ކުޑަކުއްޖަކު ގޮވައިގެން އޭނާގެ މަންމަ ސްކޫލަށް ދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
10 ފެބުރުއަރީ 2020 - 19:58
ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް، ސަރުކާރުން ހަދާފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއާ ހަވާލާދީ ޔުނިސެފުން ބުނެފި އެވެ.
އެ ޖަމިއްޔާ އިން މިއަދު އާއްމުކުރި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.
އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.
އެހެންވެ، މިއީ ކުރިން ރާއްޖޭގައި އާއްމު އަދި މިހާރު މަދުވެފައިވާ ސަގާފަތެއްކަން އެނގެ އެވެ.
އާބާދީ އާއި ސިއްހަތާ ގުޅޭގޮތުން މީގެ ކުރިން ރާއްޖޭގައި ހަދާފައިވާ ގިނަ ދިރާސާތަކުން ހޯދާފައިވާ މައުލޫމާތުތަަކަށް ބަލައި ޔުނިސެފުން ތައްޔާރުކުރި ރިޕޯޓުގައި ބުނާގޮތުން ހިތާނުކުރި ގިނަ މީހުން އެކަންކޮށްފައިވަނީ އެ މީހުންގެ އުމުރުން ފަސް އަހަރު ނުފުރެނީހެވެ. އެކަމަކު ބައެއް މީހުން، އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާކަމަށް އެ ދިރާސާ އިން ދައްކަ އެވެ.
ހިތާނުކޮށްފައިވާ، އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އުމުރުފުރާއަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހިތާނުކޮށްފައިވަނީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ލައްވަ އެވެ. އެކަމަކު ދިވެހި ބޭސްވެރިން ލައްވައި ވެސް އެކަން ކުރި މީހުން ގިނަ އެވެ.
There is evidence of dramatic generational change in the prevalence of Female Genital Mutilation in the Maldives.
— UNICEF Protects (@unicefprotects) February 9, 2020
Women and girls who have undergone #FGM:
Ages 15 to 19 = 1 per cent
Ages 45 to 49 = 38 per cent
Read the new country profile data ➡️ https://t.co/5aZeVAtpgp pic.twitter.com/LSisGHYUC5
އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތާ ގުޅޭގޮތުން އަންހެނުންނާއި ޒުވާން ކުދިން ދެކޭ ގޮތާ މެދު އެ ދިރާސާގައި ބަލާފައި ވެ އެވެ.
އެގޮތުން އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް ގަބޫލު ކުރަނީ އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި އަށް ޕަސެންޓް މީހުން، އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އަންހެން ކުދިން ހިތާނުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުންގެ ތެރެއިން މި އުމުރުފުރާގެ އެންމެ ދޮށީ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ތައުލީމީ ފެންވަރު ދަށް މީހުން ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.
އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދޭ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފަ އެވެ. އަދި އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާއާދަނު
12 February 2020
ހުސްދޮގޭ ނުކިޔާ ގަބޫލުނުކުރެވޭ ބަޔަކު އިލްމީ ދިރާސާއެއް ކޮށްލުން ރަނގަޅު. އުމުރުން 5 އަހަރުގައި ވާކަމެއް ހަނދާން ނުހުރެދާނެ. އަދި އިހުތިފާލު ނުކުރާކަމެއް ގިނަބަޔަކަށް ނޭނގިދާނެ. ހުރެހުރެފައެއް ނޫން ޖަޖްކުރަންވާނީ.
ޖަޒީރާ ކަލޯ
12 February 2020
މޭޒު ދޮށުގަ ތިބެ ހަދާ ދިރާސާ ރޯބުހުތާން!!!
ދަންބޭ
11 February 2020
ހުސްދޮގު. ތިޔައީ ފަރަންޖީން ކުޅޭކުޅިވަރު. އާކަމެއް ނޫން.
އިބިރިހިންބެއްޔާ
11 February 2020
އަންހެންކުއްޖަކު ޚިތާނުކޮއްގެން ކިޔާ މައުލޫދަކާ ދުވަހަކުވެސް ދިމާނުވޭ. ދެން ކިހިނެއްކުރާ ކަމެއްބާ މިއީ.
ގަސަސަ
11 February 2020
"ހިތާނުކޮށްފައިވާ، އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އުމުރުފުރާއަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހިތާނުކޮށްފައިވަނީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ލައްވަ އެވެ. އެކަމަކު ދިވެހި ބޭސްވެރިން ލައްވައި ވެސް އެކަން ކުރި މީހުން ގިނަ އެވެ". ހަމަ ޔަގީނުންވެސް މިއީ ދޮގެއް! ޑޮކްޓަރުންނާއި ނަރުހުން މިއީ ކުރާކަމެއްވެސް ނޫން. އަދި ކުރަން ގަބޫލުކަމެއްވެސް ނޫން. އެހެންވީ އިރު މިއަދަދު އަންނާނެ އެއްވެސް ގޮތެއް ނޯންނާނެ
ުހހހހގ
12 February 2020
ތިޔަ ލޮޖިކް ކަމަކުނުދޭ... އެ އުމުރުގައި ޚިތާނުކުރީ އެންމެ ޕަސެންޓެއް ދެން އެއިން ގިނަކުދިން ޚިތާނުކުރީ ފޫޅުމައިންނެއް ނޫނޭ އެބުނަނީ. އެއީ ވެދާނެކަމެއް. ދީނީ ކަމަކަށް ގަބޫލުކުރާ މީހުން ކޮށްދީފާނެ
ފިނިވައި
11 February 2020
މީ ކޮން ޒަމާނެއް ގެ ދިރާސާ އެއްތޯ
ލޫލޫ
11 February 2020
އަހަރެން ވެސް ހުރީ ހިތާނުކޮށްފަ. އަދިވެސް ހަދާން ހުރޭ ހިތާނުކުރި ދުވަސް މަތިން. އެއީ ހަމަ ތެދު ވާހަކަތަކެއް.ރާއްޖެގެ ބައެއް ރަށްރަށުގަ އަންހެނުން ހިތާނުކޮށް އުޅުނު.
ބުރުމާ ނުވަވަނަ
11 February 2020
ރާއްޖޭގައި ކައިވެންޏާއި ވަރި ގިނަވަނީ ހަމަ މިސަބަބާހުރެ. އިންނަނީ ލޯބިން އެކަމަކު ދުވަސްކޮޅަކުން މިއެނގެނީ މިޔަކީ އަދި ފެން ހަރުނުލާ އޮޑިއެއްކަން. ދެން ފިރިމީހާގެ އުދާސްތަކަށް ހައްލެއް ހޯދުމުގެ ގޮތުން ވަރިކޮއްލާފަ އަނެއްކާވެސް ފެން ހަރުލާ އޮޑިއެއް ލިބޭތޯބަލަނީ. ހަގީގަތުގައި ކޮންވެ މީހަކުވެސް ބޭނުންވާނެދޯ ފެނަށް ގަދަ ހައިވަކަރު އޮޑިއެއް.
ސާވޭ
11 February 2020
ކޮންމެ 10 އަންހެނަކުން 9 އަންހެނަކު ހިތާނުކޮށްފައޭ ކީއްވެ ނުބުނީ. މިޔަށްވުރެ ގަބޫލު ކުރެވުނީސް.
އައިޝާ އާޒިމާ
11 February 2020
މަށަކީ ހަވަދޫ މީހެއެއް..އަހަރުމެން ހިސާބު ތިކަންކުރި 1980 އަހަރު ތަކުގައިވެސް.. ފޫޅުމާދައިތަ ލައްވާ ކްލިޓުން އެތިކޮޅެއް ކަޑާލާ.. މިކަން ހުއްޓުނީ ފޫޅުމާ ކޯސްހަދައިގެން ފޮށި ހިފައިގެން ދިޔަ ހިސާބުން..