ޖޭއެސްސީގެ މެމްބަރުންތަކެއް: ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
07 ޖެނުއަރީ 2020 - 17:38
ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، އޭނާ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ދ. ކުޑަހުވަދޫ ކޯޓުން ބަލަމުންދާ މައްސަލައެއްގައި އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް ހުށަހެޅުއްވި އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖް ކޮށްފައިވާ ސޮޔެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލާގައި އަބްދުއްރައްޒާގްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، މިއަދުން ފެށިގެން އޭނާ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެން ބައެއް މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންތަކެއްގެ މައްސަލަތައް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު، ބައެއް ފަނޑިޔާރުން މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަގާމުން ވެސް ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހު އަބޫ
07 January 2020
2023 ގައި ތި ހުރިހާ ކަމެއް އެކޮޅު ކޮޅުން ދާނެއެވެ. ކުދިން ހިއްވަރު ކޮށްލާށެވެ. ދެން އޮތީ ތިނެއް ބައި އަހަރެޗެ.