25 ފެބުރުއަރީ 2020 - 20:36
ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 7.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އެ މަޝްރޫއުގެ ދަށުން ފޮއްދޫގެ ޖެޓީ ކައިރިން 180 މީޓަރު ގޮނޑުދޮށް، ޖީއޯ ބޭގް ރިވެޓްމަންޓް ބޭނުންކޮށްގެން ހިމާޔަތް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. މަސައްކަތް ނިންމަންޖެހެނީ 180 ދުވަހުގެ ތެރޭގަ އެވެ.
ފޮއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާމީ "މިހާރު" އަށް ވިދާޅުވީ، މި ފަހުން ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ، ރަށުގެ އިރުމައްޗާއި އިރުއުތުރު ފަރާތުން ވަރަށް ބޮޑަށް ގިރާލާފައިވާ ކަމަށެވެ. އެ ދެ ފަރާތުން ވެސް 50 ފޫޓަށް ގިރާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ރަށުގެ އިރުއުތުރުގައި މީހުން ދިރިއުޅޭ ސަރަހައްދުން ތިރީހަކަށް ފޫޓަށް ގިރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާމީ ވިދާޅުވި ގޮތުގައި ފޮއްދު އަކީ މީގެ ކުރިން ރަށް ގިރުމުގެ މައްސަލަ ދިމާވާ ރަށެއް ނޫނެވެ. ނަމަވެސް ވެލިގަނޑު ވޮޑުން ކަހަލަ ކަންތަކާ ދޭތެރެއިން ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
"މި ފަހަރު ރުއް ގަސްތައް ވެއްޓި ވަރަށް ބޮޑަށް ގިރައިގެން ގޮސްފައި ވަނީ،" ޝާމީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
26 February 2020
2 މިލއަން ރުފިޔާއަށް ނުކުރެވޭނެކަން މިހާރު އެގިއްޖެދޯ ، 50 މިލިއަނަށް ބްރިޖް އަޅާނަމެ ބުނި ގުންޑާ ސަރުކާރު
އިހްސާސް
26 February 2020
މމައްސަލަ ދި މާވާން ފެށީ އެ މްޓީސީސީން ފަޅުން ބައެއް ކޮނެ ޖެޓީއެއް ހެދުން.