ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބޮޑުމޮހޮރާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލިޔާސް/ މިހާރު
04 މާޗް 2020 - 14:18
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ބޮޑުމޮހޮރާ ދިނީ 42.3 މިލިއަން ރުފިޔާ (2.7 މިލިއަން ޑޮލަރު) ގެ އިކުއިޒިޝަން ފީއަކަށް ކަމަށާއި މިހާތަނަށް ސަރުކާރަށް ދެއްކީ 8.4 މިލިއަން ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޖާބިރަށް ބޮޑުމޮހޮރާ ދިނީ 2013 ވަނަ އަހަރު ހަދާފައިވާ އެގްރީމެންޓާ އެއްގޮތަށް ކަމަށެވެ. މިހާތަނަށް އިކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދެއްކެވި އަދަދަކީ ޖުމްލަ އަދަދުގެ 20 ޕަސެންޓެވެ. ބާކީ 33.9 މިލިއަން ރުފިޔާ ދައްކަން ޖެހޭނީ ރިސޯޓު ހުޅުވާތާ ފަސް އަހަރުގެ ތެރޭގަ އެވެ.
މި އެގްރީމެންޓްގެ ދަށުން ސީއެސްއާރު ޕްރޮޖެކްޓެއް ހިމަނާފައި ނުވިޔަސް އިކުއިޒިޝަން ކޮސްޓްގައި ސީއެސްއާރުގެ ފައިސާ ވެސް ވަނީ ހިމަނައިފަ އެވެ.
ޖާބިރަށް ބޮޑުމޮހޮރާ ދިނީ 50 އަހަރަށެވެ. ރިސޯޓު އެޅުމަށް 36 މަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަ މަސް ތެރޭ ނިމޭނެ ކަމަށް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވި އެވެ.
ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ ވަނީ 1999 ވަނަ އަހަރުން 2009 ވަނަ އަހަރަށް މެރިން ރީސާޗު ސެންޓަރުގެ ތަހުލީލުތަކަށް ބޭނުންކޮށްފަ އެވެ. ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރީސާޗު ސެންޓަރުގައި ފާނަ އާލާކުރުމާއި އިތާ މުއި އާލާ ކުރުމުގެ މަސައްކަތްތައް ކުރި އެވެ.
ހިތްގައިމު ބޮޑު ފަޅެއް އޮންނަ އެ ރަށުގައި 2010 ވަނަ އަހަރު މެރިން ކަލްޗާގެ ދާއިރާ އިން އިންވެސްޓްކުރަން ދިގު މުއްދަތަކަށް ދޭން ބީލަމަށް ހުޅުވާލި އެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުވެ 2011 ވަނަ އަހަރު ރިސޯޓު ހަދަން ދޭ ހަ ރަށެއްގެ ތެރޭގައި ބޮޑުމޮހޮރާ ހިމަނައި އިއުލާނު ކުރި އެވެ.
އޭރު ބޮޑޮމޮހޮރާ ދޭން އުޅުނީ މެރިން ޓެކްނޮލޮޖީޒް އަށެވެ. އެކަމަކު ޖާބިރު ފަހުން ވަނީ އެ ކުންފުނި ބައްލަވައިގެންފަ އެވެ. މިހާރު އެއީ ޖާބިރުގެ 90 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ނުނިމި ދިގުލައިގެން ދިޔަ އެވެ. އަދި ކޯޓުން ހުކުމް ކުރުމުން މެރިން ޓެކްނޮލޮޖީސްއާ ރަށް ހަވާލު ނުކޮށް ހިފެހެއްޓި އެވެ. އެންމެފަހުން، އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަމުރު ކުރެއްވުމުން ކުރީގެ ސަރުކާރުގައި ސުޕްރީމް ކޯޓުން އެ އަމުރު ބާތިލްކޮށް، ގާޒީ ވެސް ސަސްޕެންޑްކުރި އެވެ.
މިދިޔަ ހަފުތާގައި އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ބޮޑުމޮހޮރާގައި "ޖާބިރު ހެޕީ ކްލަބް" ގެ ނަމުގައި ކުރިއަށްގެންދާނީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ފަދަ ރިސޯޓެއް ތަރައްގީ ކުރާނެ އެވެ.
ޖާބިރަށް ރިސޯޓު ދިނުމާ ހިތްހަމަ ނުޖެހި އެ އަތޮޅުގެ ރައްޔިތުން އަންނަނީ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިވައި
05 March 2020
ދެން ދައްކަން ޖެހޭ ފައިސާ ނުދައްކާ ދެން ލަބޭނީ ހުސް މައާފްމ. މި ކަހަލަ ވިޔާނުދާ މީހުންގެ ގެ ދަށުވެފަ ހުރިހާ ސަރުކާރެއް
އިސްލާހު
05 March 2020
މިގޮތަށް ފައިސާއާ ރަށާ ދިނީމާ ރެސޯޓު ހެދޭނެ ކޮންމެ މީހަކަށްވެސް
ކަދުރޭ2ޅ
05 March 2020
ލެވި ހަޅޭކުގެ އަގު ލިބުނީ.
ރަންދެލި
05 March 2020
މީނާ އަށް ބިއޮގްރަފީ އެއް ލިޔަން ޖެހޭ. އަދި ކްލން ކުރަން ވެސް ޖެހޭ!
އަންދާ އިންސާފް
05 March 2020
ކޯސް ފީނުދަށަކާފިއްޔާ ކޯޓަށް ހަތަރުދަމު ހޭލާހުރެގެންވެސް އަމުރު ހަވާލުކުރާނެ، އިސްޓިކާ ހަމަވެ އެއްދުވަސް ވިޔަސް ޖޫރިމަނާ، ލޯންދަށްކަން ދަތިވެ އެއްމަސްދިޔަޔަސް ޖޫރިމަނާ ނޯކޮމްފެންސޭޝަން، އެކަމަކު ބިލިޔަނުން ރިސޯޓްތަކުން ލިބެންޖެހޭލާރީ ނުލިބުނަސް ފިރުމަފިރުމަ އިގުތިސާތުވީމަ، ދެން އެންމެ ފަހުން ރަތްޔިތުންގެ ލާރިން ބަދަލުދޭނީ އެގުރީމެންޓްގައި އިން ސުކުނަކަށް ބަލާފަ
ޝައިޚް.
05 March 2020
އަންދާ އިންސާފު، ބަލާ މިލިޔުން 33.9 މިލިއަން ދޭންޖެހެނީ ރިސޯރޓް ހުޅުވާތާ 5 އަހަރުގެ ތެރޭގައޭ އެއޮތީ މި ޚަބަރުގަ، ޚަބަރު ނުކިއާ ކޮމެންޓް ކުރީމަ އޮޅޭނެދޯ.؟ ތީ މިބުނާ ދޮގު މައުލޫމާތުދިނުމަކީ، ތިހެން ނުހަދާ ، ފުރަތަމަ މައުމާތު ސާފުކޮއްލާ، ދެން ކޮމެންޓް ކުރައްވާ.
ޢިގޭތިކަން
05 March 2020
ޢެކަން އިންގޭ މިހެން ހުންނަ ކިތައް ހަބަރު ކިޔަފިން އާހިރުގަ އޮންނަނީ ބަދަލުދޭން ޖެހިފަ ހާސަކޮއް މިކަހަލަ މީހުން
އަޙުމަދު.
05 March 2020
ޖާބިރު ކުރެން އަހާލަން ބޭނުން. މިހާރު ކާށިދޫ އާއި ގާފަރާ ދެމެދެ ޖާބިރު އަޅުއްވާ ކޭބަލް ކާރު އަޅާނިމުނީތޯ އެވެ ؟ މިސަރުކާރަށްވެސް ހުވަފެނެއް ދައްކައިގެން ބޮޑުމޮހޮރާ މިހާރު ތިއޮތީ ލިބިފައެވެ. ދެން ވެސް އަވަހަށް ޖާބިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާކޮޅު ދައްކައްކާ ޚަލާސްކުރާނެ ކަމަށް އުމީދުކުރަމެވެ.
ޖުމް
05 March 2020
1000ރ އަށް ވޯޓު ވިއްކާފައި ކާށިދޫ، ގާފަރު މީހުން ޖާބިރާ ސުވާލުކުރަން ލަދެއް ނުގަނޭތަ. ހޮވިއިރަކު ނޭގޭދޯ މީމިކަހަލަ މީހެއްކަމެއް. ކަމެއްވީމައެންނޫން އެމް.ޑީ.ޕީގެ ޕްރައިމެރީން މީނާ ނުހޮވުނީ. ރައްޔިތުންގެ މުދަލަށް އަރައިގަންނަ މީހެއްގެ އަތުން ލާރި ނަގާފަ ތިއޮތީ ހޮވާފަ. ކަލޭމެންގެ ގެދޮރުވެސް މާދަމާ ނަގާނެ....ހޭއަރާ ބަލަ
ޥަތަނަބެ
05 March 2020
50އަހަރު ކިއްކުރަން 1000އަހަރަށް ދިންން ނަ މަ މާރަންގަޅުވީސް އޭރުންތާ ރަންގަޅަށް ދިވެހިންނަށް ހިއްސާވެވެނީ!
ނަޖްވާ
05 March 2020
މީ ވަރަށް ބޮޑު މައްސަލައެއް! ބޮޑު މޮހޮރާ އަކީ ރާއްޖޭގެ ނެތްވަރުގެ ރީތި ފަޅާކާ ގޮނޑުދޮށެއް އޮންނަ ރަށެއް! އެ ރަށް އެންމެ އަށެއްކަ މިލިޔަން ރުފިޔާ އަށް 50 އަހަރަށް ކުއްޔަށް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން! އެ ތަނުގައި ކަނޑާ ބެހޭ ކަންކަމުގެ ރިސާރޗް ސެންޓަރެއް ޤާއިމު ކުރުމަކީ ބުއްދިވެރި ކަމެއް ކަމަށް ދެކެން!
ފަމީ
05 March 2020
ކުރީގަ މީހުން އުޅުނީ ދިރިއުޅޭނެ އާމްދަނީއެއް ހޯދަން. މިހާރު މިއޮތީ މުދާ ޖަމާ ކުރުމުގެ ކުޅިވަރު.
ޙައިޖެކް
05 March 2020
ސަރުކާރު ޖާބިރު ދަށުވެފަ. ޢަންނިގެ އެޑްވައުސަރަކައް ޖާބިރުލީިމާވެއް އިންގޭ. ޢިޓަލީ ދަތުރުގެ ޜިކޯޑިން އެއް އޮތީބާ؟