ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު: ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމަށް ލުއިތަކެއް ވަނީ ދީފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
09 މާޗް 2020 - 14:50
ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ލުއިތަކެއް ލިބޭ ގޮތަށް ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ އާ ގަވާއިދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުން ރެގިއުލޭޓް ކުރާ ބާ ކައުންސިލުން ކުރިން އެކުލަވާލާފައި ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު އޮންނަ ގޮތުން ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން އެއް އަހަރުގެ ތަމްރީނެއް ބާ ކައުންސިލުން ގަބޫލުކުރާ ތަނެއްގައި ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު އޭރު ގަވާއިދު އޮތްގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ދަތިވާތީ ގިނަ ބަޔަކަށް ވަކީލު ކަމުގެ ހުއްދަ ލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.
އެކަމަކު ކުރީގެ ގަވާއިދު އުވާލުމަށް ފަހު، ބާ ކައުންސިލުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި ގަވާއިދުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ކުރިއަށް ވުރެ ބޮޑު ލުއިތައް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމްގައި ސުޕަވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލުންގެ ބެލުމުގެ ދަށުން އެއްފަހަރާ ތަމްރީން ކުރެވޭ މީހުންގެ އަދަދު މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ކުރީގެ ގަވާއިދު އޮތްގޮތުން ވަކީލު ކަމުގައި 12 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތަޖުރިބާ ހުރި ސުޕަވައިޒަރުންނަށް އެއްފަހަރާ ތަމްރީނު ދެވޭނީ ގިނަވެގެން ދެ މީހަކަށެވެ. އެކަމަކު އާ ގަވާއިދު އޮތްގޮތުން ފަސް އަހަރުގެ ތަޖުރިބާ ހުރި ވަކީލުންނަށް އެއްފަހަރާ ތިން މީހަކަށް ތަމްރީނު ދެވޭއިރު، ހަތް އަހަރުގެ ތަޖުރިބާ ހުރި ވަކީލުންނަށް އެއްފަހަރާ ފަސް މީހަކަށް ތަމްރީނު ދެވިދާނެ އެވެ. އަދި 12 އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ހަ މީހަކަށް ތަމްރީނު ދެވިދާނެ ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޝަރުތު ފުރިހަމަވާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތަކުގައި ސުޕަވައިޒަރެއްގެ ދަށުން ތަމްރީނެއްގެ ގޮތުގައި ބެލެވިދާނެ މަސައްކަތް ކޮށްފައިވާ ނަމަ، އެއީ އެއް އަހަރުގެ ތަމްރީނު ފުރިހަމަ ކުރުމުގައި ގުނޭނެ މުއްދަތެއް ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
10 March 2020
މިހާރު ވަޒީފާގަ އުޅޭމީހުން ކިހިނެތް ތިބުނާ 1 އަހަރު ހޭދަކުރާނީ! ތިޔައީ ކޮންފަދަ ބޮޑު ގެއްލުމެއް! އަހަރެން ގެ ދަރިންނަށް ކާންދެނީ ކިހިނެތް ތިބުނާ 1 އަހަރުގެ މުއްދަތުގަ! 4 އަހަރު ބުރަ މަސައްކަތުން ވަޒީފާގަ އުޅެމުން ކިޔެވީމަ ދޭ ކިހާބޮޑު ދެރައެއް!
ޢަފްލަ
10 March 2020
ބޮދުކަން ލިބުމުން ބޮޑާ ކަމާއި ކިބުރުވެރިކަމުގަ މުޅި ޖުޑިޝަރީ ފަތަހަ ތިކުރަނީ އިސްތިއުފާ ދީފަ ގެއައްދޭ ކޮން ވޯކް ޝޮޕެއް ފަސްޓް ޑިގްރީ ހާސިލް ކުރީމަ އަނެއްކާ އަނެއް ބުހތާން ވާހަކަ
2411
09 March 2020
މި އީ ވަރައް ޑިކްޓޭޓަރ މީހެއް، މި ގައުމުގެގާނޫނުތައް ބަޔަކު މުގުރަމުން ދާއިރުވެސް މި މީހުން ކަހާތަން ހިރުވާވެސް ނުލައޭ
ކުޑަފަރީ އާދަނު
09 March 2020
ބާ ކައުންސިލަކީ ވަކީލުންނަށާއި ގައުމައް ކުރިމަތިވެފައިވާ ބޮޑު ދުއްތުރާލެކެވެ. ސީނިއަރ ވަކީލުންނޭ ކިޔާ ގުރޫޕު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަނީ ދެ ސިޓީ ވަކީލެއްގެ އަތުން ހޯދައިގެންނެވެ. ހައެއްކަ މީހުން މުޅި ގައުމުގެ ޤާނޫނީ ފަންނު ހިސާރު ކޮށްފިއެވެ. މިފަހަރު ވޯޓުދީގެން ދުވަސްވީ މީހުން ބާ ކައުންސިލަށް ހޮވުން އެއީ ހެދުނު އެންމެ ބޮޑު ގޯހެވެ. ބާ ކައުސިލުން އެއްވެސް ރަނގަޅުކަމެއް ޤައުމަށާއި ރައްޔިތުންނަށް ކޮށްދީފާނެ ކަމަކަށް އުންމީދެއް މިހާރު ނުކުރެވޭ.
ބާބާ
09 March 2020
މިއީ ވަރަށް ކަންފަސޭހަ އަދި ޚުދުމުޚުތާރު މީހެއް. ކަންފަސޭހައޭ މިބުނީ ބާކައުންސިލަށް ގަވައިދެއް ބޭނުންވުމުން އެމެރިކާގެ ބާކައުނސިލްގެ ގަވައިދު ކޮޕީކޮށްފައި ނެރުން. ޚުދުމުޚުތާރޭ މިބުނީ އެގަވައިދުގައި ކައުންސިލަށް ހުރިހާ ބާރެއް އަތްމައްޗަށް ގެންނަން އުޅުން. ކުޑަމިބުން އެޓެސްޓުކުރުންވެސް ތިމާމެންގެ އަތްދަށަށް ގެންދިޔައީ އެހެންބަޔަކަށް ވެދާނެ އުދަގުލަކަށް ވިސްނާލުމެއް އަދި އެހެންތާކު އެކަން އޮންނަގޮތަކަށް ބަލާލުމެއްނެތި.
ވަޒީފާ
09 March 2020
ޑޮކުޓަރުންނަށްވެސް ލުއިގޮތެއް ހަ ދާދ ދީބަލަ. ކިޔަވައިގެން ގައުމަށް އަންނަ ކު ދިންނަށް ވަޒީފާ އު ދަގުވެފައި ނުކިޔަވާ ތިބިއްޔާ ވަޒީފާ ގެރެންޓީ ވުން ހުއްޓެންޖެހޭ.