ދުނިޔެ / ހުސްނީ މުބާރަކް

މިސްރުގެ ކުރީގެ ރައީސް މުބާރަކް އަވަހާރަވެއްޖެ

މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި ހުސްނީ މުބާރަކް. --ފޮޓޯ:ރޮއިޓާސް

ގާހިރާ (ފެބްރުއަރީ 25) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 91 އަހަރުގައި މުބާރަކް އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މުބާރަކުގެ އޮޕަރޭޝަނެއް ޖެނުއަރީ 24 ވަނަ ދުވަހު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އާލާ މުބާރާކް ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

View this post on Instagram

‏كل الحب والتقدير❤️

A post shared by عمر علاء مبارك (@omaralaamubarak) on

މުބާރަކުގެ 30 އަހަރުގެ ވެރިކަން ފެބްރުއަރީ 2011 ގައި ނިމުމަކަށް ގެނެސްފައި ވަނީ އެ ގައުމުގައި ކުރި މުޒާހަރާތަކުގަ އެވެ. މިސްރުގެ ހަތަރު ވަނަ ރައީސްގެ ގޮތުގައި 1981 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސް ވަންދެން ގާހިރާ، އިސްކަންދަރިއްޔާ ފަދަ ސިޓީތަކުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ 850 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެކަމަކު މުބާރަކު ވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަކީ އަމިއްލަ އެދުމެއް ނެތި ގައުމަށް ޚިދުމަތް ކުރި މުހާޖިދެއްގެ ގޮތުގައި ތާރީޚް ހެކިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ސެޕްޓެމްބަރު 29، 2006 ގައި ގާހިރާގައި. --އޭއެފްޕީ ފައިލް ފޮޓޯ

މުޒާހަރާތަކަށް ނުކުތް މީހުން މެރިކަމުގެ ކުށުގަ އާއި ކޮރަޕްޝަނުގެ ތުހުމަތުގައި މުބާރަކާއި ދެދަރިކަލުން ކަމަށްވާ އާލާ އާއި ޖަމާލްގެ މައްޗަށް މެއި 24، ގައި ވަނީ ޝަރީއަތް ފަށައިފަ އެވެ. މުބާރަކުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އިން ވަނީ އޮގަސްޓް 19، 2013 ގައި ސަލާމަތްވެފަ އެވެ. އޭގެ ދުވަސް ފަހުން ވަނީ މުބާރަކް ޖަލުން ދޫކޮށްލުމަށް ކޯޓުން އަންގައިފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު މާޗް 2، 2017 ގައި ކޯޓުން ހޮސްޕިޓަލަސް ގެންދަނީ. --އޭއެފްޕީ ފައިލް ފޮޓޯ

މުބާރަކް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް މުބާރާކުގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލައަކުން އިސްތިއުނާފް މަރުހަލާތަކުން ސަލާމަތްވެ، މިނިވަންވީ މާޗް، 2017 ގަ އެވެ.

ހުސްނީ މުބާރަކް.

މުބާރަކަށް ފަހު މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަދި އޭރުގެ ސިފައިންގެ ވެރިޔާ އަބްދުލް ފައްތާހު ސީސީ އެވެ. މުބާރަކުގެ ދިގު ވެރިކަމުގައި ސީސީ އަކީ ސިފައިންގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ޖޯޑަންގެ ކުރީގެ ރަސްގެފާން ހަސަން (މ) އަދި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ޖެނުއަރީ 1، 1996 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އަވަހާރަވެގެން ކޯޓު ތެރެއަށް ވެއްޓުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުބާރަކަކީ 1972-1975 އަށް މިސްރުގެ ވައިގެ ސިފައިންގެ ކޮމާންޑަރެކެވެ. މިސްރުގެ ގިނަ މީހުންގެ ނަޒަރުގައި މުބާރަކަކީ ހަނގުރާމައިގެ ބަތަލެކެވެ. މުބާރަކަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަންވަރު ސާދާތު އަވަހާރަކޮށްލުމުންނެވެ. އޭރު މުބާރަކަކީ ނައިބް ރައީސް އެވެ. ސާދާތު އަވަހާރަކޮށްލި އިރު އެމަނިކުފާނުގެ އަރިހުގައި މުބާރަކު ވެސް އިންނެވި އެވެ. ނަމަވެސް މުބާރަކް ވަނީ ސަލާމަތްވެފަ އެވެ.

މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތު (ކ) އަދި ނައިބް ރައީސް ހުސްނީ މުބާރަކް އޮކްޓޯބަރު 6، 1981 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މުބާރަކުގެ ދިގު ވެރިކަމުގައި ޖެނުއަރީ 29، 2011 އާ ހަމައަށް ނައިބް ރައީސަކު ހަމަޖައްސައިފައެއް ނުވެ އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހިތްހަމަޖެއްސުމުގެ ގޮތުން އެ ފަހަރު ނައިބް ރައީސަކަށް ހަމަޖެއްސީ އިންޓަލިޖެންސްގެ ވެރިޔާ އުމަރު ސުލައިމާން އެވެ. މުބާރަކް އިސްތިއުފާ ދެއްވިކަން ފެބްރުއަރީ 11، 2011 ގައި އިއުލާން ކުރެއްވީ ސުލައިމާން އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި އަނބިކަނބަލުން މެއި 11، 2006 ގައި މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

16 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 55%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު އަށް

26 February 2020

ތިޔަ ބުނާ ޝަހްސިއްޔަތު ހުރި ފިރުއައުނު ގެ ވެސް. ކޮސް ވާހަކަ.

The name is already taken The name is available. Register?

ސައުދުއްދީން ޝާޒްލީ

25 February 2020

ބޮޑު ބިޔަ ޑިކްޓޭޓަރެއް، މިސްރުގެ ގޭސް ކޮސްޓްޕްރައިސް އަށް ވުރެކުޑަކޮށް ގެއްލުމުގައި، އިޒްރޭލަށް ވިއްކަން ވަނީ ޑީލްހަދާފައި، އެތައްބައެއްގެ މަރުގެދިޔަ ބޮލުއަޅައިގެން ދިޔައީ، ނޭވާލާގޮތަކުންވެސް އަމްނުއްދައުލާ މީހުން އެމީހަކު ހުރަގެއަށް. ކޮރަޕްޝަން އިންތިހާ،

The name is already taken The name is available. Register?

މުހައްމަދު50

25 February 2020

އިސްލާމީ އުމަތްދެކިފައިވާ ހުދުމުހުތާރުވެރިޔެއްގެ ނިމުން އައިދުވަސް ،ﷲ ގެ ދަރުބާރުގައި ޖަވާބުދާރިވާންޖެހޭނެ، އާރާއި ބާރުހުރިއިރު ހަދާންނެއްފަަދަ...

The name is already taken The name is available. Register?

ވަހީދު

25 February 2020

ރާއްޖޭގެ ދަރިވަރުންނަށް މެޑިސިން ކަހަލަ ދާއިރާތަކުން ހިލޭ މިސްރުގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިން ރައީސެއް. މުބާރަކުގެ ވެރިކަމުން ފެށިގެން ރާއްޖެއަށް ކޮންމެ އަހަރަކު 25 ޖާގަ ލިބޭ އަޒުހަރުން އެކަނި ވެސް ބޭނުން ކޮންމެ ދާއިރާއަކުން ކިޔަވަން. ކިޔެވުމާއި ހުރުމުގެ އިތުރުން ޕޮކެޓްމަނީއެއް ހިލޭ ލިބޭ. މިސްރުގެ ޙާލަތަށް ބަލާއިރު އެގައުމުގެ ދަރިވަރުންނަށް ވެސް ނުލިބޭ ފުރުސަތެއް އެއީ.

The name is already taken The name is available. Register?

ދފސދ

25 February 2020

މުސްލިމު އުއްމަތަށް ޖެހޭ އެއްމެ ބޮޑު ވަބާ އަކީ ޑިކްޓޭޓަރުންނާއި އާއިލީ ވެރިކަން. މި މީހުންގެ އަމިއްލަ އެދުންވެރިކަމުން މިއަދު މުސްލިމުން މިދަނީ ބިކަވަމުން. މިސާލަކަށް ސައުދީ، ސީރިޔާގެ ބަޝަރުލް އައްސަދު

The name is already taken The name is available. Register?

ހަމަ ބުއްދި

25 February 2020

ޑރ މުރުޝީ އަވަހާރަ ވެއްޖެ އެވެ. އައްސައްޔިތު ހުސްނީ މުބާރަކު އަވަހާރަ ވެއްޖެ އެވެ. ރައީސް އަބުދުއް ސައްތާރު ސީސީ ވެސް މިކަމުން ޢިބުރަތް ޙާސިލް ކުރައްވާ ށެވެ. ރައްޔިތުން ނަށް އަނިޔާވެރި ނުވެ އޯގާތެރި ވެރޮ ކަމެއް ކުރައްވާ ށެވެ.އޯގާތެރި އަދުލުވެރި ވެރިކަމެއް ކުރައްވާ ނަމަ ކިތައްމެ ދުވަހަކު ވެރިކަމުގައި ހުންނެވިޔަސް ރައްޔިތުން ލޯބިވާނެއެވެ. ހަމަ ހުންނަވަން ވީއެވެ.

The name is already taken The name is available. Register?

ޔާމީނު

25 February 2020

ފޭސްކަޓް ޔާމީނާ ވައްތަރު ލީޑަރެކެވެ.

The name is already taken The name is available. Register?

ވަހީދު

25 February 2020

އަމަލުތަކާއި ވާހަކަތައް ވައްތަރީ އަންނި އާއި. ޑިކޮކްރަސީގެ ނަމުގައި ޚުދުމުޚްތާރުކަން

The name is already taken The name is available. Register?

އިބުރަތް

25 February 2020

ކާކުތޯ ނުދާނެނީ މި ޤުލްޝަނުން ވަކިވެހިގާ- ކާކުތޯ އެ ހަރުލަނީ ..ދާރަޔާ ސިކަންދަރާ ޝީޒަރާ ނަޕޯލިޔަން.. އާހުގާ ވިދާލިނަން އޮބާފިޔޭ އެގަނޑު ވެގެން.

The name is already taken The name is available. Register?

ޖޭ-ޑޮން

25 February 2020

މަރުހޫމުގެ ފުރާނަ އަށް ހެޔޮ ރަހްމަތް ލައްވާށި އެވެ. އެ ވެއްޓުނީ އިސްލާމީ އުއްމަތުގެ ބިޔަ ތަބެކެވެ" ޤައްޒާފީ- ހުސްނީ މުބާރަކު-ސައްދާމު ހުސެއިން- ހާފިޒް އަސަދު- ކިންގ ހުސެއިން- އުރުދުޣާނު - މަހާތީރު- މައުމޫނު ފަދަ ބޭފުޅުން ނަކީ ފަހުގެ ޖީލް ތަކުގައި މުސްލިމު ދުނިޔޭގެ ބިޔަ ތަބު ތަކެވެ. މި އެއްމެހާ ބޭފުޅުން ހެޔޮ ރަހްމަތް ލައްވާށި އެވެ.

The name is already taken The name is available. Register?

ވެލިދޫ މީހާ

25 February 2020

ކޮން ބިޔަ ތަނބެއްތަ؟ މާވަރުގަދަ ތަނބު އެބަހުރި 10 ބުރީގެ އިމާރާތުގަ ،

The name is already taken The name is available. Register?

ރެނދު

25 February 2020

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލެވުނީވެސް މުބާރަކްގެ އެހީއާއެކު. މިހާރުއޮތީ އަނެއްކާވެސް ވަރަށް ހުދުމުހުތާރު ވެރިކަމެއް. ވޯޓުން ވެރިކަން ލިބުނު މުސްލިމް ބްރަދަހުޑްގެ އިސް މީހުން މުޅިންހެން ތިބީ ޖަލުތަކުގަ ގިނަ ބަޔަކަށް މަރުގެ ހުކުމް އިއްވާފަ. ވޯޓުން ހޮވުނު ރައީސް މުރުސީ މަރުވީ ޖަލުގަ. މިހާރު ހުރި ސީސީ އަކީ އިޒްރާއީލްއާއި ގުޅުން ވަރަށް ބަދަހި ރައީސްއެެއް. އޭނާ ވަނީ މިސްރު ފަލަސްތީނުގެ ބޯޑަރުވެސް ބަންދުކޮށްފަ. ބިޔަ ތަނބެއްތަ ހަމަ؟

The name is already taken The name is available. Register?

ދަފސދފސދ

25 February 2020

ތި ވިދާޅުވި ބޭފުޅުން ދުނިޔޭގަ ތިބިއިރު ކަންތަށް ކޮށްފައިވަނީ ވަރަށް ވެސް ލާއިންސާނިއްޔަތުކަމާއި އަމިއްލަ އެދުންވެރިކަމާއި އެކު. ތިބުނި މީހުންގެ އެދުންވެރިކަމާއި ހުރެ އިރާގު، ލިބިޔާ ގަ މަރުވާ ހާ މީހުން އެމަރުވަނީ

The name is already taken The name is available. Register?

ވަހީދު

25 February 2020

ވެލިދޫ މީހާއަށް ނޭނގުނުދޯ އެބުނި އެއްޗެއް. 100 މިލިޔަނެއްހާ މީހުންގެ ވެރިއަކަށް 30 އަހަރު ހުރެވޭނީ ވަރުގަދަ ޝަޚުސިއްޔަތެއްގެ ވެރިއަކަށް. އަދި އަމުދުން އިސްލާމީ އުއްމަތުގެ ބާރު މިހާ ދަށް ދުވަސްވަރެއްގައި ކާފަރުންގެ ފިއްތުން ތަކުން ގައުމު ސަލާމަތްކޮށްދީ ރައްޔިތުންނަށް ރައްކާތެރި ކުރެވޭނީ ވަރަށް ވަރުގަދަ މީހަކަށް.. މިކަހަލަ އެތައް ރަނގަޅު ސިފަތަކަށް ކުރުކޮށް ތަބެކޭ ކިޔަނީ މިސާލު ބަހެއްގެ ގޮތުގައި. ސާފުބާ.

The name is already taken The name is available. Register?

ޖޭ ޖޭ

25 February 2020

މި ތަނބު ތަކުގެ ލިސްޓަށް މުޖާހިދު މަރުހޫމު ޔާސިރު ޢަރަފާތުގެ އަދި އިތުރު ކޮށްލަމެވެ. އެ ބޭފުޅާގެ ފުރާން ފުޅަށް ﷲ ގެ ހެޔޮ ރަހުމަތަ ލައްވާށިއެވސ.

The name is already taken The name is available. Register?

ރަދީފް

25 February 2020

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎, އަރަބި ދުނިޔޭގެ ވަރުގަދަ ސިންގާއެއްފަދަ ލީޑަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454