19 ފެބުރުއަރީ 2020 - 09:48
އަންނަ އޭޕްރީލް މަހު ރިލީޒްކުރާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ފިލްމު "ނޯ ޓައިމް ޓު ޑައި" އާ ދިމާކޮށް އިނގިރޭސިވިލާތުގެ ޕޯސްޓް ހިދުމަތް ދޭ ރޯޔަލް މެއިލުން ސްވެނިއާއެއްގެ ގޮތުގައި ޖޭމްސް ބޮންޑް ތީމްގެ ސްޓޭމްޕްތަކެއް ނެރެން ނިންމައި، އެ ކަލެކްޝަން ދައްކާލައިފި އެވެ.
ބޮންޑްގެ ރޯލް ކުޅުނު ހަ އެކްޓަރެއްގެ ތަސްވީރާއި ބޮޮންޑްގެ ފިލްމުތަކުން ފެނިފައިވާ އާދަޔާހިލާފު އުޅަނދުތަކުގެ ތަސްވީރު ފެންނަ ސްޓޭމްޕް ކަލެކްޝަނުގައި ޖުމްލަ 10 ސްޓޭމްޕެއް ހިމެނެ އެވެ. އެގޮތުން ސްޓޭމްޕްތަކުގައި ބޮންޑްގެ ރޯލް ކުޅުނު އެކްޓަރުންގެ ތެރޭގައި ހިމެނެނީ "ނޯ ޓައިމް ޓު ޑައި" އާ އެކު ބޮންޑްގެ ރޯލް ފަސް ފިލްމެއްގައި ކުޅުނު ޑެނިއަލް ކްރެގާއި 1995 ގެ "ގޯލްޑެން އައި" ގައި ބޮންޑްގެ ރޯލް ކުޅުނު ޕިއާޒް ބްރޮޒްނަން އާއި 1987 ގެ "ދަ ލިވިން ޑޭ ލައިޓްސް" ގައި ބޮންޑްގެ ރޯލް ކުޅުނު ޓިމޮތީ ޑާލްޓަން އާއި 1973 ގެ "ލިވް، ލެޓް އެންޑް ޑައި" ގައި ބޮންޑްގެ ރޯލް ކުޅުނު ރޮޖާ މޯ އާއި 1969 ގެ "އޮން ހަ މެޖެސްޓީޒް ސީކްރެޓް ސާވިސް" ގައި ބޮންޑްގެ ރޯލް ކުޅުނު ޖޯޖް ލެޒެންބީގެ އިތުރުން 1964 ގެ "ގޯލްޑްފިންގާ" ގައި ބޮންޑްގެ ރޯލް ކުޅުު ޝޯން ކޮނެރީ އެވެ.
#BondJamesBond. The stamps are revealed! Pre-order today - https://t.co/ph7TSE05tg@007 #NoTimeToDie #Bond25 #JamesBond pic.twitter.com/09Jm37s7l6
— Royal Mail (@RoyalMail) February 18, 2020
ކްރެއިގްގެ ސްޓޭމްޕްގައި އޭނާގެ ސޫރަ ހިމަނާފައި ވަނީ 2006 ގައި ރިލީޒްކުރި "ކެސިނީ ރޯޔޭލް" ގެ ކެރެކްޓާ ސިފަވާ ގޮތަށެވެ.
A new collection of #JamesBond stamps have been revealed by @RoyalMail. Pre-order the stamps here https://t.co/Z8qzm7x30b pic.twitter.com/db55zfY1jw
— James Bond (@007) February 18, 2020
ރޯޔަލް މެއިލުން ބޮންޑް ތީމް ސްޓޭމްޕް ތައްޔާރުކޮށްފައި ވަނީ ސިއްރު ފީޗާތަކެއް ވެސް ހިމަނައިގެން ކަމަށާއި އެ ފީޗާތައް ފެންނާނީ ޔޫވީ ލައިޓެއްގެ އެހީގައި ސްޓޭމްޕްތައް ބެލުމުން ކަމަށެވެ.
ރޯޔަލް މެއިލްގެ ތަރުޖަމާނު ފިލިޕް ޕާކާ ވިދާޅުވީ "ޖޭމްސް ބޮންޑް" ގެ ފިލްމުތައި ދައްކާ އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑަކީ އިނގިރޭސީން ރަމްޒުކޮށްދޭ އައިކޮންއެއް ކަމަށެވެ. އެހެންވެ އެ ތީމަށް ސްޓޭމްޕްތަކެއް ނެރުމަކީ ބޮންޑްގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ފަހަރު ބޮންޑް ތީމް ސްޓޭމްޕްތަކާ އެކު ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ވެސް ހާއްސަ ޑިޒައިނެއްގެ ސްޓޭމްޕެއް ނެރެން ވަނީ ނިންމައިފަ އެވެ. ސްޓޭމްޕްތައް މިހާރު ވަނީ ޕްރި-އޯޑަރަށް ހުޅުވާލައިފަ އެވެ.
ޖޭމްސް ބޮންޑް ތީމަށް އެންމެ ފުރަތަމަ ސްޓޭމްޕް ނެރުނީ އެ ކެރެކްޓާގެ 50 ވަނަ އަހަރާ ދިމާކޮށް 2012 ގަ އެވެ.
ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓް ޑާންސް" އިނގިރޭސިވިލާތުގައި އެޕްރީލް 2 ގައި ރިލީޒްކުރުމަށް، އާންމުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކަން ފަށާނީ އެޕްރީލް 10 އިން ފެށިގެންނެވެ. ކްރެއިގް ބޮންޑްގެ ރޯލަށް އަލްވަދާއު ކިޔާ ފިލްމު ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާންސް
07 April 2020
ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓް ޑާންސް"
ޔާގޫތު
19 February 2020
ތިޔައީ އިނގިރޭސިން ދުނިޔެއަށް ޕުރޮޕެގެންޑާ ފަތުރަން ހަދާފަހުންނަ ފިލްމު، މިހާރު ތިއެއްޗިހި ބެލުމެކޭ ތަމަޅަ ފިލްމު ބެލުމެކޭ އަހަރެމެނަކަށް ތަފާތެއްނެތް. ޒަމާން ބަދަލުވެއްޖެ.