ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންތޯސް
07 އޮކްޓޯބަރ 2016 - 15:21
ބޮގާޓޯ (އޮކްޓޯބަރު 7) - ކޮލަމްބިއާގެ ވާތު ފިޔައިގެ ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމްކޮށް 52 އަހަރުވީ ދާޚިލީ ހަމަނުޖެހުންތައް ހުއްޓާލުމަށް ކުރި މަސައްކަތަށް އެ ގައުމުގެ ރައީސް ހުއާން މެނުއަލް ސަންތޯސް މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފި އެވެ.
ނޯވޭގެ ނޯބެލްގެ ކޮމިޓީން ވަނީ ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއަތް ފާކްއާ އެކު އެއްބަސްވުމަށް އައުމަށް ސަންތޯސް ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ. ނަމަވެސް ހަތަރު އަހަރުގެ މަޝްވަރާތަކަށް ފަހު ގާއިމްކުރި މި އެއްބަސްވުމަށް ކޮލަމްބިއާގެ ރައްޔިތުން ވަނީ ދެކޮޅު ހަދައިފަ އެވެ. ކޮލަމްބިއާގެ ހަމަނުޖެހުންތަކުގައި ވަނީ 260،000 މީހުން މަރުވެފަ އެވެ. ހަ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ނޯބެލް ކޮމިޓީގެ ޗެއާޕާސަން ކާސީ ކުލްމަން ފައިވް ވިދާޅުވީ ކޮލަމްބިއާގެ ބައި ގަރުނުވީ މަދަނީ ހަނގުރާމަ ހުއްޓުވުމަށް ސަންތޯސް ކުރެއްވި މަސައްކަތަށް ނޯބެލް އިނާމު ހައްގުވާ ކަމަށެވެ.
ސަންތޯސް ވަނީ ކޮމްބިއާގެ ރަައްޔިތުން ފާކްއާ އެކު ގާއިމްކުރި ސުލްހައިގެ އެއްބަސްވުމަށް ދެކޮޅު ހެދި ނަމަވެސް މަޝްވަރާކޮށްގެން ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓު ނާކާމިޔާބުވީ ފާކް އަށް މާބޮޑު ލުއިތައް ދީފައިވާތީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯކާ
09 October 2016
ޕަބްލޯއައްވެސް ލިބުންތޯއްޗެ ތިޔަ އެވޯޑް
ރަނގަޅު
08 October 2016
މަ ހީކުރީ ޔާމިން އަށް ކަމަށް ލިބޭނީ!
އަލީ ނަސީރު
08 October 2016
ކީއްވެބާ މިވެސް 2 ބިލިއަން މީހުން އުޅޭ އެންމެ މޮޅު ދީނުގެ ވެރިއަކައް ނުލިބެނީ.....ހަހަ އެއީ އެވެރިންގެ ދެކެ ޖޭވާތީ ދެއްތޯ؟