ކޯޓަށް ހާޒިރުކުރުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ. -- މިހާރު ފައިލް ފޮޓޯ
19 ފެބުރުއަރީ 2020 - 14:17
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަރުވާ ދިނުމަށް މިއަދު އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
ޔާމީން އައިޖީއެމްއެޗަށް ގެންދިޔަކަން ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މަނީ ލޯންޑަރިންގެ މައްސަަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އިރު ވެސް އަދި ކުށް ސާބިތުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޖަލަށް ހުކުމް ކުރި ފަހުން ވެސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައި ފަރުވާ ދީފައިވެ އެވެ. އެގޮތުން ހިތުގެ އާލާސްކަންފުޅަކަސް ވެސް ފަރުވާ ހޯއްދެވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް މަންފާ ހޯދި މައްސަލާގައި ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމްގެ އިސްތިއުނާފުގައި ޔާމީން ވަނީ އެ މަނިކުފާނަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި ހަދަންޖެހޭ ބައެއް ޓެސްޓްތައް ރާއްޖޭން ހެދެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
20 February 2020
ފުއްޕާފައުޅުނަސް ހާދަ ހިއްވަރުދެރަ ސޮރެކޭ މިއީދޯ. މުސްކުޅި ބޭބެވެސް މާ ހިއްވަރުގަދައެއްނުން.
ކުހުއްމާ
20 February 2020
ހައްޔަރުކުރެވުނީމަ މުސްކުޅި ބޭބެ އޮތް ހާލަތާ، ވެރިކަން ބަދަލުވީމަ މާލެ ގެނެވުނު ލޯންޗްގައި އަމިއްލައަށް އުޅުނު ސިއްހަތު ރަގަޅު ގޮތުގެ ހާލަތާ އަދި ހައްޔަރުކޮށްފައިނެތުމުން ބަލިނުވާ ހާލަތާ ހުރިހާ ހާލަތެއްވެސް ފެނިފަ ހުރީ.
ނަޝީދު.
20 February 2020
ދެން އެދޭނީ ސިންގަޕީރަށް ދާން. ހަހަހަހަ
1234
20 February 2020
މިއަދު ހިތައް އަރާނެބާ އެމުސްކުޅިބޭ ޖަލައްލީމާ އުޅޭނެ ހާލު ؟
ވަހީދު
19 February 2020
ރައީސް ޔާމީން ވެރިކަމުގައި ހުރިނަމައޭ ހިތަށް އަރާ. ދިވެހިންގެ ތަރައްޤީ އައްޓަކައި ވަރަށް މަސައްކަތް ކުރެއްވި. އެއްބަފާ ބޭބެގެ ދަރިއަށް ވެެރިކަން ލިބޭނެ ގޮތަށް މަސައްކަތް ނުކުރުމުން ކަން ދިމާވިގޮތް ވަރަށް ހިތާމަވެރި
ފަރީ
19 February 2020
އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޢަބްދުﷲ ޔާމީން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
ޒަމްޒަމް
19 February 2020
28ނޮވެމްބަރ އިން ފެށިގެން 5 މަހުގެ ތެރޭގައި ދައުލަތަށް 5މިލިޔަން ޑޮލަރު ދެއްކުމަށް ކޮއްފައިވާ ހުކުމުގައި ވާގޮތުން ނުދައްކައިފިނަމަ ދެން ދައުލަތުން ކުރާނީ ކީއްތޯ؟
1234
19 February 2020
ވެރިކަން ގެއްލޭއިރައް މައިބަދަ މައްސަޖެހެނީބާ؟
ސުޕް
19 February 2020
އަވަސް ޝިފާދެއްވާށި.
ސިސިޔާމް
19 February 2020
ޖަލު އޮފިސަރުންނާއެކު ހޮސްޕިޓަލަށް؟؟؟ ސޯ ސޭޑް.
ގެދާނޯމޮސް
19 February 2020
ކައުންސިލް އިންތިޚާބުން ނުކުންނަ ނަތީޖާއަކުންނޫނީ ހުރިތަނުން ގުޑާވެސް ނުލެވޭނެ އެވެ. ކެތްތެރިންނާއި އެކު ﷲ ވޮޑިގެންވެއެވެ. މަނިކުފާނަށް - އަވަސްޝިފާއަކަށް އެދެމެވެ.