ކުޅިވަރު

ޕާކިސްތާން ގޯލްކީޕަރު ސާގިބް ޓީސީ އަށް

ލީގުގައި ފޯކައިދޫ ކުޅުނު މެޗެއްގެ ތެރެއިން ކީޕަރު ސާގިބް: އޭނާ ވަނީ ޓީސީ އަށް ބަދަލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނުގައި ށ. ފޯކައިދޫ ޓީމުގެ ގޯލު ބަލަހައްޓަމުން އައި ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ހަނީފް ސާގިބް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

ސާގިބްގެ އިތުރުން ފޯކައިދޫ ޓީމަށް ކުޅެމުން އައި އަލީ ޝާމިސް (ތޮއްޕޭ) އާއި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ވެސް ވަނީ ޓީސީއާ ގުޅިފަ އެވެ. މި ތިން ކުޅުންތެރިން ވަނީ ޓީސީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރުމަށް ޓީސީން ޓީމު ވަރުގަދަކުރާނެ ކަމަށް ދާދި ފަހުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބުނެފަ އެވެ. އުމުރުން 25 އަހަރުގެ ސާގިބް ވަނީ މީގެ ކުރިން ޝާޒްއާ އެކު ބީޖީ ސްޕޯޓްސް ކްލަބްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ސާގިބް ފެނުނީ އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ފޯކައިދޫ ޓީމުންނެވެ.

ސާގިބަކީ ފުރަތަމަ ޑިވިޝަނުގައި ޓީސީ ވާދަކުރަން ފެށި ފަހުން އެ ޓީމުން ގެނައި ތިން ވަނަ ބިދޭސީ ކީޕަރެވެ. މީގެ ކުރިން ނޭޕާލް ގައުމީ ޓީމު ކީޕަރު ކިރަން ޝެމްޝޮން އާއި ބެލަރޫސްގެ ކީޕަރެއް ކަމަށްވާ ޑިމިޓްރީ އަސްނިން .ވަނީ ޓީސީ ގޯލު ބަލަހައްޓައިފަ އެވެ. މި ސީޒަނުގެ ކުރީކޮޅުގައި ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ޓީސީ އަށް ކުޅުނެވެ. އެކަމަކު މުސާރަ ނުދެވޭ މައްސަލައިގައި އިމްރާން ޓީމު ދޫކޮށްލުމުން ފަހަކަށް އައިސް ޓީސީގެ ގޯލު ބަލަހައްޓަނީ އިބްރާހިމް ނަދީމް (ރިކޫ) އެވެ.

2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ތޮއްޕޭ. -- ފޮޓޯ: މިހާރު

ކަނާތު ބެކަށް ކުޅޭ ތޮއްޕޭ އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ވިކްޓްރީންނެވެ. އެ ސީޒަނުގެ ފަހު ބައިގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނީ ވިކްޓަރީ އަށް އެ ފަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމާ ގުޅިގެންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވި އެވެ. މި ސީޒަނުގައި ފޯކައިދޫ އަށް ގުޅުމަށް ފަހު އެ ޓީމުގެ ފުރަތަމަ އެގާރައިގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ.

މިސްރުގެ ޑިފެންޑަރު މަހުމޫދު އެންމެ ފުރަތަމަ ގެނައީ ކްލަބް އީގަލްސް އަށެވެ. އެ ޓީމުގައި އަނިޔާގެ ސަބަބުން ރަނގަޅު ކުޅުމެއް ނުދެއްކޭތީ ދޫކޮށްލުމުން ފަހުން އޭނާ ބަދަލުވީ ފޯކައިދޫ ޓީމަށެވެ. ފޯކައިދޫގެ ފަހަތުގައި އޭނާ ވަނީ ގިނަ މެޗުތަކެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ.

އޭއެފްސީ ކަޕުގައި ފުރަތަމަ ފަހަރަށް މި އަހަރު ޓީސީން ވާދަކުރާނެ އެވެ. އެ ޓީމުން 2018 ވަނަ އަހަރުގެ ކޮލިފައިންގައި ވާދަކޮށް ޕްލޭއޮފުން ބެންގަލޫރު އަތުން ބަލިވީ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕުގައި ރާއްޖޭގެ ޓީސީގެ އިތުރުން ދެން އޮތީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ. ދެން މި ގްރޫޕަށް ހޮވޭނީ ކޮލިފައިން ބުރުން އަންނަ ޓީމެކެވެ. އެ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ އަބަހާނީ ވާދަކުރެ އެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ އަށް މި ފަހަރު އެންމެ ރަނގަޅު ނަތީޖާތަށް ނެރެން ވަނީ އުނދަގޫވެފަ އެވެ. ޓީސީ މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ 14 މެޗުން 25 ޕޮއިންޓާ އެކު އެވެ. އެކަމަކު މިރޭ ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޓީސީ އަށް އެބައޮތެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވެފަ އެވެ. އެހެންކަމުން މިރޭގެ މެޗަކީ އެ ޓީމު އަލުން ފޯމަކަށް އެޅެން މުހިއްމު މެޗެކެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޮގުބަ

08 January 2020

ބޭރުގެ މައްސޫރު ކުޅުންތެރިން ނަމުން ރާއްޖޭގެ ކުޅުންތެރިން ނަން ބޭނުންކުރުމަކީ ވަރަށް ފޫހިކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454