ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
09 ފެބުރުއަރީ 2020 - 17:29
ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެ އަށް މިހާރު އައިސް އުޅޭ ވަފުދުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ މިއދު ބައްދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އީޔޫގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ ސައުތް އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ ރައީސް އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އީޔޫ ވަފުދުގެ އެހެން ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
އީޔޫ އިން ރާއްޖެ އަށް ދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށް ޓަަކައި ޝުކުރު އަދާކުރައްވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. ރާއްޖެ އާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން އެމަނިކުފާނުގެ ދައުރުގައި އިތުރަށް ބަދަހިވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖެ އާއި އީޔޫގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރުން އިސްނަގައިގެން އީޔޫއާ އެކު ބާއްްވާ ބައްދަލުވުމުގައި މަޝްވަރާކުރެެވިދާނެ ދާއިރާތައް ބައްދަލުވުމުގައި ރައީސް ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް މަސް އެކްސްޕޯޓު ކުރުމާއި، ރާއްޖެ އިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެކްހާ ގުޅޭކަންކަން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން އެމަނިކުފާނު، ޕައޯލާއާ މަޝްވަރާ ކުރެއްވި އެވެ. ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ބައްދަލުވުމުގައި ޕައޯލާ ވިދާޅުވީ ހިޔާލު އެއްގޮތް ކަންކަމުގައި ރާއްޖެއާ އެކު މަސައްކަތްކުރަން އީޔޫއިން ޝައުގުވެރިވާ ކަމަށެވެ.
އީޔޫގެ ވަފުދުން ރައީސްއާ ބައްލުކުރުމުގެ ކުރިން އެ ވަފުދުން ވަނީ އިދިކޮޅު ބައެއް ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ޕައޯލާއާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި އާދަމް ޝަރީފް ވަނީ އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް އޭނާއާ ހިއްސާ ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އެގޮތުން ހިއްސާ ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
09 February 2020
ތަރައްގީ ހުއްޓިފަ މަކަރުވެރިކަން ދިވެހިންނަ ފަތުރައިގެން ދީނާ ދުރައް ރާއްޖެ މިގެންދަނީ.
އަންކަލޯ
09 February 2020
މާކެޓް ފުޑިންޖެ.... ބޮއިކޯޓް ކުރަން ގޮވި މީހުން ވެރިކަމަށް އައީމަ މިޙަކު ނުގޮވަނީސް މިދަނީ ފުނޑެމުން
ެއެއެއއެއ
09 February 2020
ޔޫރަޕް މީހުން އަންނައިރު ޔޫރަޕް ހެދުނީމަ ކަޑަނު. ރައީސް އޮފީސްހާ ފޮރިން މިނިސްޓްރީ ވެއްޖެނު ހެދުން ކޯޑެއް ހަދަން. ދިވެހި ވާން ލަދުގަންނަނީތަ؟ ދަށްކަމަކަށް ހީވަނީތަ؟ ދިވެހިން ދެރައީތަ؟ ކަލޯމެނަށްވުރެ؟
އުމަރުބެ
09 February 2020
އީޔޫ ވަފްދު އައީ އެމްޑީއެން އުވާލު މައްސަލައިގައި
ނުރަބޯ
09 February 2020
ޔާމީނު އައި މިނިސްޓަރުން މިމީހުން އޭރު ފަހުން އައިމާ އުޅުނީ ފިލައިގެން ! އެމީހުންވެސް އެއީ ގައުމުތަކުގެ ވަޒީރުން އެކަމު އެމީހުން މަގުމަތިކޮށް އަގުވައްޓާލާ އަޅާނުލާ ފޮނުވާލީ !
ރަދީފް
09 February 2020
ޕަޕެޓް ހެދިފަ ތިބެބަލަ.ލަދު ކޮބާ؟؟؟
ވަކި
09 February 2020
ވަކި ސައުދީ އާއި ޗައިނާ ޕަޕެޓަށް ވެތިބީމަ ލަދުވެތިކަން ކުޑައީ؟ އެއަށްވުރެ މާދެރަ ހަމްދަރުދީވާ ހެދިފަ ގައުމުން އައްޔަނު ކުރިމީހާ ރައްޔިތުން އާދޭސް ކުރުވާ ކުޑަކަކޫ ޖެއްސި އިރު
ބަލްރޯގް
09 February 2020
އަނހާ އާދަމް ޝަރީފާ ދިމާލަށް ޕަޕެޓު ތިގޮވަނީ އޯ؟