ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ ރައްކާތެރިކަމާ މެދު އިދިކޮޅުން މިއަދު ކަންބޮޑުވުން ފާޅުކުރި.
06 ޖެނުއަރީ 2020 - 19:11
މާފުށީ ޖަލުގައި ހުކުމް ތަންފީޒުުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ސަލާމަތާ މެދު އިދިކޮޅުން މި ސުވާލު އުފެއްދީ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޖަލުގައި ގައިދީންނަށް އަނިޔާކުރި ވީޑިއޯއެއް އާއްމުވެފައި ވަނިކޮށެވެ. ގައިދީއެއްގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަށް ފަހު އޭނާގެ މޫނު ދޮއްވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
ބާރުގެ ބޭނުންކުރީ ގައިދީން ހުރަސް އެޅުމުން: އެމްސީއެސް https://t.co/ovVgwiNEb9
— Mihaaru (@Mihaarunews) January 6, 2020
ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ މާފުށީ ޖަލުގައި އިއްޔެ ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާކުރުމަކީ ގައިދީންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އިދިކޮޅުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ކަރެކްޝަންސްގެ އެ އަމަލަކީ ގައިދީންގެ ހައްގުތައް ރައްކާތެރިކުރަން ރާއްޖެ އިން ސޮއިކޮށްފައިވާ އެތައް ބައިނަލްއަގްވާމީ މުއާހަދާތަކަކާ ވެސް ހިލާފު އަމަލެއް ކަމަށް އިދިކޮޅުން ބުންޏެވެ.
ޖަލުގައި ރިމާންޑް ބަންދުގައި ބަހައްޓާފައި ތިބޭ މީހުންނާއި އެ ތަނުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންނާ ދެމެދު މިދިޔަ ހަފުތާއިން ފެށިގެން ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް އެމްސީއެސް އިން އިއްޔެ ބުންޏެވެ. ރިމާންޑު ބަންދުގައި ތިބޭ މީހުންގެ ޝަކުވާ އަކީ ބަންދުގައި ހުންނަން ޖެހޭ މުއްދަތު ދިގުދެމިގެން ދިއުމާއި އެކަށީގެންވާ ގޮތަށް ބޭސްފަރުވާގެ ކަންތައްތައް ކުރިއަށް ނުދިއުމެވެ. މި ކަންތައްތަކަކީ އެމްސީއެސް އިން ވެސް ކަނބޮޑުވާ ކަންތައް ކަމަށް އެތަނުން ބުނެފައި ވެ އެވެ.
އެ ހައްގުތައް ގައިދީންނަށް ކަށަވަރުކޮށްދިނުމަކީ އެމްސީއެސްގެ ޒިންމާއެއް ކަމަށް އެ ކޯލިޝަނުން ފާހަގަކުރި އެވެ. އަދި ޔާމިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.
ޖަލުގައި މިފަދަ ހަމަނުޖެހުމެއް މީގެ ހަ މަސް ކުރިން އުފެދުނު ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް މި ސަރުކާރަށް ހޯދިފައި ނެތުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިސްތިއުފާ ދޭން ވެސް އެ ކޯލިޝަނުން ގޮވާލާފައިވެ އެވެ. އަދި މިފަދަ ހަމަނުޖެހުންތައް ތަހުގީގު ކުރަން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެތަނުން ގޮވާލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
12 January 2020
އިދިކޮޅު ކޯލިޝަންގެ ޒިންމާ ބަރާބަރަށް އަދާކުރަންޖެހޭނެ. ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅު ކޯލިޝަނުން ކުރަންޖެހޭނެކަމެއް. ކަމެއް ގޯސްކޮށްދަންޏާ އެވާހަކަ ދައްކަންޖެހޭނެ. އެކަމަކު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަފާލާތުގެ ދަށުން ދޫކޮށެއްނުލެވޭނެ. ދޫކޮއްލަން ގޮވައިގެންވެސްނުވާނެ.
ނޯރތުމުހުތާރު
07 January 2020
އަހަރެން ނުދެކެން މިނޫނީ ގައުމަށްޓަކައި ދީނަށްޓަކައި ކަމަށްބުނެ ކުށްވެރިން ހިމާޔަށްކުރަން އުުޅޭސިޔާސީޕާޓީއެއް. އަހަރުމެން ކަންބޮދުވޭ ޖަލުގައި ތިބި ހުރިހައިމީހުންގެ ރައްކާތެރިކަމާއިމެދު. އެހެނެއްކަމަކު ކިހިނެއް ކުށްވެރިން ދޫކުރާނީ. ޔާމީނުގެ ބަދަލުގައި އަދުރޭއަށް ކެރޭނެބާ ޖަލަށް ބަދަލުވާން
ނެޑް
07 January 2020
ޔާމީނަކީ އަބަދުވެސް ނުރައްކާ މީހެން. ރައްކާތެރި ކަމާއި މެދު އެއް އިރެއްގައިވެސް ޔަގީންކަމެއް ނޯވެ.
ނަޖްވާ
07 January 2020
މި ޖަލުގަ ހިންގާ ކަންތައްގަޑު މި ހިންގަނީ ތި ބުނާ ޔާމީނަކަށް ސަލާމަތްތެރިކަން ހޯދަ ދޭންވެގެން ކަމަށް ބެލެވެނީ!
ރަބަރު
07 January 2020
ކޮންސުވާލެއް އުފެދެނީ؟ ސުވާލު އުފެދެނީ އެއްނޫން އުފައްދަނީ. ޔާމީނަކީ މުޖްރިމެއް މުޖްރިމުން ތިބެންޖެހެނީ ޖަލުގައި.
ދަދި
07 January 2020
އޭނާ ރައްކާތެރި ކުރާކަށް ނުޖެހޭނެ! އޭނާއަކީ އެއަށްވުރެ ނުލަފާމީހެއް!
އެމްސް
07 January 2020
ޔާމީންގެ އަމިއްލަ ބޭބެ އެއްވެސް ޙައްޤަކާނުލައި، އަދި އެވެސް ރޯދަމަހެއްގަ، ޖަލުގަ ތަޅުވާ ހަދާލިއިރު ޕީޕީއެމްއިން މިފަދަ އެއްވެސް ބަޔާނެއް ނުނެރޭ!
ރޮނޑާ
07 January 2020
ކަލޭމެންނަ ޝައްކު ކުރެވޭނަމަ ސަރުކާރުގައި ދަންނަވައިވައިގެން ޔަމީނުގެ ހަތެރެސްފައި ގައި ޗެންޗޭނު ޖަހާ ގުޑާނުލެވޭގޮތައް ހަދަންވީ.
ޕިންކީ
06 January 2020
ކުށްވެރިންގެ ހައްގުތަކާ ހެދި ހާދަ ވަރަކަށް ޕިންކީން އެބަ ތެޅެޔޭދޯ!
މޫން
06 January 2020
ވަރަށް ސަޅި