ދ. މީދޫގައި ބަނދަރު ހަދަން ވީ އެއްބަސްވުން، ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑައިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ބަދަލުކުރަނީ -- ފޮޓޯ: ނެޝަނަލް ޕްލޭނިން މިނިސްޓްރީ
21 ޖެނުއަރީ 2020 - 15:22
ދ. މީދޫގައި ބަންދަރު ހަދަން، 36 މިލިއަން ރުފިޔާއަށް، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ދ. މީދޫ ބަނދަރު ހެދުމަށް @MTCCPlcއާ ހަވާލުކޮށްފި. 36,823,998.26 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 408 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް. pic.twitter.com/YQPICAemPf
— Ministry of National Planning and Infrastructure (@MoNPImv) January 21, 2020
ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މި މަސައްކަތް ފުރިހަމަކުރަން އެމްޓީސީސީއަށް ދީފައި ވަނީ އެއް އަހަރާއި ދޮޅު މަސް ދުވަހުގެ މުއްދަތެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މީދޫގައި 373 މީޓަރުގެ ބޭރު ތޮއްޓެއް، ބޮޑު ހިލަ ޖަހައިގެން ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy