ކުޅިވަރު

ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން 7-0 އިން ހޯދި ބޮޑު މޮޅަކާ އެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އިން މަގާމް ވަރުގަދަކޮށް އިތުބާރު ބޮޑުކޮށްފި އެވެ.

މި މޮޅާ އެކު މާޒިޔާ އިން ލީގުގެ އެއް ވަނައިގައި އަލުން ވަނީ 11 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެ ޓީމަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އީގަލްސްގެ އޮތީ 16 މެޗުން 33 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބްގެ އޮތީ 16 މެޗުން 28 ޕޮއިންޓެވެ.

ލީގުގެ ތާވަލު މިހާރު އޮތްގޮތުން މާޒިޔާ އަށް މި ބުރުގައި ބާކީ އޮތް ހަތަރު މެޗުން ލީގު ކަށަވަރުކުރަން އެ ޓީމަށް ބޭނުންވަނީ ފަސް ޕޮއިންޓެވެ. އެކަމަކު ލީގުގައި ބުރާސްފަތި ދުވަހު އީގަލްސް އަތުން ޓީސީ މޮޅުވެއްޖެނަމަ އަންނަ އާދިއްތަ ދުވަހު ގްރީން ސްޓްރީޓްސް ބަލިކޮށްގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.

ބާކީ މެޗުތަކެއް ހުއްޓައި ލީގު ޔަގީންކުރުމާ ގާތުގައި މާޒިޔާ އޮތް ނަމަވެސް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ކުރަން ހުރި މަސައްކަތް އެއްކޮށް ނުކުރެވެނީސް އެއްވެސް ކަމެއް ޔަގީންނުވާނެ ކަމަށެވެ.

"ނޫސްވެރިންނަށް މިއީ (ލީގު ހޯދުމަކީ) ވަރަށް ގާތުގައި އޮތް ކަމެކޭ ބުނެވިދާނެ. އެކަމަކު އަހަރެމެން ކޯޗުން އަދި ކުޅުންތެރިން ކުރަން ޖެހޭ މަސައްކަތް އެބަހުރި. އަހަރެމެން އެ މަސައްކަތް އެއްކޮށް ކުރެވުނީމަ ނޫނީ ޔަގީންކޮށްގެނެއް ނުވާނެ. އެއީ ފަހު ވަގުތު ކަންތައްތައް ބަދަލުވުމުގެ ފުރުސަތު އެބައޮތް،" މިއަދުގެ މެޗަށް ފަހު ލީގުގެ ޗެމްޕިއަންކަމާ ގާތުގައި އޮތުމުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި މާޒިޔާ އިން ބޮޑު ތަފާތަކުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ފޯކައިދޫ އަކީ އާންމުކޮށް މާޒިޔާއާއެކު ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އެހެން ނަމަވެސް މި މެޗުގައި މާޒިޔާ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުމުން ކުޅެމުން އައި ގޮތް ފޯކައިދޫން ބަދަލުކުރީ ކަމަށް ސެކުލޮސްކީ ގަބޫލުކުރެ އެވެ.

"ހަގީގަތުގައި އަހަރެމެންނަށް މި މެޗުގައި ލިބުނު ފުރުސަތުތަކުގެ 70 ޕަސެންޓް ނިންމާނުލެވި ވެސް 7-0 އިން މޮޅުވެއްޖެ. ލިބުނު ފުރުސަތުތަކުގެ އަދަދަށް ބަލާއިރު ހިތްހަމަޖެހޭ. އެކަމަކު އެ ފުރުސަތުތަކުން ގިނަ ބޯޅަތައް ގޯލަށް ހަދާނުލެވޭތީ އެންމެ ހިތްހަމަޖެހެއޭ ނުބުނެވޭނެ،" ސެކުލޮސްކީ ބުންޏެވެ.

މިއަދުގެ މެޗަށް މާޒިޔާ އިން ނުކުތީ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެނައި ތިން ކުޅުންތެރިންގެ ތެރެއިން އަފްގާނިސްތާންގެ ޑިފެންޑަރު މުހައްމަދު ޝަރީފް އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މާޒިޔާ އަށް ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިދިނީ އަނިޔާ އަށް ފަހު އެނބުރި އައިސް ފުރަތަމަ އެގާރައިގައި ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. މި ހާފުގައި އަނެއް ގޯލު ޖެހީ ހަމްޒާ މުހައްމަދު ހަމްޕު އެވެ.

ދެ ވަނަ ހާފްގައި މާޒިޔާގެ ފުރަތަމަ ތިން ގޯލު ޖަހައި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ހެޓްރިކެއް ހެދި އެވެ. އަނެއް ދެ ގޯލު ޖެހީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އިރުފާން (އިރޭ) އާއި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ނިހާން (ނިހާޓް) އެވެ. ދެ ވަނަ ހާފުގައި ދާދި ފަހުން މާޒިޔާއާ ގުޅުނު މުހައްމަދު ސާމިރާއި އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވެސް ވަނީ ކުޅެފަ އެވެ.

ފޯކައިދޫ އަކީ އާންމުކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފޯކައިދޫގެ މުހިއްމު ކުޅުންތެރިން ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. އެހެން ކުޅުންތެރިންތަކެއް ގެނެސްގެން ފޯކައިދޫން މި މެޗަށް ކުރިމަތިލީ އެންމެ ޕްރެކްޓިހެއް ވެސް ނުކޮށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ބުނެފަ އެވެ.

ނިސްތާރު ބުނީ ފޯކައިދޫން ލީގަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހައެއް ކަމަށާއި އެކަން ހާސިލްވެފައިވީ ނަމަވެސް އެ ޓީމުން ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރާނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅުކުރާނެ ކަމަށެވެ.

ފޯކައިދޫ ލީގުގެ ހަ ވަނައިގައި އޮތީ 17 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ކުޅޭ މެޗުގަައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކްއިކްގަން މުރުގަން

15 January 2020

ހުރިހާ ނަންކިޔާ ކްލަބްތަށް މާޒިޔާގެ ނުފޫޒުން އެފް އޭ އެމް ތެރެއިން ފައިންއަރާ ފިއްތާލާފަ ދަނޑަށް އަރާ ތިމާ މެންނަށް ވުރެ 1000 ގުނަ ފެންވަރު ދަށް ޓީމުތަކާއި ވާދަކޮށް މިކިޔަނީ ތިމަންނަށް މެން މޮޅީ އޯ. މުޅި ރާއްޖޭގަވެސް ކަލޯމެން ތިޔަޖަހާ ސަކަރާއިތް ބަލާނެ ބައެއް،

The name is already taken The name is available. Register?

ހެހެހެ

15 January 2020

ތީ ދެން އަރަތެއްނުން. މާޒިޔާ އިންތަ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތީީ؟ މާޒިޔާ މިއަދު އެއްވަނަ ކްލަބުގެ ގޮތުގައި އޮތީ އެ ޓީމުގެ މެނޭޖްމަންޓްގެ ބުރަ މަސައްކަތުން. ނިއު އާއި ވިކްޓަރީ މިހާރު އޮތް ހާލަތަށް ދިޔައީ އެ ޓީމުތަކުގެ މެނޭޖްމަންޓްގެ ދޯދިޔާކަމުން. ދެންއެހެނޭ ކިޔާފަ، ރަނގަޅަށް މިކަން ކުރާ ބަޔަކާ ތި ޖައްސާލަނީ ހަޖަމްނުވެގެން. އިރާދަކުރެވިއްޔާ މާޒިޔާ ދާނީ ކުރިއަށް. ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

މޯޑް

15 January 2020

އިތުބާރު ބޮނޑްވާނި ވާދަވެރި ޓީމެއް ނެތީމަ. މީގެ ކުރިން ކީއްވެތަ ތި އިތުބާރާއި ޔަގީކަން ތި ކޯޗަށް ނެތީ. ނިއުރޭޑިޔަންޓް ވުޖޫދުން ފޮހެލީ ތި އިތުބާރު ނުލިބިދާނެ އެތީ ދޯ.

The name is already taken The name is available. Register?

ޓޯޑް

15 January 2020

މިވީހާ ތަނަށް މާޒިޔާ އިން ނެގި ތައްޓެއް ނަގާފައި އޮންނާނީ ތި ބުނާ ގަދަ ނިއު ރޭޑިއަންޓް ވެސް އޮއްވައި. ނިއު ރޭޑިއަންޓް މިހާރު އެ އޮތް ހިސާބުގައި އެ އޮތީ އެ ޓީމުގެ މެނޭޖްމަންޓްގެ ނާގާބިލްކަމާއި، ދޯދިޔާކަމުން. ދެން އެހެނޭ ކިޔާފަ ރަނގަޅަށް މިކަން ކުރަން އުޅޭ ބަޔަކަށް ހަސަދަލައިގެން އުޅުމަކީ ވަރަށް ނާތަހުޒީބް ކަމެއް ބުރޯ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454