ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހާއްސަ ސެންޓަރު ހުޅުވާފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ބުރީގަ--ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ފެބުރުއަރީ 2020 - 11:55
ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހާއްސަ ސެންޓަރު ހުޅުވައިފި އެވެ.
މި ސެންޓަރަކީ އަމިއްލަ ފަރުދުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރު ހުންނަނީ މާލޭ ސްކުއާގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ބުރީގަ އެވެ. އަމިއްލަ ފަރުދުންނަށް، އެކައުންޓް ހުޅުވުމާއި ފާސަނަލް ލޯނާއި ހައުސިން ލޯނަށް މިތަނުން ހުށަހެޅޭނެ އެވެ. މި ސެންޓާރުން ހިދުމަތް ދޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވިދާޅުވީ މި ސެންޓަރުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހުޅުވި ސެންޓަރުގައި މުވައްޒަފަކު މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކައުންޓް ހުޅުވުމާއި ހައުސިން ލޯނާއި ލައިފް ސްޓައިލާއި ކިޔަވާ ލޯނު ނެގުމަށް 3330200 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.
އެކައުންޓް ހުޅުވުމަށް ދިވެއްސެއް ނަމަ އައިޑީ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓައި ވިސާގެ އިތުރުން އެންޕްލޯއީމެންޓް ލެޓާއެއް ބޭނުންވާނެ އެވެ.
އަލަށް ހުޅުވި ސެންޓަރާ ގުޅޭ ގޮތުން އެ ކުންފުނީގެ ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ހުޅުވުނު ސެންޓަރުން ލޯނު ނެގުމަށްޓަކައި އެޕޮއިންޓްމެންޓް ހައްދައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. މިއާ އެކު ހިދުމަތް ހޯދާ މީހުންނަށް އަވަސް ހިދުމަތްތަކެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިދުމަތް ހޯދަން ބޭނުންފުޅުވާ މީހަކު، ލޯނުގެ މައުލޫމާތެއް ވިޔަސް ނުވަތަ ލޯނުގެ އެޕްލިކޭޝަނެއް ވިޔަސް ކޮންޓެކްޓް ސެންޓަރަށް ގުޅުއްވުމަށް ފަހު އެޕޮއިންޓްމެންޓެއް ހެއްދެވީމަ، ކިޔޫގަ ނުޖެހި ވަގުތުން ހިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަދުރުއްދީން ވިދާޅުވީ، އެޕޮއިންޓްމެންޓް ނުހަދާ ވެސް ލުއި އެކްސްޕްރެސް ލޯނާއި ވެހިކަލް ލޯނުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ ހިދުމަތްތައް ހޯދުމަށް، އަލަށް އަމީނީމަގުގައި ހުޅުވި، ލޯނު ސެންޓަރަށް ގޮސް ކުރިމަތިލެވޭނެ އެވެ. މީގެ އިތުރުން މި ލޯނުތަކަށް އޮންލައިންކޮށް ވެސް ކުރިމަތިލެވޭނެ އެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއެކު ބޭނުންވާ ލިޔެކިޔުން ހުށަހެޅުމުން ލޯނުގެ ކަންކަން ހަމަޖެހޭނެ އެވެ.
ބީއެމްއެލްގެ ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަ ސެންޓަރުތައް މާލެ އާއި ހުޅުމާލޭގައި ވެސް ހުރެ އެވެ. ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތައް އެ ސެންޓަރުތަކުން ލިބޭނެ އެވެ.
ލޯނަށް ކުރިމަތިލާ މީހުންނަށް އެކަމުގެ އަޕްޑޭޓުތައް އެސްއެމްއެސް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް މިހާރު ލިބޭނެ އެވެ. ލޯނު ސެންޓަރުން އެއްފަހަރާ އެއްގަޑިއެއްގައި ތިން ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އެކައުންޓް ހުޅުވުމަށް ހާއްސަކުރެވިފައިވާ ކައުންޓަރުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެއިން ބްރާންޗުން ލިބެމުން އައި އެކައުންޓް ހުޅުވުމުގެ ހިދުމަތްތައް ދެން ލިބޭނީ އަލަށް ހުޅުވި ސެންޓަރުންނެވެ. މިހާރު މެއިން ބްރާންޗުން ލިބޭނެ ހިދުމަތްތަކަކީ އިންޓަނެޓް ބޭންކިން އާއި ކާޑާއި ޗެކްފޮތަށް އެދި ހުށަހެޅުމާއި، އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ހިދުމަތެވެ. އަދި ފައިސާގެ މުއާމަލާތް ހިމެނޭ ހުރިހާ ހިދުމަތެެއް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ކަސްޓަމާ ސާވިސް ސެންޓަރުން ސްޓޭޓްމަންޓަށް އެދި ހުށަހެޅުމާއި ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ އެވެ. މި ހިދުމަތްތައް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަދުރެެއް
06 February 2020
"އެއްފަހަރާ އެއްގަޑިއެއްގައި ތިން ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ". ބަދުރެއްވިޔަސް ކަދުރެއްވިޔަސް މިޢި ބޮޑު ޖޯކެއް. ޢެންމެ ތިން ކަސްޓމަރުންނަށް؟؟؟؟ ބިލިެަނަކަށްވުރެ ގިނައިން ކަސްޓަމަރުން ފައިދާ ދޭއިރު މީ ސުމެއް.
ދަރަނި ސެންޓަރު
05 February 2020
ދިރިއުޅުމުގެ އާއްމު ބޭނުންތަކަށް ލޯނުނަގަން މަޖުބޫރުވާ ހާލަތައް ދިވެހިން ގޮސް އެކަމުގެ ފައިދާ ބޭންކަށް. ލޯނު ނުނަގާވެސް ވާކަށް ނެތް،ނަގައިގެންވެސް ސަލާމަތެއް ނެތް. ?
އެޑްމުންޑޯ
05 February 2020
ތިހުރިހާ ހާސަރެއްކިޔާއިރުވެސް އިންޓަރެސްޓް ރޭޓް ކުޑަކުރާނެ ވާހަކައެއްނެތޭ
ކެކެ
05 February 2020
5% އިންޓަރެސްޓް އޯ.. ލޯނު ނަގާފަ 20 އަހަރުން ދައްކާ ނިންމާ އިރު ލޯނުގެ 80% އިތުރައް އަރާ. މީ ކިހިނެތް ވާކަމެއް... ބޭންކައް ދިޔައީމަ ހާވަ ހާވާފަ ކަލްކިއުލޭޓް ކޮއްފަ އެމައުންޓް ދައްކާ.. މަގާ މީހާ ހިތުން މިނަގަމީ 5%..
ފޭކުއިކޮނޮމިސްޓް
05 February 2020
ދޮންކަލޯ، ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ލޯނު އިންޓަރެސްޓަކީ ކޮންޕައުންޑް އިންޓްރެސްޓެއް. ގޫގުލް ކޮއްލާ ކޮންޕައުންޑު އިންޓުރެސްޓު އޭރުން އިނގޭނެ އެ ކަލްކިއުލޭޓު ކުރާ ގޮތް.
ކޮރަލް
05 February 2020
މޯބައިލްފޯނުން ބީއެމްއެލް ގެ ނަންބަރު ދާ ގޮތް ބަލާ ނުލެވެ އެވެ. ގުޑާ ނުލާ ގޮނޑީގަ ދެތިން ގަޑި އިރު މަޑު ކުރަން ޖެހެ އެވެ. ފޯނުން ކިޔޫ ދާ ގޮތް ބަލާ ލެވޭނަމަ ބޭރަށް ވެސް ދެވޭނެ އެވެ. ނަންބަރު ކައިރިވިމަ އާދެވޭ ނެއެވެ. އެމްވީ ކިޔޫ އިން ގިނަ ތަންތަނުގެ ކިޔޫ ސްޓޭޓަސް ބަލާލެވެއެވެ. ބީއެމްއެލް އަދި ހިދުމަތް ދިނުމުގަ ވ ފަހަތުގަ އެވެ. ފައިދާ ހޯދުމުގަ 1 ވަނަ އެވެ.
ބަރަވެލި
05 February 2020
ތަންތަން ހުޅުވާގެން ވެސް ކަންކަން އަވަސް ވޭތޯ ބަލާބަލާ ށެވެ.
ދިވެހި ލޭބޯ
05 February 2020
ބީއެމްއެލް އަކީ "ލޯނު ނުދޭން ހަދާފައި ހުރި ބޭންކެއް" ބާއެވެ. ހާދަ އުދަގުލެއް ޖައްސާ ތަނެކެވެ.
އެއްކަމެއް ވެސް ވާކަށް ނެތް
05 February 2020
ޕްރޮސެސިންގ ވަމުން ދިޔަ އެޕްލިކޭޝަން ތަކަށް އަނެއްކާ ވެސް ހުއްޓުން އެރީ ތާއެވެ. މިހާރު އޮންނާނީ މަސްހުނި ގަޑަކަށް ވެފައެވެ
ވާނުވާ މިހާރު
05 February 2020
ކުރީގެ ސަރުކާރާ ބައިވެރިވެގެން ކޮރޮޕްޝަން ހިންގި މީހެއްފެނޭ ފޮޓޯއިން..