ސްރީ ލަންކަން އެއާލައިނުން ޑިސެމްބަރުގައި ގަމަށް ދަތުރުތައް ފަށާނެ.
04 އޮކްޓޯބަރ 2016 - 23:37
އައްޑޫ ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ޑިސެމްބަރު މަހު ޝެޑިއުލް ދަތުރުތައް ސްރީ ލަންކަން އެއާލައިންސުން ފަށަން ނިންމުމަކާ އެކު، ރިޒަވޭޝަން ހަދައިދޭން ފަށައިފި އެވެ.
އެ އެއާލައިންސްގެ އެޖެންޓުންނާއި ރާއްޖޭގައި ހުންނަ އެއާލައިންގެ މައި އޮފީހުން މިހާރު ޓިކެޓަށް ރިޒަވޭޝަން ހެދޭނެ އެވެ.
ގަމާއި ކޮލޮމްބޯ އާ ދެމެދު ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާ އިރު، ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރު (5،256.54ރ.) އެވެ.
ސްރީ ލަންކަން އެއާލައިންސްގެ އެޖެންޓަކު ބުނީ ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު ކަމަށެވެ.
ގަމާއި ކޮލޮމްބޯއާ ދެމެދު ރަސްމީކޮށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.
އެ އެއާލައިންގެ އޮފީހެއް ވަރަށް އަވަހަށް ފޭދޫގައި ހުޅުވަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މިއީ ސްރީ ލަންކަން އެއާލައިންސުން އައްޑު އަށް ޝެޑިއުލް ދަތުރުތަކެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިކަން ހަމަޖެހިގެން މި ދިޔައީ އެ އެއާލައިނުން މަސައްކަތް ކުރާތާ އަހަރުތަކެއް ފަހުންނެވެ.
އަންނަ ޑިސެމްބަރު 1 ގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ސްރީ ލަންކަން އެއާލައިންސް އިން ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައި.
ގައުމީ އެއާލައިން މޯލްޑިވިއަނުން ގަމާއި ކޮލޮމްބޯއާ ދެމެދު 2013 ވަނަ އަހަރު ޝެޑިއުލް ދަތުރުތަކެއް ފެށި އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބޭތީ ގެއްލުންވާ ކަމަށް ބުނެ ދަތުރުތައް ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ ހުއްޓާލައިފަ އެވެ.
މޯލްޑިވިއަނުން މިދިޔަ ބޮޑު އީދު ބަންދު ތެރޭގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ދެ ދަތުރު ބޭއްވި އެވެ. އެ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް އެ އެއާލައިނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެހިވަލަ - ކޮލަމްބޯ
05 October 2016
ސްރީލަންކަން އެއަރލައިންސް އަށް މަރުޙަބާ. އިރާދަ ކުރެއްވީއްވާ ''ޖީބް ކަޑާ ރަށަށް'' ނުގޮސް މިފަހަރު ސްކޫލް ބަންދުވީމަ ކޮލަމްބޯ އިން ސީދާ އައްޑޫ އަށް ދެވޭނެ. ހާރިސް މަހަށްދޭ. ދުވަހަކުވެސް ތިޔަކަށް ނާރާނަން
ހާރިސް
05 October 2016
ތިއީ ވަރަށް ދެރަކަމެއް. އައްޑޫ މީހުން ކިތަންމެ ބޭނުން ވިޔަސް މޯލްޑިވިއަން އަށް ގެއްލުން ވާގޮތަށް ސްރީލަންކަން އައްޑޫ އަށް ޖައްސަން ހުއްދަ ދީގެން ނުވާނެ. މޯލްޑިވިއަން އަށް ތިކަން ކުރުމުގެ ޤާބިލްކަން އެބަހުރި
ރުއްގަލިބޭސް
05 October 2016
ކޮލަމްބޯ - ގޭން ކާރގޯ އަގުލިސްޓް ؟؟؟ ބެންގކޮކް ވީސާ އައްޑޫ ސިޓީން ހަމަޖެހޭތޯ ؟؟ ޑްބާއީ ވީސާ ސްރީލަންކަން އައްޑޫ އޮފީހުން ހަމަޖައްސާދެއްވާނެތޯ ؟؟
މަހުޒޫމް - ސްނާމީ އައި؛ެންޑް
05 October 2016
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ޖެނެރެލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ގެ ބުރަ ފުރިހަމަ މަސައްކަތަށް ސާބަސް. އައްޑޫ ގެ ލޮބުވެތި ރައްޔިތުންނަށާއި ސްރީލަންކަން އަށް ކާމިބާޔު ކަމަކަށް މިކަން ވާނެ ކަމަށް ހީކުރަން. ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރަމުން ދާ މަސައްކަތަށް މާލޭ ސަރުކާރުން ހުރަސް ނާޅައފިނަމަ މިކަން ކާމިޔާބު ވާނެ
ބޮޑު ކަމެއް
05 October 2016
ކޮން މާލޭ ސަރުކާރެއްތަ އަބަދު ތިކިޔަނީ؟ ކޮންމެ ގައުމެއްގަވެސް ސަރުކާރެއް އޮވޭ، ވެރިރަށެއްވެސް އޮވޭ
ބަތްކައްކާ
05 October 2016
މަމެންނަށް ވެސް ރަނގަޅު ސްރީލަންކައިން އައްޑޫ އަށް ޝެޑިއުލް ދަތުރު ތަކެއް ކޮށްގެން ތިކަން ވަޔަބުލް ވެއްޖެނަމަ. އެކަމަކު ސްރީލަންކަން އިން ކުރީގައި ބުނީ ކޮންމެ ހަފްތާއަކު އެމީހުންނަށް 20 ހާސް ޔޫއެސްޑޮލަރު ސަރުކާރުން ދޭނަމައޭ ގަމަށް ދަތުރު ކުރާނީ. މިފަހަރު ވެސް މިކަން ކުރީ މިގޮތަށް ތޯއެވެ. މީ އަނެއްކާ އަނބުރާގޭސް ގަނޑު ގަނޑަށް ވެގެން ނުވާނެއެވެ. އައްޑޫ މީހުން ވެސް އެބަޖެހޭ އިސްލާހު ވާން. އެގޮތުން ކުނި ކޮށީގައި ރޯކުރުމާއި އަދި ރަށުތެރޭން ވައްކަން ކުރުމާއި އަދި ރަށުގައި ކާޑުގެ އަގު ބޮޑު ވެގެން މުޒާހަރާ ކުރުމާއި އަދި ކުފޫ ހަމަ ނުވެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުން މީ އައްޑޫގެ އިގްތިސާދު ކުރިއަރުވަން އެމީހުން ވާން ޖެހޭ ގުރުބާނީ ތަކެވެ. އަދި ސަރުކާރާއި އަތާއި އަތް ގުޅާލައިގެން އައްޑޫ ކުރިއަށް ގެންދާނެ ކައުންސިލެއް ވެސް އެބަޖެހޭ ހޮވަން އަައްޑޫ އަށް. ރަންރީނދޫ ޓްވިޓަރޭ މެން ދާންވީ އައްޑޫ ކައުންސިލުގެ މޭޔަރަކަށް. އެއިރަށް މާ ބޮޑަށް ރަނގަޅުވާނެ އެވެ. އެއިރުން ދެން އޯޕަން މައިންޑަކުން ވިސްނާ އައްޑޫ ތަރައްގީ ކުރެވޭނީ ސަރުކާރާއި ގުޅިގެން. މިހާރު އެތިބި މީހުންނަށް ކުޅެވޭނީ ބަތްކައްކާ އެވެ.
GAN Island
05 October 2016
ރާއްޖޭގެ އިޤްތިސޯދީ ކަންކަމަށް އިސްނެގުމުގައި އަދިވެސް ދިވެހި ދައުލަތް އިތީ ''ނުކުޅެދުން ތެރިކަމެއްގެ ތެރޭގައި'' ކަން މިފަދަ ކަންކަމުން އެގިގެންދޭ. އެހެން ނޫން ނަމަ މީގެ 44 އަހަރު ކުރިން ރާއްޖޭގައި ބޭންކެއް ހިންގުމަށް އިންޑިޔާގެ ޤައުމީ ބޭންކް އިސްނެގިގޮތަށް އަދި މިޒަމާނުގައި އަނެއްކާ ވެސް މިހެން ވާކަށް ނުޖެހޭނެ. މިއީ މި ޤައުމު އިޤްތިސޯދީ ގޮތުން ހިންގާން ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރަށް ނޭގޭ ކަމާއި ޤައުމީ އެއަރލައިން ގައި ތިއްބެވީ ''ހިހޫ ތަނުން ކައިގެން'' ދެއަތް އުރާލައިގެން ބޮޑު މުސާރަ ގެއަށް ގެންދާ ބައެއްކަން ވެސް އެގިގެން ދިޔަކަމެއް. ސްރީލަންކަން އިން މިދަތުރު އިސްތިހާރު ކުރުމަށް Destination Addu ގެ ގޮތުގައި އިސްތިހާރު ކުރައްވާ ޕޯސްޓަރު ތަކުގައި Equatorial Convention Centre ބޭނުން ކުރުން ރަނގަޅު. ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުން ''އީސީސީ ވީރާނާ ކޮށްލި ކަމުގައި ވިޔަސް'' އައްޑޫ ގަމަށް ފަހު އެމީހުންގެ މެދުގައި އެންމެ މަޤުބޫލު ތަނަކީ ހަމަ އީސީސީ. އަދި އެއީ އައްޑޫ ގެ ލޭންޑް މާކެއް. އައްޑޫ ރަމްޒް ކޮށްދޭ ފުރިހަމަ ބިނާއެއް.
ަސދ
05 October 2016
ގަމުން މާލެއަށް 999ރ، އެމިރޭޓްސްއިން މާލެ ކޮލޮމްބޯ ދެކޮޅު ޓިކެޓް 2960ރ، އަނެއްކާ މާލެއިން ގަމަށް އެނބުރި އައުމަށް 999ރ. އެއިރުން ޖުމްލަ 296ރ ސަލާމަތް ކުރެވޭނެ. އަދި މާލެގޮސް ރައްޓެހިންނާއި ތިމާގެ މީހުންނަޢި ބައްދަލުކޮށް ހަދިޔާ ބަދިޔާ ހަވާލު ކޮށްލާފައި ލަންކާއަށް ދިޔައިމަ ނިމުނީ.
އެޑްވާން ފޭރެނީ މަގޭ އަތުން
05 October 2016
ކަލޭމެން ކުއްޔަށް ދޭ ފަރާތަށް އަބަދުވެސް ހިސާބު ހަދަން އިގޭނީ ތިގޮތަށް. އަހަރުމެންގެ ތިމާގެ މީހުންނަކީ މާލޭ ބިންވެރިންނެތްނޫން. އެމީހުން ވެސް މާލޭ ގައި ދިރިއުޅެނީ ގުދާރު ބިންދައިގެން ދާވަރަށް މަސައްކަތް ކޮށްފައި ހޯދާ ލާރި ކޮޅު ކަލޭމެންނަށް ކުއްޔަށް ދީގެން އަޅުންގެ ގޮތުގައި އުޅެން މަޖުބޫރު ކުރުވާފައި ތިބި ބައެއް. ތިޔަތަނަށް ގޮސް ކޮޓަރި ކުއްޔަށް ހިފުމަށް ވުރެން ސިންގަޕޫރުން ހޯޓާ ނެގުން ވެސް އަގުހެޔޮ. ތިކަހަލަ ނަސޭހަށް އަހަރުމެންނަށް ދޭނެ ކަމެއްނެތް. ހާރިސް މެން ހިސާބު ކިޔެވި ތަނަކަށް ސަލާމް
އައްޑޫ
05 October 2016
100 ޑޮލަރު އަގުބުޑުވިޔަސް ދަތުރު ކުރަން ރަނގަޅީ ސްރީލަންކަން. ކަލޭމެންނަކީ އަހަރުމެން ފެލާލައިގެން ކަލޭމެންގެ މުސާރައަށް 40 ފަންސާސް ހާސް ޑޮލަރު ނަގަމުންދާ ބައެއް. ކޮން ޤައުމީ އެއަރލައިނެކޭ ކިޔާކަށް.
ލަސް
05 October 2016
ނޮވެމްބަރ ތެރޭގައި އެއްމެ ދަތުރެއް ނަމަވެސް ބާއްވައި ދިނުން އެދެން. ޑިސެމްބަރ މާބޮޑަށްވެސް ލަސް.
Any1111
05 October 2016
ޢެގޮތް މިގޮތް ނަމުގައި ކޮމެންޓްކުރާއިރު ތަނެއްދޮރެއްނޭގުނަސް ހެޔޮދޯ . ބަލަ މޮޔަޔާ މިރާއްޖެއަށް ވުރެން ގިނަ ޓޫރިސްޓުން އަންނަނީ ލަންކާއަށް އެތަނުން ގިނަމީހުން ރާއްޖެއަށް އާދޭ...މިކަމަކީ ޑޮމެސްޓިކް ޓްރެފިކަށް ބަލައިގެން ކުރާކަމެއްނޫން.. ކަލޭމެން އަނގަނުބާނާނެ އެއްތަނެއްވެސް ނޯވޭދޯ..
ބަލާތި
05 October 2016
ލަންކާއިން އަންނަ ޓޫރިސްޓުން ނެއް ނުތިބޭ މިހާރު ރާއްޖެ އަކު. ތަމެން އަދި ތިއުޅެނީ މާ ބޮޑަށް ފަހަތުގައެެއް ނޫން ދޯ. މަމެންނަށް ހީވަނީ ތީ އައްޑޫ އެއާރޕޯރޓް ހިންގާ ކުންފުންނާއި ސްރީލަންކަން އާއި އެކު މޭޒު ދަށުން ދަމާ އެއް ކުޅެން އުޅެނީ ކަމަށް. އަނެއްކާ ލަންކާ އިން ޑްރަގް އެތެރެ ކުރޭތޯ ވެސް ބަލަން ޖެހޭނެއެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދިޔަދޮވި ދެކޮޅުން މިހާރު ފެން ބާލަން މިއުޅެނީ.
ސިންތިލީ ވޫމް
05 October 2016
ތީ އަހަރުގެ ޗުއްޓީޔާއި ދިމާކޮއް ކުރާކަމެއް ދާއިމީ ވަނެ ކަމުގެ ޔަގީން ކަމެއްނެއް. އަމުދުން މިހާޜު. އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބޭނެ. ކާޑުގެ އަގާ ކަރަންޓް އަގު ބޮޑުވީމަ. ނިކަން ތިބެމާ ބަލަން ވާނުވާ!!!