ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް (ކ) އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަލާންކުރައްވަނީ -- ފޮޓޯ: މިނިސްޓަރު ޝާހިދުގެ ޓްވިޓާ
16 ޖެނުއަރީ 2020 - 12:54
ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކުރަން ފަށައިފި އެވެ.
އިންޑިއާގެ ނިއު ދިއްލީގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ "ރެއިސިއާނާ ޑައެލޮގްސް" ކޮންފަރެންސްގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަމާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވްއާ މަޝްވަރާކުރައްވައިފަ އެވެ.
ރެއިސިއާނާ ޑައެލޮގްސް އަކީ ދުނިޔޭގެ ސިޔާސީ އަދި ވިޔަފާރީގެ ކަންކަމާ މަޝްވަރާކުރަން އިންޑިއާގެ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ގިނަ ގައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖޭގެ އެމްބަސީއެއް ރަޝިއާގައި ވީހާ ވެސް އަވަހަށް ގާއިމްކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ރަޝިއާގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.
Minister Shahid meets with Ministerial delegates on the sidelines of #RaisinaDialogue2020
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 16, 2020
Press Release https://t.co/pN3y0fT4K9 pic.twitter.com/4eoyNP89o1
ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއް
ރަޝިއާ އާއި ރާއްޖެ ގުޅިގެން ކުރިއެރުވޭނެ ކަންކަމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި އިގްތިސާދީ ދާއިރާ އާއި މަސްވެރިކަން އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރެވޭނެ ގޮތްތައް ހިމެނެ އެވެ.
މިނިސްޓަރު ޝާހިދު ވަނީ އެސްޓޯނިއާގެ ފޮރިން މިނިސްޓަރު އުރްމަސް ރެއިންސަލައު އާއި ހަންގަރީގެ ފޮރިން މިނިސްޓަރު ޕީޓާ ސްޒިޖާޓޯއާ ވެސް މި ކޮންފަރެންސްގައި ބައްދަލުކުރައްވައިފަ އެވެ. ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވީސާގެ ކަންތައްތައް ފަސޭހައިން ހަމަޖެހޭނެ އިންތިޒާމެއް ގާއިމްކޮށްދިނުމަށް ވެސް ޝާހިދު އެދިވަޑައިގަތެވެ.
މި ކޮންފަރެންސްގައި މިނިސްޓަރު އަންނަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. ދިއްލީގައި ތިން ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސް މިއަދު ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
16 January 2020
އަނެއްކާ އަނެކަކަށް އެންބެސެޑަރުކަން ދޭންވީ. ދުނިޔޭގެ ހުރިހާ ގައުމެއްގާ ދިވެހި އެންބަސީ ހުޅުވަން ފެނޭ. އެއިރުން މަގުމަތީގައި މުޒާހަރާ ކުރި ހުރިހާ ކުދިންނަށް ވަޒީފާ ދެވޭނެ. މިހާރުވެސް މެލޭޝިޔާގައި ހުންނަ ދިވެހި އެންބަސީގައި އިށީދެލާނެ ޖާގަ އެއްވެސް ނެތޯ. ސުޓާފުން ގިނަކަމުން. މިފަހަރު މިއައީވާ ރައީސެއް.
ސައުތު
16 January 2020
ވަރަށް ވެސް ރަނގަޅު ފިޔަވަޅެއް
ދަތްނެތްކުއްޖާ
16 January 2020
މާތްކަލާކޯ! ކުދިންނޭވެ. މި ދުނިޔެ މަތީގައި ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ. މޯލްޓާގައި ހުރި މިސޮރު މެންގެ އެކައުންޓް ތައް ބަލާލަބަލަ. ހަ މަ ކެވޭނެ ގޮތެއް ރާވަނީދޮތަ! މި ސޮރު މެންނަށް އެގޭ ވެރިޔަކަށް ހުރީ ކޮހެއްކަން. މަވާނެތް މިކަހަލަ ކޮ މެންޓް ކުރާކަށް.
ޔާގޫތު
16 January 2020
ވިއްސަކަށް ކުދިން ކިޔަވަންއުޅޭތީ އެންބަސީއެއް ހުޅުވައިގެން އަހަރަކު ވިހިތިރީސް މިލިއަން ހަރަދުކުރުމަށްވުރެ މާހަރަދުކުޑަވާނެ އެސޮރުމެން ކޮންމެދުވަހަކު ކުލާސް ނިންމާފަ ރާއްޖޭ އާދެވޭގޮތަށް ޓިކެޓުދިނަސް.
މިސް
16 January 2020
ކަލޯ މި ރާއްޖެ އަށް އެންމެ ގިނަ ފަތުރު ވެރިން އަންނަ ގައުމު ރަޝިޔާ އަކީ. އެމްބަސީ އަކީ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ވަސީލަތެއް. މިއީ ރާއްޖޭގެ ޓޫރިޒަމަށް ކޮށްދެވޭ ކަމެއް.
ބުޅާ
16 January 2020
ފަތުރުވެރިން އަންނަނީ ފްރީ ވިސާގަ، ދެން ކޮން އެނަބަސީއެއް.
ސަންޕަ އަހަންމަދު
16 January 2020
ޕާޓީ ކުދިންނަށް ވަޒީފާހަމަޖައްސާލަން ތީ ހަމަ ރަނގަޅުގޮތެއް.
ތައްކާނުބެ
16 January 2020
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށްވުރެ ބޮޑު މުސާރަދޭން ބަލަދުއަރާފައި ހުރި މީހަކު ހުރީކީ ނޫންބާ! އެހެންނޫނަސް ރަޝިޔާގައި އެންބަސީއެއް ހުޅުވަނީ ދިވެހިރާއްޖޭގެ ތަރައްޤީގައި ކިހާމިންވަރެއް ޙިއްސާކުރާތީތޯ؟ އެންބަސީއެއް ހުޅުވުމަކީ ދިގުދެމިގެންދާ ބޮޑު ޚަރަދަކަށްވާއިރު، މިފަދަ ޚަރަދެއް ކުރަންވާނީ ބެނަފިޓަށް ވިސްނާފައި، ބަލަދުވެރިކަން ސާބިތުކުރާ އުޞޫލަކުންނެއްނޫން.
އަހްމަދު
16 January 2020
ތޮއްޑޫ ގައި ހައްދާ ފަޅޯ ރަޝިޔާއަށް ވިއްކަން ކަމަށްވެދާނެ.
ހިއްސާ
16 January 2020
މެޑިކަލް އަދި ޑިފެންސްގެ ދާއިރާއިން ވަރަށް އެހީވެވިދާނެ. އެމީހުން މިދެކަމުގަވެސް އުޅެނީ ވަރަށް ކުރީގަ. ރާއްޖެއަށާ ކައިރި ގައުމުތަކަށް ބައިވަރު ޓުއަރިސްޓުންވެސް އަންނަ ތަނެއް އެހެންވީމަ އިތުރަށް މާކެޓްވެސް ހޯދިދާނެ.