ފިންލެންޑުގެ އެޑިއުކޭޝަން ފެއާގައި ރާއްޖޭގައި ހިންގާ ފިންލެންޑް ސްކޫލުން ބެހެއްޓި ސްޓޯލަށް މީހުން ޒިޔާރަތްކުރަނީ -- ފޮޓޯ: ފިނެލެންޑް ސްކޫލް
28 ޖެނުއަރީ 2020 - 11:41
ރާއްޖޭގައި ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން ފިންލޭންޑުގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން ފެއާގައި ބައިވެރިވެއްޖެ އެވެ.
ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު އޮތް "އެޑިއުކާ 2020" އަށް ޒިޔާރަތްކުރި މީހުންނަށް ފިންލެންޑް ސްކޫލުން ވެސް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ. އެގޮތުން އޭޝިއާގައި ފިންލެންޑްގެ ތައުލީމް އެންމެ ބޮޑަށް ކުރިއަރަމުން އަންނަނީ ރާއްޖެގައި ކަމަށް އިޝްތިހާރުކުރި ކަމަށް އެ ސްކޫލުން ބުންޏެވެ.
މި ފެއާގައި ތައުލީމީ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި ވަސީލަތްތައް އިޝްތިހާރުކުރެ އެވެ. މިއީ މެދުނުކެނޑި މި ފެއާ ބާއްވާތާ 25 ވަނަ އަހަރެވެ.
ރާއްޖޭގެ ފިންލެންޑް ސްކޫލްގެ ޕްރިންސިޕަލް ޑރ. އައިޔާ ވަލަންނޭ ވިދާޅުވީ ރާއްޖެ އަކީ ތައުލީމް ހޯދަން ރަނގަޅު ތަނެއްގެ ގޮތުގައި މި ފެއާގައި ޕްރޮމޯޓްކުރެއްވި ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރަން އެ ގައުމުގެ ގިނަ ޓީޗަރުންނާއި ތަޖުރިބާކާރުން ޝައުގުވެރިކަން ފާޅުކުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ފިންލެންޑްގެ ވަރަށް ގިނަ ޓީޗަރުން، ވެރިން، އަދި ތައުލީމާ ބެހޭ އިދާރާތަކުން ވަނީ ދިވެހިރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ރާއްޖޭގައި ފިންލެންޑުގެ ތައުލީމީ މިންގަނޑުތަކާ އެއްގޮތަށް ކިޔަވާދެމުން އަންނަ ކަން، ފެއާގެ ބައިވެރިންނަށް އެނގުމުން، ގިނަ ބަޔަކު ހައިރާންވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިންލެންޑަކީ ތައުލީމީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ ނަމޫނާ ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
28 January 2020
މިއީވެސް ކަނޑައެޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރާއްޖޭގައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި ހިލާފަތް ސަރުކާރުން ކޮށްގެންއުޅޭކަމެއް، ޓެކުސް ދައްކަނީއެއްނޫން، އެކަމަކު ބޮޑު އަގުދީގެން ކުދިންނަށް ކިޔަވައިދެނީ، އަދި ސަރުކާރުންވަނީ ސްކޫލެއް އިމާރާތާއި އެކުގައި ދީފައި، މިފަދަ ކަންކަމުން އެނގޭ ސަރުކާރުގެ ތެރޭގައި އޮތް ވިޔަފާރީގައި އޮތް ނާއިންސާފް،
ފެކްޓްސް
28 January 2020
"ފިންލެންޑަކީ ތައުލީމީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ ނަމޫނާ ގައުމެކެވެ" ރަނގަޅު ގޮތަކީ "ފިންލެންޑަކީ ސާނަވީ ތައުލީމީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ ނަމޫނާ ގައުމެކެވެ." ސަބަބަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 100 ޔުނިވާސިޓީގެ ތެރޭގައިވެސް ފިންލެންޑްގެ ޔުނިވާސިޓީއެއް ނުހިމެނޭތީ
ހާނނނ
28 January 2020
ކާކުތަ ހާލަތުބަލަނީ. ކިޔައިދެންތިބި ޓީޗަރުންގެ ފެންވަރު ވަރަަށްދަށް މަދުމީހެއް ފިޔަވާ.
ވޯލް
28 January 2020
ރާއްޖޭގައި މިމީހުން މި ހިންގަނީ ޕައިލެޓް ޕްރޮޖެކްޓެއް އުތަ؟ މުޅި އޭސިޔާގަވެސް ތިބުނީ މި ކުޑަ ރާއްޖެއޭ އެއީވެސްއ މާލޭގައި ދިރިއުޅޭ މަދު މީސްކޮޅެއްގެ ވާހަކަ.
ތަރި
28 January 2020
ކުރާނެކަމެއްނެތް.މާލޭ ފިންލޭންޑުސްކޫލްގަ ކިޔަވައިދެން ތިބީ ޔުނިވަރސިޓީއޮފްނައިފަރުން ނިމުނުކުދިން. ސަރުކާރަށްކޮލިޓީކޮންޓްރޯލް ނުކުރެވޭ. މަހުމާ އަބުސީ ހަބޭސް.
ތެދުބަސް
28 January 2020
" އޭޝިއާގައި ފިންލެންޑް ތައުލީމް އެންމެ ކުރިއަރަނީ ރާއްޖޭގައި"..ހަގީގަތުގައިވެސް ބޮޑު ޖޯކެއް. ސިންގަޕޫރު، ކޮރެޔާ، ޖަޕާނުފަދަ ގައުމުތައް އޮއްވައި ރާއްޖެއިން މޮޅުކަމެއް ކޮއްފާނެބާ؟
ނޭނގޭ
28 January 2020
ޓީއެމްއޭ އަކީ ދުނިޔޭގަ އޮތް އެންމެ ބޮޑު ސީޕްލޭން ފްލީޓު ބޭނުން ކުރާ ކުންފުނި. ހުކުރު މިސްކިތަކީ ދުނިޔޭގެ އެންމެ ބޮޑު ހިރިގަލުންހަދާފައި ހުރި އިމާރާތް. ރާއްޖޭގެ ރިސޯޓު ތަކަކީ މިހާރުވެސް އެންމެ މުއްސަނދި މީހުން އަންނަ ތަންތަން. މިގޮތަށް ތަކެތި ކުރިއަރުވާ މިފަދަ ކަންކަމާއި އެއްޗިހި ހިމާޔަތް ކޮށް ތަރައްގީ ކުރަން ޖެހޭ
އެއްވަނަސިންގަޕޫރަށް
28 January 2020
ތައުލީމް ފޯރުކޮށްދިނުމުގައި ގިނަގައުމުތަކުން ނަމޫނާއަކަށް ބަލަނީ ސިންގަޕޫރު. މިދިޔަ 5 އަހަރުވެސް، ސިންގަޕޫރުގެ ރޭންކިން، ފިންލެންޑަށްވުރެ 3 ދަރަޖަ މަތި.
އެދުރުބޭބެ
28 January 2020
ވޯލްޑް ބެސްޓް އެޑިޔުކޭސަން ސިސްޓަމް ގޫގުލްކޮށްލަބަލަ. ކޮންގައުމެއްތޯ އެއްވަނައަކީ ބަލާލަން.
އެސޮރުު
28 January 2020
އިންޑިޔާ ލަންކާ ޓީޗަރުން ގެނައުން ނިމުމަކަށް އަންނނީބާ؟