ރިޕޯޓް / އެލައިޑް އިންޝުއަރެންސް

އެލައިޑްގެ 35 އަހަރު: އުފާވެރި، އަދި އުފާވެރިކަން ގެނެސްދޭ ކުންފުންޏެއް

އެލައިޑްގެ އެމްޑީ ޝަފާޒާއި އެ ކުންފުނީގެ މުވައްޒަފަކު އިއްޔެ މަސައްކަތުގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ 35 އަހަރު ކުރިން، އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް އެ ކުންފުނީގެ އެތެރޭގައި އުފެއްދި ޑިޕާޓްމެންޓެއްގެ ގޮތަށް އުފެއްދި އޮފީސް މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެލައިޑަށް މިއަދު 35 އަހަރު ވާއިރު، އެއީ ހަމައެކަނި ބޮޑު ކުންފުންޏެއް އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ ތާރީޚީ ސޮފްހާތައް އުކާލާއިރު، އެ ކުންފުނީގެ ފިޔަވަޅުމަތިން ގޮސް ރާއްޖޭގައި މިހާރު ވަނީ ވާދަވެރި އިންޝުއަރެންސް އިންޑަސްޓްރީއެއް ވެސް އުފެދިފަ އެވެ.

އެލައިޑްގެ މެނެޖިން ޑިރެކްޓަރު ޝަފާޒް މުހަންމަދު ވިދާޅުވާ ގޮތުގައި އެލައިޑްގައި އޮތީ އުފާވެރި ތާރީޚެކެވެ. އެލައިޑްގެ އުފާވެރިކަމުގެ ތެރެއިން ކުންފުންޏަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހެން މީހުން އުފާކޮށްދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލައިޑްގެ އެމްޑީ ޝަފާޒާއި އެ ކުންފުނީގެ މާކެޓިން ހެޑް ނިއުޝާދު ޝަރީފް އިއްޔެ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި 35 އަހަރުގެ ތެރޭގައި ރާއްޖޭގައި އަޅުގަނޑުމެންގެ މާކެޓް ޝެއާ މި ވަނީ 60 ޕަސެންޓަށް ވުރެ މަތީގައި. ކްލައިޓުންގެ މެދުގައި އަޅުގަނޑުމެންނާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް މި ވަނީ އުފެދިފައި. އަދި ހަމަ އެހެންމެ އިންޝުއަރެންސާ މެދު އާންމުންގެ ތެރޭގައި މި ވަނީ ހޭލުންތެރިކަން ވެސް އުފެދިފައި،" މި ދާއިރާގައި 25 އަހަރު ހޭދަކުރައްވައި، މީގެ ދޮޅު އަހަރެއްވަރު ކުރިން އެލައިޑްގެ އެންމެ އިސް މަގާމާ ހަވާލުވެ ވަޑައިގެންނެވި ޝިފާޒް ވިދާޅުވި އެވެ.

"މިކަން އޭރު މި ފަށައިގަތީ އޭރު އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް ރާއްޖޭގައި މިކަން ކޮންމެހެން ކުރަން ޖެހިފައި އޮތީމަ. އެހެންވެ، އެހެން ހުރިހާ އިންޑަސްޓްރީތަކާ ހިލާފަށް އެލައިޑަކީ މި ދާއިރާ ރާއްޖޭގައި އުފައްދައި އަދި މި ދާއިރާ އަށް މީހުން ބިނާ ކުރުމާއި މީހުން ހޭލުންތެރި ކުރުވުމާއި މި ދާއިރާގައި ދެން ހުރިއްޔާ ހުރި ކަމެއް ވެސް އަމިއްލަ އަށް ކުރަން ޖެހުނު ކުންފުނި. އެހެންވީމަ، މިހާ ހިސާބަށް އައިއިރު ނަތީޖާ ވަރަށް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ."

އެލައިޑްގެ އެމްޑީ ޝަފާޒް އިއްޔެ "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެލައިޑްގައި މިހާރު 190އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 140 މިލިޔަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

ތަފާތު ފަންސާހަށް ވުރެ ގިނަ ޕްލޭން މިހާރު ވެސް އެލައިޑްގައި ހިމެނެ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އެ ކުންްފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އިންޝުއަރެންސާ ދޭތެރޭ އާންމުން އަދިވެސް ހޭލުންތެރިކުރުވުމެވެ.

އެލައިޑްގެ މުވައްޒަފުންތަކެއް އިއްޔެ މަސައްކަތުގައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މި ކުންފުނީގެ ހިދުމަތްތަކާއި އިންޝުުއަރެންސާ ދޭތެރޭ އާންމުން ހޭލުންތެރިކުރުވުން،" ޝަފާޒް ވިދާޅުވި އެވެ. "މީގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެެއް ގޮންޖެހުމަކީ ވެސް އިންޝުއަރެންސަކީ އެންމެ ފަހު ކަންތައްތައް ކަމަށް އާންމުން ގަބޫލުކުރާ ގަބޫލުކުރުން ބަދަލުކުރުން. މިހެން ދެންނެވިޔަސް އެ ވިސްނުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ ކަން ވެސް ފާހަގަކުރެވޭ."

އޭނާ ވިދާޅުވި ގޮތުގައި ޕެންޝަން ސްކީމެކޭ އެއްގޮތަށް އިންޝުއަ ކުރުމަކީ ވެސް ފަހަށް ރައްކާ ކުރެވޭ ފައިސާ އެވެ. މި ވިސްނުން އާންމުންގެ ތެރޭގައި އަށަގެންނެވުމަށާއި އެލައިޑްގެ ހިދުމަތްތައް ޒަމާނާ އެއްގޮތަށް އިތުރަށް ފަސޭހަ ކުރުމަށް ކުރިއަށް އޮތް ތާނގައި ގިނަ ކަންތައްތަކެއް ކުރާނެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިކަން ކުރަން ޖެހޭ ގޮތްތައް އުނދަގުލެއް ނުވާނެ. އޮންލައިން މެދުވެރިކޮށް ހުރިހާ ކަމެއް ކުރެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ އަދިވެސް ހިދުމަތްތައް އިތުރަށް ފުރިހަމަވާން،" ޝަފާޒް ވިދާޅުވި އެވެ.

އެލައިޑްގެ ހިދުމަތެއް ފެށުމުގެ ހަފުލާ: މިއަދަކީ އެލައިޑްގެ 35 ވަނަ އަހަރީ ދުވަސް -- ފައިލް ފޮޓޯ: މިހާރު

އިންޝުއަރެންސަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އެލައިޑުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެފަ އެވެ. ތަފާތު އެކިއެކި އިޝްތިހާރުތައް ހަދައި އެލައިޑްް ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެސް ވެފަ އެވެ. އޭގެ ސަބަބުންް ކުންފުންޏަށް ވަނީ ދިރުން ލިބިފަ އެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ފެށިތާ 35 އަހަރުވީ އިރު، މިކަން ވަރަށް ބޮޑަށް ފުޅާވެ ވާދަވެރިކަން އުފެދިފައިވާއިރު، އެލައިޑުން މިހާރު ގަބޫލު ކުރަނީ އިތުރު ލެވެލްތަކަށް މި ދާއިރާ ކުރިއަށް ގެންދަން ޖެހިފައިވާ ކަމެވެ. ތަޖުރިބާތަކަށް އިޝާރާތް ކުރައްވައި ޝަފާޒް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޝުއާ ކުރެވޭ އުސޫލުތަކުގެ ތެރެއަށް މި ގައުމު ވެސް މިހާރު ދާން އެބަ ޖެހެ އެވެ.

އެލައިޑުން 2010 ވަނަ އަހަރު ބޭއްވި ލައިފް އެންޑް ހެލްތް ފެސްޓިވަލް -- ފޮޓޯ: އެލައިޑް

"އަޅުގަނޑުމެންްގެ އެންމެ ބޮޑު ސެކްޓަރަކީ ޓޫރިޒަމް. ދެން ކުންފުނިތައް. ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމަށް ގާނޫނު އެބައޮވޭ. އެ ގާނޫނުތައް ބުނާގޮތުން އެ ގައުމެއްގެ އިންޝުއަރެންސް ކުންފުންޏެއް މެދުވެރިވެގެން ނުވަތަ އެ ގައުމެއްގެ އިންޝުއަރެންސް ކުންފުންޏެއްގައި ވިޔަފާރި އިންޝުއަ ކުރަން މި ޖެހެނީ. އެކަމަކު ރާއްޖޭގައި ބޭރުގެ ވަރަށް ގިނަ ބޮޑެތި ވިޔަފާރިތައް އެބަހުރި ދިވެހި އެއްވެސް ކުންފުންޏެއްގައި އިންޝުއަ ނުކޮށް ބޭރުގެ ކުންފުނިތަކުގައި އިންޝުއަކޮށްފައި،" ޝަފާޒް ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވެނީ އިންޝުއަރެންސާ ބެހޭ ގާނޫނެއް އަންނަން ވެއްޖެހެން. އެ މަސައްކަތްް އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތް، އެމްއެމްއޭ އިން ކުރައްވާ ކަމަށް ވެސް ވަނީ."

ޒަމާނާ އެއްގޮތަށް ގާނޫނެއް އަތުވެއްޖެ ނަމަ މުޅި އިންޝުއަރެންސްގެ ދާއިރާ ބަދަލުވެގެން ދާނެ ކަމަށް ޝަފާޒް ވިދާޅުވި އެވެ. އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 30%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންމަނިކް

30 January 2020

ވަރަށް މުސާރަވެސް ބޮޑު ކުންފުންޏެއް އެއީ...............................................

The name is already taken The name is available. Register?

އަނދުން

30 January 2020

ޙަޤީޤަތަކީ މީހުން ވާވައްދައިގެން މީހުން ފެލުން.

The name is already taken The name is available. Register?

މީސްމީހުން

30 January 2020

މި ތާ އުޅޭ ގިނަ ވެރިން ނަކީ ހަމަ ކަޓް ގެ ބޮޑު މީހެއް، ކަމެއް ކުރާއިރު އެތާގެ މިހާކަށް ކަމިޝަން ނުލިބޭ ގޮތައް ނުކުރާނެ. ކޮރަޕްޓް ތަނެއް، ހިތާމަޔާއެކު..

The name is already taken The name is available. Register?

އަސްރަފު

30 January 2020

އެއްވެސް އުފާވެރިކަމެއް ދޭ ބަޔެއްނޫން ތީ. އަޅުގަނޑަށް އިނގޭތީ މިބުނަނީ ތިތަނުގެ ވެރިންގެ ޖީބަށް ބަޔެއް ނާޅަންޔާ އެއްވެސް ކުލައިމެކަށް ފައިސާން ދޭންޖެހޭ ކަމަކަށް ނުވޭ. ވަރަށް ސާފު

The name is already taken The name is available. Register?

އެޓޮމް

30 January 2020

ތާޑް ޕާޓީ އިންސްއަރެންސް؟

The name is already taken The name is available. Register?

ހަކީމް

30 January 2020

ސައިކަލް ، ކާރު އިންޝުއަރ ކޮންގެން އެތަށް މިލިޔަން ރުފިޔާއެއް ލިބޭ. އެހެނަސް އެކްސިޑެއްޓެއް ވެއްޖެއްޔާ ކުއްވެރިވާމީހާ އެއްވެސް ޙަރަދެއް ދޭކަށް ނުޖެހޭ - އޭގެ ބަދަލުގައި ގެއްލުންވި ވެހިކަލްގެ ވެރިފަރާތުން އެތަށް ވަގުތެއް ހޭދަކޮއް ، ގުލާނުތަޅާގެން ބަދަލު ލިބެނީ ލިބުނު ގެއްލުމުގެ ބައިކުޅަ ބައި. މީއުފާވެރިކަންތޯ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454