އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 މާޗް 2020 - 14:06
މަޖިލީހުގެ ލަފާ ލިބި 15 ވަރަކަށް ދުވަސް ތެރޭ މިނިމަމް ވޭޖް ކަނޑައެޅޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ ކަމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ފައްޔާޒު ވިދާޅުވެފައި ވިޔަސް މަސް ނިމިގެން ދިޔައިރު ވެސް މިނިމަމް ވޭޖް އިއުލާނެއް ނުކުރެ އެވެ. އެއާއެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
ފައްޔާޒު "މިހާރު" އަށް ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުތަކާއި ހިޔާލުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި މަޖިލީހުގެ ތެރެއިން އެއްވެސް ލަސްވުމެއް ނެތް ކަމަށާއި ހާއްސަ އިސްކަމެއްދީގެން މަޖިލީހުން އެ ރިޕޯޓުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް 10-15 ދުވަސް ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށެވެ.
"މަޖިލީހުގެ ރައުޔަކާ ނުލައި ކުރެވޭ ވަރަށް ބޮޑު ކަމެއް މިއީ. [އުޖޫރަ] ލިބެންވީ ފަރާތާއި ދޭންވީ ފަރާތުގެ ކަންބޮޮޑުވާ ކަންތައްތައް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދުކުރެއްވި އެވެ.
Deadline has passed and unfortunately Minimum Wage has not been declared. My apologies for that. Expectation was that we would be able to do so by end of February. The matter has been sent to Parliament and I believe it’s a matter of days before we get the view of Majlis https://t.co/G8NoiYy86p
— Fayyaz Ismail (@faya_i) March 1, 2020
އެ މަސައްކަތްތައް ކުރި އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދީފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.
އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަށް ވަކި އަދަދެއް ކަނޑައަޅާ ނަމަ އެކަމަށް 6،400ރ. އާއި 8،600ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވެ އެވެ. "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި، ރިސޯޓްތަކުން ތިބީ ސާވިސް ޗާޖާ އެކު 10،000ރ. މިނިމަމް ވޭޖްގެ ގޮތުގައި ދޭން ތައްޔާރަށް ކަމަށާއި އެކަމަކު އެގޮތަށް އެކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިރާޖު
02 March 2020
ތީ ހަމަ އިބިލީހު ކައިވެނި
އޮޅުނު ތާރީޚު
01 March 2020
މިސަރުކާރުން ބުނާ ވާހަކައެއް ދުވަހަކު ދިމައެއްނުވޭ ދުވަހަކުވެސް ބުނާ ދުވަހަކަށް ކަމެއް ނުވޭ އެކޮނޮމިކް މިނިސްޓްރީ ވަރަށް ބޮޑުތަނަކުން ފެއިލްވެފައި އެމްޕްލޯއިމެންޓް ކަންކަން ދިޔައީ އެތަށް އެތަށް ގުނައެއް ފަހަތަށް ދުވަހަކު ކަމެއްނުނިމޭ ތާކުންތާކު ނުޖެހޭ ކަމެއް ކުރަން ނޭގޭ ސިޔާސީ ބޮޑުން އެތާ ތިބީ ރައީސް އަށް ގޮވާލަން އެތަނުގައި ތިބި ސިޔާސީ ވެރިން ބަދަލުކޮށް އެތަން އަވަހަށް އިސްލާކުކުރަން މިކަން އަވަސް ކޮށްދިނުމަށް މިސަރުކާރަށް ގޮވާލަން
ާއުނިމާ
01 March 2020
ރަނގަޅަށް ރައްޔިތުންނަށް ފައިދާވާނެގޮތައް ކޮށްފާނެކަމަކަށް ކުޑަކޮށްވެސް ގަބޫލެއްނުކުރެވޭ، އަދި އެކަން ކުރަން އެގޭނެކަމަކަށްވެސް ޤަބޫލެއްނުކުރަން!
ވަހިދު
01 March 2020
ދުވަސް ގުނަން ޖެހޭނީ ހުކުރު ހޮނިހިރު އަންގާރަ ބުދަ ނުލައި، ޢެއިރުން ހިސާބު ދިމާވާނީ. ޢެހެން ނޫނީ އަދުރިމެޓިކްސް ހަދަން ޕީޕީއެމަށް ދާން ޖެހޭނީ.
1828
02 March 2020
އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި، ހުކުރު، ހޮނިހިރު ނުލާ ނުގީމައި ދިމާވާނީ.
ދިއްދޫމީހާ
01 March 2020
ހޫމް ތިވަނީ އިބިލީސްގެ ކާވެންނަ، މިހާރު ކިޔާ ކައުންސިލް މެޖޯރިޓީ ދިނީމައޭ ވާނީ، މިނިމަމް ވޭޖްއެ ގެންނަވަރަ ދިރާސާ ކުރިންތޯ؟ ފަހުން ކައުންސިލަރުންނާ، ކައުންސިލް ރައީސްއާ،އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރާ ވަނީ ބޮޑުވެފަ، ދައުލަތުގެ ހަރަދު ބޮޑުވެފާ، ސުވާލަކީ މިނިވަން ވޭޖު ކަނޑަ އަޅަނީ ހަމަ އެކަނި ޕުރައިވެޓް ސެކްޓާރ އަތޯ؟؟ސަރުކާރު މުފަޒިފުންނަ ވަނީ ކިހެނެތޯ؟؟
ޒުވާނާ.
01 March 2020
ތިޔަ އެ މްޑީޕީޔައް ދިވެހިން ބާރުވެރި ކުރުވާކައް ނޭނގެ ކުރިން ރިސޯޓު ތަކުގަ ފޮޓޯ ނަގަން މުޅިން ހަރަކާތް ތެރިވީ ބިދޭސީން ނަ މަވެސް ޔާ މިނު ވެރިކަ މުގަ އެކަންއެއީ ހަ މައެކަނި ދިވެހިން ނައްކުރެވޭނެ ކަ މަކައް ބަދަލު ކޮއްލި ފުރާ ކޮން މެ ދިވެއްސަކައް 500 ޑޮލަރު ބުކްކޮއްދެއްވި ވީ މާ ކަ މެއް ކޮއްދެއްވަންޏާ ރިސޯޓު މުވައްޒަފަކައް ވާނަ މަ 10.000 ރުފިޔާ ކޮން މެ މީހަކައް ދޭންޖެހޭނެ ކަ މައް އަންގާ ބިދޭސީއެއް ތަފާތުނުކޮއް ދިވެހިން ނައް ފުރުސަތު ލިބޭނީ އޭރުން
ނަޝީދު.
01 March 2020
"މަޖިލިހުގެ ލަފާ" ހަހަހަހަހަ. މިހާރު ސައިޒު ވިސްނިއްޖެ ދޯ!
ވަކަރުގެ ކުއްޖާ
01 March 2020
މަނިކުފާނު އައިއެލްއޯ އިން ދިން ލަފާގެ ކޮޕީ އެއް ރައްޔިތުންނާއި ހިއްސާ ކޮއްލެވިދާނެތޯ! އިންސާނާ ދޮގު ހަދަންވެސް ވާނީ އެހެން އިންސާނުން ގެވެސް ބުއްދިއަށް ޤަބޫލު ކުރެވޭ ދޮގުތައް. ރައްޔިތުންގެ ބޯވެސް ކެވޭނީ ކެވޭވަރުގެ މީހުނަށް. ދޮގާއި މަކަރާއި ހަދަމުންގޮސް މިހާރު ރައްޔިތަކު ތަމެންގެ ޖަލްސާ އަކަށްވެސް ދާހިތެއް ނުވެފާ އެތިބީ.
7546785544
01 March 2020
މިހާރު މިގައުމުގައި މިނިމަންވޭޖްގެ ހޮތުގައި 12000ރ އާއި 15000ރ ދޭތެރޭގަ ދެވެންވާނެ.
ާއުނިމާ
02 March 2020
އާދެ! ރަނގަޅު ވާހަކައެއް، ނޫނީ ބޮޑުތަނުން ފޭލްވީ، މިނިވަންވޭޖޭ ކިޔާފަ ފޮނި އަގަ ތެޅުވުމުގެ ބޭނުމެއްނެތް، މިއީ އަގައިން1، އަމަލުން 0ގެ ސަރުކާރު، 10000ރ ދޭނެކަމަށް ވައުދުވެ އައި ސަރުކާރެއްމީ
876543267
01 March 2020
މިކަމުންވެސް ދޭހަވަނީ މި މީހުންގެ ނާގާބިލް ކަން. ހުރިހާ ބާރެއް އަތުގަ އޮވެމެ ކަންތައްތަށް ނުވާ ދޮގުހަދާ ބަޔަކު މަނުދެކެންމި ނޫނީ. މި ގައުމު 20 އަހަރުގެ ތަރަށްގީ ފަހަތަށް ހިނގައްޖެމިހާރު.