ކޮމަންްވެލްތުގެ މައިއިދާރާގައި ރާއްޖޭގެ ދިދަ ނަގަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްއާ ފޮރިން މިނސްޓަރު އަބްދުﷲ ޝާހިދު ސަލާންކުރައްވަނީ.
07 ފެބުރުއަރީ 2020 - 21:04
ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުން ކޮމަންވެލްތު ސްކޮލަޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އަނެއްްކާވެސް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތު ސްކޮލަޝިޕް ހޯދަން ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އެ ޖަމާއަތުން ހަމަޖެއްސީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި ޝާހިދު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ދިވެހިންނަށް ކުރިމަތިލެވޭ ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ލިބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމެވެ.
ކޮމަންވެލްތާ އަލުން ގުޅުމުން، އެ ޖަމާއަތުގެ މައި އިދާރާގައި އިއްޔެ ދިވެހި ދިދަ ނެގި އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި، ރާއްޖޭގެ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވުމުން އެ މަނިކުފާނު ވަނީ އެކަމާ އުފާފުޅުކުރައްވައި ދިވެހި ސަރުކާރަށް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ، ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ވެސް ހިމެނޭ ކަމެކެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެހެންވެ، ކޮމަންވެލްތުން ވަކިވާން ޔާމީންގެ ސަރުކާރުން ނިންމީ އެ ފިޔަވަޅުން ސަލާމަތް ވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
08 February 2020
ތި ނުލިބިގެން ދިވެހިން ނުކިޔަވާ ތިބީ. އެހެންނޫނަސް ކިޔަވައިގެން މިގައުމުގަ ލިބޭނީ 5000 ނުކިޔަވާ ލިބޭނެ 45000
ިއިބްރާ
08 February 2020
ކޮމަންވެލްތުން ނިން މީ 7 ފެބް ގައި ނަޝީދު އަ މިއްލައަށް އިސްތިއުފާ ދިނީކަ މަށް
އޮރެންޖް
08 February 2020
ދެތިން ގައުމެއް ފިޔަވައި ތި ޖަމިއްޔާގަތިބީ ކުދި ކުދި ފަގީރު ކޮރަޕްޓް ގައުމުތައް. އެމީހުން ގަނެލެވޭނެ ރާއްޖެއަށްވެސް.
ނަފްސު
08 February 2020
ސްކޮލަރޝިޕް ވާ ލިބިއްޖެތަ! ސްޓޫޑެންޓް ލޯނު ދޫކުރަން ކިޔަވަންދާން ފުރުޞަތު ހުޅުވާލަން މިނިސްޓަރީއެއް ހަދާ އެ ވަޒީރަށް 400 އަށް ވުރެ ގިނަ މިލިޔަން ރުފިޔާދީފަ ބަޖެޓް ދިނީމަވެސް ހަމަ އަދިވެސް ލޯނަށް ހުޅުވައެއް ނުލެވޭ ދެން އެތަނުގެ މަސައްކަތަކީ ކޮބައިބާ؟
އަލިޕާ
08 February 2020
ހެހެހެ...މުޅި ކޮމަންވެލްތުގެ ހުރިހާ ޤައުމަަކަށް އިއުލާން ކުރާ އެއްޗެއްނު ތީ. ތިޔަށް ވުރެ ޗާންސް ބޮޑު ފުރުސަތު ހުރޭ. ބޭކާރު ކަމެއް ތީ.
ފަޒުނާ
08 February 2020
ކޮންމެ އަހަރަކު ތިޔަތަންހިންގަން ދިވެހި ސަރުކާރުންދޭ ޗަންދާއިން ދިވެހިދަރިން ކިޔަވަން ފޮނުވާނަމަ މާގިނަ ސްކޯލަރސިޕްތައް ލިބޭނެ.
އައްބޭބެ
08 February 2020
ތިޔަ ސްކޮލަރޝިޕްތަކުން ކިޔަވާ ފައިތިބި ގިނަމީހުންނަކީ ބްރެއިން ވޮޝްވެފައިތިބި ލާދީނީފިކުރު ބޮލައް ވަދެފައިތިބި ބައެއް
ނޫރު
08 February 2020
ބޭނުމެއްނޫން
ހާހާ
08 February 2020
މީ ބޭނުންވާ މީހުންކަނަށް ނޫނޮތަ؟
ބާބާ
08 February 2020
ކޮމަންވެލްތުން ކިތައް ސްކޯލަރޝިޕްތޯ އިއުލާނުކުރަނީ. ޢެވެސް ހިމަނުއްވާލިނަމަ. އަނެއްކާ އަހަރަކު އެކަތިތޯ؟ މިއީ ކޮންމެވެސް ޔުނިވަރސިޓީއަކަށް އާދޭސްކޮށްގެން ޓިޔުޝަންފީ ފްރީކޮށް ދެންހުންނަ ޚަރަދު ދޭ ސްކޯލަރޝިޕްތައް. މިސްކޯލަރޝިޕަށް ކޮމަންވެލްތު 54 ގައުމުގެ މީހުންނަށް ކުރިމަތިލެވޭ. މިއީ ކޮމަންވެލްތުންކުރާ ފައިދާޔަކީ.
ޝޮކްތެރަޕީ
07 February 2020
ކޮމަންވޭލްތަށް ކޮމްމެއަހަރަކު ދިވެހި ސަރުކަރުން އެތައްލައްކަ ރުފިޔާ ދައްކަން ޖެހޭ. ކޮމަންވެލްތު ހިންގަނީ ޤައުމަތަކުން ލާރި ދީގެން. ދިވެހިންނަކަ މިކަމެށް ނޭގެ.