސްދީގު ކުރުމާ ބެހޭގޮތުން 27 ލަފައެއް ދީފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ދައުލަތާ ގުޅުންހުރި ކަންކަމުގައި ސަރުކާރަށް ގާނޫނީ ލަފާ ދިނުމުގެ ޒިންމާ އޮންނަނީ ބަންޑާރަ ނައިބަށެވެ. ވަޒީރުންގެ ތެރެއިން ގާނޫނުއަސާސީގައި އެ މަގާމެއް ބަޔާން ކޮށްފައިވާ ހަމައެކަނި މަގާމަކީ ވެސް ބަންޑާރަ ނައިބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހަލްދީބް
04 January 2020
ހީލަތްތެރި ލަފާތަކުން ދައުލަތް ބަގުރޫޓުކޮށްލާފަދަ ނިންމިންތަކެއް ނިންމުވައިފި. މަގާ މުން ދުރުކުރަން ލަސްވެސް ވެއްޖެ.
ޖުހާބެ
03 January 2020
ތާކުންތާކު ނުޖެހޭ
އިބްރާހީމްދީދީ
03 January 2020
އޭޖީ އޮފީހަކީ މިހާރު އާދައިގެ ލޯ ފާމަކަށްވުރެ ވެސް ތަޖުރިބާ މަދު އަދި ފަންނުގެ ހުނަރުނެތް ތަނެއް. އޭޖީ އޮފީހުން ފަރުމާކުރާ ބިލްތަކަށް ބަލާލިޔަސް ތިތަނުގަ ތިބި މީހުންގެ ފެންވަރު ވަރަށް ރަނގަޅަށް އެބައެނގޭ. ޤާނޫނީ ލަފާވެސް ދެނީ މާބޮޑު ފަރުވާލެއްނެތި.
އެހެންތަ
03 January 2020
ތި ފޮނިކެނޑުމަށްވުރެން ދައުލަތަށޤ ލިބުނު ގެއްލުމާ ވަކިފަރުދުންތަކަކަށް ރައްޔަތުންގެ ޓެކްސްލާރިގަނޑުން ނަގަިދިން ބޮޑުމަންފާ ފޮރުވާނުލާ... ބޯހަލާކޭ ބޯހަލާކޭ، މަށަސްވޯޓުދެވުނު މޮޔައޭ.
ހަހާ
03 January 2020
މިއީ ގާނޫނީ ލަފާދެވޭވަރުގެ މީހެއްތަ، މި ކަހަލަ މީހުނާހެދި ރަތްޔިތުން ބިކަ މިވަނީ، ނާގާބިލު ސަރުކާރު
ބޮޑުމީހާ
03 January 2020
ތިދެން ހަބަރެއްތަ! ރެެހެންދި ސްކޫލުން މިދަޔަ އަހަރު އެކި ގްރޭޑް ތަކުގައި 2000 ދަރިވަރުންނަށް ތައުލީމް ދީފި
ކޮމެންޓޭ1
03 January 2020
ޢޮފީހަކުން ކުރަން ޖެހޭ މަސައްކަތް ކޮއްފި. ސުރުހީ
ބޮލުރޮދި
03 January 2020
ދޭންޖެހޭނެ އަދި ތިޔައްވުރެން ގިނައިންވެސް... ބަރާބަރަށް މުސާރަ ނަންގަވަމެންނު
އޯކޭ
03 January 2020
އަދި ނުވީތާކަށް ބަދަލުގޮގޮތުގައި ތިޔޮއްނަގާދޭހާ ލާރިތަކޯ.... މިވާހަކަވެސް މީ ހާދަބޮޑު ކާމިޔާބެކޭ މިނަިކުފާނުގެ. ހަހަހަހހަަ