"ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން މިދިޔަ އަހަރު ބޭއްވި ހަފްލާގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
29 މާޗް 2020 - 17:23
ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް އިތުރުވީ އެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުހިއްމު ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށެވެ. އެއީ އެ ހިދުމަތް ސައްހަވުމުގެ އަސާސަކީ އެއީކަން ދެނެ ތިބެގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށް ހެދުމަށް މަސައްކަތްކުރި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސީޕީ ވިދާޅުވިގޮތުގައި، ފުލުހުންނަށް 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ، މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތައް 9.73 ޕަސެންޓް އިތުރެވެ. އެކަމުން ފުލުހުންގެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވެފައިވާކަން ދައްކައިދޭ ކަމަށް ވިދާޅުވި އެވެ.
Some of the achievements in the last one year. Thanking all the police officers & staff for making these possible. We remain intent on garnering public acceptance, with the understanding that it is of essence to the legitimacy of policing.#emmengekhidhumathugai #avatterifuluhun pic.twitter.com/9nesS5hTzs
— Mohamed Hameed (@M_Hameedh) March 29, 2020
މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތަކުގެ އަދަދު އުޅެނީ 37،820 ގަ އެވެ. އޭގެ ކުރީ އަހަރު ހުށަހެޅީ 31،355 މައްސަލަ އެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވިއަސް މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް އުޅެނީ ވަރަށް މަދުންނެވެ.
މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ތަފާތު އެކި މައްސަލަތަކުގައި ދައުވާކުރަން ފޮނުވި އަދަދު ވެސް 22.8 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުން، ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަނިޔާ ލިބޭ މީހުން ރައްކާތެރިކޮށްދޭކަން ދައްކުވައިދޭ ކަމަށް ވިދާޅުވި އެވެ.
ތަފާތު 135 އޮޕަރޭޝަނެއްގައި 462 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ އެއްޗެހި އަތުލައިގަނެވުމަކީ މަސްތުވާތަކެތި ދައުރުވުން ހުއްޓުވައި ގެއްލުން ކުޑަކުރެވުނު ކަމެއް ކަމަށެވެ.
ނެއިބަހުޑް ޕޮލިސްގެ ހިދުމަތް ފުޅާކޮށް އެއީ ޕޮލިސްގެ މުހިއްމު ބައެއްގެ ގޮތުގައި ހަމަޖައްސައި އޮންލައިންކޮށް މައްސަލަތައް ހުށަހެޅޭގޮތް ހަދައި އޮންލައިންކޮށް ކުށުގެ ރެކޯޑު ދޫކުރާ ގޮތް ހެދުމަކީ މިދިޔަ އަހަރު ހާސިލްކުރެވުނު މުހިއްމު ކަންތައްތައް ކަން ފާހަގަކުރެއްވި އެވެ.
ސީޕީ ވިދާޅުވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން 54،000 މީހުންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން ސްޓްރެޖިކް ޕްލޭނުގައި ހިމަނާފައިވާ ކަންތައްތައް ހާސިލްކުރަން މިއަހަރަށް 15 ޕްރޮޖެކްޓެއް ކަނޑައަޅާފައިވާކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
30 March 2020
ކޮން ތާކު ފުލުހުން ނައް އިތުބާރު ނުކުރަން ކުށްގިނަވީމަ ހުށައަޅާމައްސަލަ ގިނަވާނެ
މެޑްސީ
30 March 2020
ސީޕީވެސް ގޭތެރެއިން ހޮވަން ޖެހުނުކަން ދެރަ. ދެން ގެނޭ އެހެން ޅިޔަނެއް ސަލްޓަންޕާކުގެ ގަސްގަހަށް ނަންކިޔަން ލާރިގަނޑެއްދީފަ.
ރާއްޖެތެރެމީހުން
30 March 2020
ކަލޯ ހަމީދޫ! އަހުރެމެންގެ ބުއްދިއަށް ކޮށްލި މަލާމާތެއްތަ! ، ހުށަހަޅާ މައްސަލަ ގިނަވަނީ ކުށްކުރާވަރުގިނަވީމާ، ގައުމުގައި އަމާންކަންދަށަށްދިޔައީމާ އެނގިއްޖެ، ހޮސްޕިޓަލަށް ބާރުބޮޑުވަނީ ބަލިމީހުން ގިނަވީމަ، އާންމު ސިއްހަތު ދަށަށްދިޔައިމާ އެއީކީ ހޮސްޕިޓަލުގެ ފެންވަރުމަތިކަމުގެ ނިޝާނެއްނޫން. ސަހަރާއަށް މީހުންގެންދާވަރުވެސް ގިނަވަނީ އެތަނުގެ ހިތްގައިމުކަމާއި ކޮލިޓީކަމުންނޭ ބުނަންވީނު، މަރުވާ އަދަދު ގިނަވާތީކީ ނޫނޭ!
ވަހީދު
30 March 2020
ތިފެންނަނީ އަޅެ ފާރެއްތަ. ޕިރަމިޑްގެ މަތީ އެއްކޮށް އޯވަހޯލް ކޮށްގެން ތިތަން ރަނގަޅުވާނީ. ބގވތ ކުރި މީހުން ހުސް
އިބްރާ
30 March 2020
މައްސަލަތަށް އިތުރުވީ އެއްގޮތަކަށްވެސް އިތުބާރު ބޮޑުވެގެންނޫނެވެ. މައްސަލަތަށް މި ސަރުކާރު އައިފަހުން އިތުރުވެފައިވަނީ ކޮރޯނާ ވައިރަސް އިތުރުވެފައިވާ ގޮތަށެވެ. ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުން ރިޕޯޓްކުރަން ބޭނުންނުވަނީއެވެ. ރިޕޯޓްކުރިއަސް ދައުވާކުރަންވެސް ބޭނުންނުވެއެވެ.
ޓައުފީޤް
30 March 2020
ކިތައް މައްސަލަބާ ނިމިފަ ހުރީ؟ މައްސަލަތައް ބަލާ ނިންމާ ރޭޓް ކިހާވަރެއްބާ؟ ޢަދިވެސް އިވެނި ރިޕޯޓް ކުރިޔަސް ކަމެއް ނުވާ ކަމަށް. ޢެބަ އުޅޭ ތިމަންނަގެ މައްސަލައެއް ލިޔަސް ނުބަލާނެޔޭ ތިމަންނަގެ ރަށްޓެހިން ޕޮލިހުގަ ތިބެޔޭ ބުނެ މީހުނަށް އާއްމު އުދަގޫ ކުރާމީހުން. ޕޮލިހުންގެ ތެރޭގައި ކޮރަޕްސަން މަދުކުރަން ކިހާވަރަކަށްބާ މަސައްކަތް ކުރެވިފަ އޮތީ؟
ކަނީރު
29 March 2020
ހުށަ އަޅާ މަސް އަލަތައް ކިހާވަރަކައް ހިގާތޯ ކުއްވެރިޔަކު އަތުލައިގަނެގެން ބުރީފިންގެއް ދީފިއްޔާ ވިދާޅުވާ އަޑު މިއިވެނީ އެއީ މިވެނިނަމެއްކިޔާ މިވެނި ރަށެއްގަ އުމުރުން މިތައް އަހަރުވެފައިވާ މީހެކޭ ދެންވިދާޅުވާނެ އެއީ ވައްކަން ކުރުމާ މާރާމާރީ ހިންގުމާ މަސްތުވާއެއް ޗިއްސާ މިހެންގޮސް ދުނިޔޭގެ ލެއްވިހާ ކުށެއް ކޮއްފަ ކުށުގެ ރިކޯޑް އޮންނަ މީހެއް ސުވާލަކީ ތިޔަވިދާލުވާ މަސް އަލަތައް ބަލާ ފިޔަވަޅު އެޅުނުނަމަ ރިކޯޑް ހޯދާކައް އެމީހާ މުޖުތަމައުގަނޫޅޭނެ ވދނ
ނަން
29 March 2020
ކުށްގިނަވުން އެއީ މައްސަަލަ ހުސަހަޅާ ސަބަބަކީ
ޜިޔާޒް1
30 March 2020
ކުށްގިނަވެފަ މައްސަލަ ހުށަހެޅިޔަސް މައްސަލައަށް ރަގަޅު ހައްލެއް ނުލިބޭތީ އަނެއްކާވެސް އެމީހަކު ހަމަ އެފަދަ ކަމެއް ކުރުމުން ޕޮލިހަށް ރިޕޯޓް ކުރެވި އެކަށީގެންވާ ފިޔަވަޅެއް އެޅިފަ ނެތުމުން
ކުއް
29 March 2020
ކުއްގިނަވީ ކުއްވެރިން ވެރިންގެ ގޮތުގަ ތިބީމަ!
ބޮޑުމީހާ
29 March 2020
ތި ގެންގުޅެނީ އަދުރޭ ގެންގުޅޭ ކަހަލަ ލޮޖިކް -ހުށަހަޅާ މައްސަލަ އިތުރުވަނީ ކުށްގިނަވީމަ އޮޅުވާނުލައްވާ!