ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
04 މާޗް 2020 - 02:19
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެންމެ މުހިއްމު އެއްޗަކީ ކަރަންޓު ކަމަށް ވާއިރު، ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތައް ކުރުމުގައި އިތުބާރު ލިބޭ ނިޒާމަކުން ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ މިރޭ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ 70 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި މުގްނީ ވިދާޅުވީ، ސްޓެލްކޯ އިން މަސައްކަތް ކުރަނީ އިތުބާރު ހިފޭނެ ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން ކުރަން ބޭނުންވަނީ އޭނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިންނެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން އަޒުމް ކަނޑައަޅާފައިވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިޔާދަކުރުވަނިވި ވަސީލަތްތަކުން ކަރަންޓު އުފެއްދުމާއި ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ގޮތްތަކަށް ވާސިލުވުމުގައި އަޅުގަނޑުމެން މިފަށާ ދަތުުރު ކާމިޔާބު ކުރާނަން،" މުގްނީ ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސްޓެލްކޯ ގައި މަސައްކަތް ކުރަނީ 100 ޕަސެންޓު ދިވެހި މުވައްޒަފުންނެވެ. މިދިޔަ 70 އަހަރުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ސްޓެލްކޯ އިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން މުގްނީ ވިދާޅުވީ، ރާއްޖޭގެ ކަނޑާއިފަޅު ބޭނުންކޮށްގެން، އިޔާދަކުރަނިވި ހަކަތަ އިން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ދިރާސާތައް އިތުރު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީި ގޮތުގައި، ކުރިމަގުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އިތުރު އިންވެސްޓްމެންޓްތަކެއް ވެސް ސްޓެލްކޯ އިން ކުރާނެ އެވެ. އިޔާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ސްޓެލްކޯ އިން މިހާރު ވެސް ވަނީ ޕްލޭންކޮށްފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި، ސްޓެލްކޯ ގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންނަށް ލައިފް ޓައިމް އެވޯޑް ދިނެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ 1947 ވަަނަ އަހަރު، 14 ކިލޯވޮޓްގެ އިންޖީނަކުންނެވެ. ސްޓެލްކޯ އިން މާލެ އާއި އަތޮޅު ތެރޭގައި ޚިދުމަތް ދޭ 35 ރަށުގައި ޖުމްލަ 180 މެގަވޮޓުގެ ކަރަންޓު އުފައްދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އަލީ
04 March 2020
މުޢުނީ ފެއިލް ވެއްޖެ. ޕަބްލިކް ސްޓަންޓް ނުޖައްސާ ތިމަގާމުން އިސްތިއުފާ ދެއްވާ. މާލޭގެ ލޯޑް ހޫނު މޫސުމަށް މަތިވާނެކަން އެގިހުރެ އެކަމަށް ބޭނުންވާ ޖަނަރޭޓަރ 3 ތަނުން ކޯޓޭޝަން ހޯދައިގެން ވަކި ބަޔަކަށް ދޭން ހަދައިގެން އަތައް ގޮވައި މުއްދަތު ހަމަ ވިރުވެސް އެތަކެތި ނުގެނަވި ފެއިލްވެފައި. މާލެ-ހުޅުމާލެ ކޭބަލުން ގުޅުވުމުގެ ޕްރޮޖެކްޓް މެނޭޖް ނުކުރެވި ލަސްވުމުގެ ސަބަބުން ވަގުތީ ޖަނަރޭޓަރ ގައްނަން އިތުރު 5 މިލިއަން ޑޮލަރ. ރައީސް އޮފީހުން ސަމާލުވޭ!!
ަސައީދުބެ
04 March 2020
ޝުކުރިއްޔާ ހަގީގަތް ހާމަކޮށް ދެއްވީތީ.
މުގުބަތް
04 March 2020
މައިކު، ރައީސް އޮފީހަށް އެނގޭނެ. 5 މިލިއަނަށް ވުރެ އިތުރުވާނެ "ކުއްލި ހާލަތެއް" ވީމަ. މައްސަލަ ޖައްސަނީ ކީއްވެ ؟ ހަމަ އެންމެނަށް ވެސް ފައިދާ ވާނެ މި ކަމުން. ޢެއްވަރަށް އެންމެނަށް ފައިދާ ނުވުނު އެއީ ގުދުރަތުގެ ނިޔާ . މިއަދު އަހަރެން، މާދަމާ އެހެން މީހެއް. އަދި އޮންނާނެ ބޯޑުވެސް.
ޝޮކްތެރަޕީ
04 March 2020
އެމްޑީޕީ ވެރިކަމަ އަރާ ތަރައްގީނުވެ ދައުލަތުގެ ހަޒާނާ ހުސްވަނީ