ޗާޖް.
21 ޖެނުއަރީ 2020 - 07:21
ޗާޖުކޮށްގެން ފަސް ދުވަސް ވަންދެން ފޯނު ބޭނުންކުރެވޭ ވަރުގަދަ ބެޓެރިއެއް އީޖާދުކޮށް، ޓެސްޓްކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ ރިސާޗަރުންގެ ޓީމަކުން ބުނެފި އެވެ.
މެލްބަންގައި ހުންނަ މޮނާޝް ޔުނިވަސިޓީގެ ޓީމުން ބުނީ އެ މީހުން އީޖާދުކުރި ބެޓެރި އަކީ ލިތިއަމް-ސަލްޕާ ބެޓެރިއެއް ކަމަށާއި އޭގެ އެހީގައި ފޯނު ޗާޖުނުކޮށް ފަސް ދުވަހު ބޭނުންކޮށްލެވުމުގެ އިިތުރުން އިލެކްޓްރިކް ކާރުގައި 1،000 ކިލޯމީޓަރު (600 މޭލު) ގެ ރާސްތާއަކަށް ދަތުރުކޮށްލެވޭނެ ކަމަށެވެ.
މިކަން ކާމިޔާބު މަސައްކަތަކަށް ވެއްޖެ ނަމަ މިއީ ޗާޖިން ބެޓެރި އަށް އިންގިބާލެއް ގެނުވާނެ އުފެއްދުމަކަށް ވާނެ އެވެ. ޓީމުން ބުނިގޮތުގައި އެ މީހުންގެ އީޖާދަކީ އާންމުކޮށް މި ބޭނުންކުރާ ރިޗާޖް ބެޓެރިތަކަށް ވުރެ ހަތަރު ގުނަ ވަރުގަދަ އެއްޗެކެވެ.
ރިސާޗަރުންގެ ޓީމުން ބުނިގޮތުގައި އެ މީހުން މިހާރު އަމާޒު ހިފާފައި ވަނީ ބެޓެރީގެ މަސައްކަތްތައް ފުރިހަމަކޮށް، އޭގެ ވިޔަފާރި ފެށުމާ ދިމާއަށެވެ. އަދި އުފެއްދުންވެގެން ދާނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭ އެހީއަކަށް ވެސް ވާނެ ކަމަށް ބުންޏެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ފަންޑްގެ އެހީގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ބެޓެރީގެ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް، މި އަހަރުގެ ފަހުކޮޅު އޭގެ އިތުރު ޓެސްޓްތަކެއް ހަދަން ވަނީ ނިންމައިފައި ކަމަށް އެއާ ބެހޭ ގޮތުން ސައިންސް އެޑްވާންސެސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުންޏެވެ.
ބެޓެރީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރު މައިނަކް މަޖުމްދަރު ވިދާޅުވި ގޮތުގައި އެ މީހުންގެ އުފެއްދުމަކީ ދުނިޔެ އަށް އިންގިލާބީ ބަދަލެއް ގެނުވާނެ އެއްޗެކެވެ.
"ހާއްސަކޮށް އޮސްޓްރޭލިއާގެ ވެހިކަލް މާކެޓަށް މިއިން ބޮޑު ބަދަލެއް ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެެ. "މިއީ ކްލީން އެނަޖީ އަށް އަހަރެމެން ކުރާ މަސައްކަތްތަކުގެ ވަރަށް މުހިއްމު ބައެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިއަލި
21 January 2020
ނޮކިއާ ބައްތި ބެޓެރީއެއް ވާހަކަ އެއީ