މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިތޭޝް.

21 ފެބުރުއަރީ 2020 - 08:36

"100 ނޮޓް އައުޓް" އާއި "އޯ މައި ގޯޑް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އުމޭޝް ޝުކްލާ އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ސޮނީ ޕިކްޗާޒް އިންޑިއާ އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "އާންކް މިޗޯލީ" އެވެ. ފެމިލީ އެންޓަޓައިނާއެއްގެ ގޮތުގައި ހަދާ ފިލްމުގެ ކާސްޓުންނަކީ އަބިމަންޔޫ ދައްސާނީ އާއި މުރްނާލް ތާކޫރާއި ދިވްޔާ ދައްތާ އާއި ޕަރޭޝް ރާވަލާއި ވިޖޭ ރާޒްގެ އިތުރުން ޝަރުމަން ޖޯޝީ އެވެ.

"އާންކް މިޗޯލީ" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.

އުމޭޝް ދާދި ފަހުން ވަނީ އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރެއް ކަމަށްވާ އުޖްވަލް ނިކަމްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ވެސް ނިންމައިފަ އެވެ.

"ބާގީ 3" އާ ލަވައެއް

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ބާގީ 3" ލަވަތަކުގެ ތެރެއިބް "ދަސް ބަހާނޭ 2.0" ދައްކައިލުމަށް ފަހު، ފިލްމުގެ ލަވަތަކުގެ ތެރެއިން އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މިި ފަހަރުގެ ލަވަ އަކީ ވެސް ކުރީގެ މަޝްހޫރު ލަވައެކެވެ. މިއީ ބައްޕީ ލެހެރީގެ މިއުޒިކަށް ކިޝޯރު ކުމާރާއި އާޝާ ބޯސްލޭ ކިޔާފައިވާ 1984 ގައި ޖީތެންދުރާ އާއި ސްރީދޭވީ އަދި ޖާޔާ ޕްރަދާ ކުޅުނު ފިލްމު "ތޮހޮފާ" ގެ "އޭކް އާންކް މާރޫ" އެވެ.

މީގެ އާ ލަވައިގެ ނަމަކީ "ބަންކާސް" އެވެ. ލަވަ ކިޔާފައި ވަނީ ބައްޕީ އާއި ދޭވް ނޭގީގެ އިތުރުން ޖޮނީތާ ގާންދީ އެވެ. ލަވައިގެ މިއުޒިކާ ކުޅުނީ ތަނިޝްގް ބަގްޗީ އެވެ.

އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ "ބާގީ 3" އަކީ ޓައިގާ ޝްރޮފާއި ޝްރަދާ ކަޕޫރް ލީޑް ރޯލުން ފެނިގެންދާނެ ފިލްމެކެވެ.

"ދުރުގާވަތީ" ގެ ރޯލެއް އަރުޝަދަށް

މިހާރު ޝޫޓިން ކުރިއަށްދާ ބަތަލާ ބޫމީ ޕެޑްނޭކަރުގެ ބިރުވެރި ފިލްމު "ދުރުގާވަތީ" ގެ ރޯލަކަށް އަރުޝަދު ވަރްސީ ސޮއިކޮށްފި އެވެ.

މި ފިލްމަކީ އަކްޝޭ ކުމާރުގެ ކޭޕް އޮފް ގުޑް ފިލްސްމް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ ފިލްމެކެވެ. "ދުރުގާވަތީ" ގެ ޑައިރެކްޓަރަކީ އަޝޯކެވެ. "ދުރުގާވަތީ" އަކީ އޭނާ 2018 ވަނަ އަހަރު ދެކުނުގެ ބަތަލާ އަނުޝްކާ ޝެޓީއާ އެކު ގެނެސްދިން ކާމިޔާބު ތެލެގޫ ބިރުވެރި ފިލްމު "ބާގަމަތީ" ގެ ރިމެކެކެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ދުރުގާވަތީ" ގެ ކާސްޓުންގެ ތެރޭގައި މާހީ ގިލް އާއި މިދިޔަ އަހަރު ރިލީޒްކުރި "ބްލޭންކް" އިން ބޮލީވުޑަށް ތައާރަފުވި ކަރަން ކަޕާޑިއާ ވެސް ހިމެނެ އެވެ. ކަރަން އަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާފެ ކަޒިންއެކެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގައި އަކްޝޭގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

އިންޑިއާގެ ރަސްކަލެއްގެ ޓްރިލޮޖީއެއް

އިންޑިއާ އިން ފާހަގަކޮށްލެވުނު ވަރުގަދަ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައި، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޗަތުރަޕަތީގެ 390 ވަނަ އުފަން ދުވަހާ ދިމާކޮށް ބުދަ ދުވަހު ފިލްމު އިއުލާންކޮށްފައި ވަނީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ ފިލްމު ކުންފުނި މުމްބާއީ ފިލްމު ކުންފުނިންނެވެ. ތިން ބަޔަކަށް ހަދަން ނިންމާފައިވާ ފިލްމުގެ މޭސްތިރިއަކީ ރިލީޒްކުރަން ތައްޔާރުވެފައި އޮތް އަމީތާބް ބައްޗަންގެ ފިލްމު "ޖުންދު" ގެ ޑައިރެކްޓަރު ނާގްރާޖް މަންޖުލޭ އެވެ.

ނަމާއި އަދި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައި ނުވާ މި ބިޔަ ފިލްމުގެ މިއުޒިކް ހަދާނީ އަތުލް-އަޖޭ އެވެ. ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454