ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ގޭގައި ނުތިބޭ ނަމަ 400،000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ: މަބްރޫކް

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮވިޑް-19 އާ މެދު ފަރުވާ ކުޑަކޮށް، އެ ބަލި ކޮންޓްރޯލްކުރުމަށް ދޭ އިރުޝާދުތަކަށް އަމަލު ނުކޮށް ބޭރުގައި އުޅޭ ނަމަ 400،000 ވެންޓިލޭޓަރު ހޯދަންޖެހިދާނެ ކަމަށް ވިދާޅުވެ، މި ބައްޔާ ބެހޭ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް އިންޒާރުގެ މެސެޖެއް މިރޭ ދެއްވައިފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، އިރުޝާދުތަކަށް ބޯނުލަނބާ އެއްވެސް ވަރަކަށް ވިސްނުމެއް ނެތި މަގުމައްޗަށް ނުކުންނަ މީހުންގެ ވާހަކަ ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިގޮތަށް އަމަލުތައް ބަހައްޓާ ނަމަ، 200 ވެންޓިލޭޓަރުން ނުފުދޭނެ ކަމަށާއި 400،000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ ކަމަށެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ރާއްޖޭގެ ކޮންމެ މީހަކަށް ވެންޓިލޭޓަރެއް ހޯދަން ޖެހުމަށެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވެފައި މި ބައްޔަށް އަދި ފަރުވާއެއް ނެތުމުން، ރައްކާތެރިކަމުގެ އެންމެ ބޮޑު ފިޔަވަޅަކީ މީހުންނާ ގައިގޯޅިވެ ނޫޅުން ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. ބަލިޖެހޭ މީހުން ކުއްލިއަކަށް އިތުރުވެއްޖެ ނަމަ އެކަށީގެންވާ ފަރުވާ ނުދެވި ހާލު ބޮޑުވާ މީހުން އިތުރުވާ ކަމަށާއި އެހެން ވުމުން ވެންޓިލޭޓަރު ފަދަ މެޑިކަލް މުހިންމު ވަސީލަތްތަކުގެ ބޭނުން ހިފަންޖެހުން އާދަޔާ ހިލާފަށް އިތުރުވެގެންދާކަން ވެސް އެހެން ގައުމުތަކުގެ ތަޖުރިބާ އިން އެނގެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގައި ވެސް، ކޮރޯނާވައިރަސް ޖެހޭ މީހުން ގިނަވެ ނިއުމޯނިއާ ޖެހުން ފަދަ ސީރިއަސް ހާލަތްތަކަށް ދިއުމުން ވެންޓިލޭޓަރު އޮންނަނީ އެންމެންނަށްވާ ވަރަށް ނުލިބިފަ އެވެ. އެހެންވެ ގައުމުތަކުގައި އަންނަނީ ވެންޓިލޭޓަރު އަލުން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިފަދަ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ބަލައި 200 ވެންޓިލޭޓަރު ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުން އަންނަނީ ހަމަަޖައްސަމުންނެވެ. ބޭރަށް

"މިކުރާ ކަންކަމަށް ނުވިސްނާ ބަޔަކަށް އަޅުގަނޑުމެން ވެއްޖެއްޔާ އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ބަލި ޖެހިދާނެ ޖެހިއްޔެއްޔާ ދުއިސައްތަ ތިންސަތޭކައެއް ނޫން ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ"

މަބްރޫކް ވިދާޅުވީ ދިވެހިންގެ ތެރޭގައި "ވަރަށް އެހެންކަހަލަ ވިސްނުމެއް" އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުން ވިސްނާ ގޮތުގައި އެންމެ މީހަކު ގޭގައި އޮވެގެން ވާނެ ފައިދާއެއް ނެތެވެ. އެ ވިސްނުމުގެ ވާހަކަ ދައްކާ މީހުންނާ ބައްދަލުވެފައި ހުރިކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، ފިޒިކަލް ޑިސްޓަންސިން އަކީ އެހެން ހިނގާ ކަމެއް ނޫން ކަމަށެވެ.

އެންމެ މީހެއްގެ ގައިން ތިން މީހުންނަށް އެ ބަލި ޖެހޭ ކަމަށް ބަލަންޏާ ވެސް އެންމެ މީހަކު ގޭގައި މަޑުކޮށްގެން އިތުރު ތިން މީހަކު މި ބަލިން ސަލާމަތްވާކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ތިމާ ގޭގައި އޮވެގެން އެހެން ބަޔަކަށް ފައިދާއެއް ނުވިޔަސް ހަމަ ޔަގީނުން ވެސް އަމިއްލަ އާއިލާ ބަލިން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް އެކަން ކުރީމަ [ގޭގަ މަޑުކުރީމަ] އެބަ ކަށަވަރުކޮށްދެވޭ އަމިއްލަ ގެ، އަމިއްލަ އާއިލާ ސަލާމްތަކޮށްދެވޭ ކަން، އަދި އޭގެ އިތުރަށް އެއާ ހެދި ފެތުރޭ މިންވަރުވެސް ދަށް ކުރެވޭ"

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުން މި އަންނަނީ މި ބަލި ކޮންޓްރޯލްކޮށް ފެތުރޭ މިންވަރު ލަސްކުރަން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ލަސްވަންޏާ އެއްފަހަރާ ފަރުވާ ދޭންޖެހޭ މީހުން މަދުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ފަރުވާގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ސަރުކާރުން މި ކުރާ މަސައްކަތަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް މަބްރޫކް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަ އެވެ. މަބްރޫކް ވިދާޅުވި ގޮތުގައި އިއްޔެ އަށް ވުރެ މިއަދު ބޭރުގައި އުޅުނު މީހުން ގިނަ އެވެ. މި ތިން ގަޑި އިރު ތެރޭގައި މާލެ ސަރައްދުން އިއްޔެ ނަސޭހަތްތެރިވާން ޖެހުނީ އެންމެ 95 މީހުންނަށް ކަމަށް ފުުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު 183 މީހަކަށް ނަސޭހަތްތެރިވާން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ. އަދި މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ވެސް މެދުކަނޑާލާފައިވަނީ ގައިގޯޅިވެ އުޅުން ކުޑަކުރުމަށެވެ.

55 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 60%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައީސްގެމީހާ

14 April 2020

މާނަޔަކީ އަދި ކުޑަ ވައްކަމެއް ކޮށްލަން ފުރުސަތު ދޯ.. އިތުރު ވެންޓިލޭޓަރސް އަށް އޯޑަރު ކުރަން ޑަބްލިއު އެޗް އޯ އޮފީހުން (ވޯލްޑްބޭނކާއި ގުޅިގެން) ހިލޭ ވެންޓިލޭޓަރު ފޯރުކޮށް ދިނުމަށް އޭގެ ރިކްއަރމެންޓް ހޯދުމަށް މިނިސްޓްރީގައި އެދުމުންވެސް ނުދެއްވާ ހިފަހައްޓަވާފަ، ފަހުން އަމިއްލަޔަށް ގަތުމަށް އެހެއް ފަރާތަކަށް ދިނީ.. އަމިއްލަ ޖީބު ފުރުމުގެ ގޮތުން ހިންގާފައިވާ ބޮޑު ޖަރީމާއެއް. ކޮންބަޔަކަށް އަސްލު ގެއްލުން މިވަނީ.. ޓެކްސް ޕޭޔަރުން ދޯ؟

The name is already taken The name is available. Register?

ކަންއޮތްގޮތް

04 April 2020

މިކަހަލަ ވަގުތުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ކޮންމެގޮތަކަށް އުޅުނަސް ކުރެވޭނެ ކަމެއްނެތް ބަންދުކޮށްފިއްޔާ ދުވާލަކު ދައުލަތުން އެތަށް ހަރަދެއްކުރަންޖެހޭތީ އެކަމެއްވާކަށްނެތް ޖޫރިމަނާއެއް ކުރެވޭކަންނޯވޭ ކާކުކަން ނޭނގޭތީ ގައުމަށް ފޮނުވާލެވޭކަށްނެތް ޑިޕޮސިޓް ފައިސާކޮޅުވީތަނެއްނޭގޭތީ

The name is already taken The name is available. Register?

މީމަގޭ ހިޔާލު

04 April 2020

އަސްލު ތިހުރިހާކަންކަންވެސް ރަނގަޅު އެމައެއާއެކުހެން ރޯދަމަސް މިހާ ކައިރިވެފަ އޮއްވާ ވިޔަފާރިކުރަން އޮންނަވަގުތުން ބައެއްގެއްލުނީމާ ހުޅުވާލެވިފަ އޮންނަގަޑިތަކުގައި ބާޒާރުމަތި ވަރަށް ކޮންޖެސްޓްކޮށް އޮންނަނީ އެއީވެސް ވިސްނަންޖެހޭކަމެއް

The name is already taken The name is available. Register?

ޑޮލާންޑް ޓެންޑުލްކޯރު

04 April 2020

ބިދޭސީން ބޭނުންކުރުމަށް 300،000 ވެންޓިލޭޓަރު ގެނެނަނަންޖެހޭނީ. ޢެވާހަކަ އެބުނީ. އެވެރިން މަދުކުރޭ

The name is already taken The name is available. Register?

ޥދަަނވ

04 April 2020

ބިދޭސީބް މަދުކުރުމެއްނުން މުހިންމީ. ގޯސް އާދަތައް ދޫކޮށްލަންވީ. ކަމެއް ވެއްޖެއްޔާ އެމީހުނަށްވުރެ ދިވެހިންގެ ހާލު މާގޯސްވާނެ. ޙާއްސަކޮށް ބަންގްލަދޭޝް މީހުންގެ ތެރެއިން ގިނަ މީހުނަކީ ނުލާހިކު ހާޑް ވޯކިން އަދި ފިޓް މީހުން.

The name is already taken The name is available. Register?

އަލީގ

04 April 2020

ތިކުރާ ހިއްވަރުން މިގައުމުގަ މިބަލި ޖެހޭ ކާވް ވަނީ ވަރައްބޮޑައް ފްލެޓްކޮއްލެވިފަ. އެކަމައް ވަރައްބޮޑައް ސާބަސް އަދި ޝުކުރިއްޔާ. އެކަމަކު ބައެއްފަހަރު ހިތައް އަރާ މިއީ އެންމެ ރަނގަޅުގޮތްބާއޭ. އެހެންމިބުނީ މިކާވް ފްލެޓްޥީވަރަކައް މިކަމުން މުޅިން އަރައިގަންނަން ނަގާނެ މުއްދަތު ދިގުވާނެތީ، ބަލިން ދިފާއުވުމުގެ ބާރު އަދި މިލިބެނީ ބަލިޖެހިރަނގަޅުވެގެން ކަމައްވާތީ.

The name is already taken The name is available. Register?

ސްޓިލް

04 April 2020

ކާކުތަ ބޭނުންވާނީ އެ ބައްޔަށް ދިފާއުވުމުގެ ބާރު ލިބޭތޯ ބަލަން ބަލިޖެހެން؟ އެންމެންވެސް ވިސްނަނީ އެންމެ ނުބައި ހާލަތުގަ ބަލިޖެހިގެން މަރުވާނެ ތަންކޮޅު. މަރުވާން ބޭނުންވާ މީހަކު އެކަނި ބައްޔަށް މަރްހަބާކިޔާނީ. އެކަހަލަ މީހަކަށް މަރުވުން އޯކޭވިއަސް ބަލިވެގެން ހޮސްޕިޓަލަށް ގެންދިއައިމަ އެތަނުން ފުރާނަ ސަލާމަތްކޮށްފިނަމަ ދެން އެބޭނުންވި ގޮތް އޮންނާނީ ނުވެފަ.

The name is already taken The name is available. Register?

ބލއށ

04 April 2020

މިކަހަލަ ދެތިން ރޯނު އެދުރުންނާ ހެދިއޭ ގިނަ ބަޔަކު ބިރެއް ނެތި ބޭރުގައި އުޅެނީ. ކާކަށްތަ އިނގޭނީ ޖެހިފަ ރަނގަޅުވާނެކަމެއް.

The name is already taken The name is available. Register?

ތޯހާ

04 April 2020

ނިއުޔޯކު މޭޔަރު ވިދާޅުވީ ކޮވިޑު ގެ ކުރިން (އޮޓޮމެޓިކް) އާދައިގެ ވެންޓިލޭޓަރެއްގެ އަގަކީ 25000 ޑޮލަރު ކަމަށް. މިހާރުގެ އަގަކީ 45000 ޑޮލަރުކަމަށް. ވަރަށް އާދައިގެ އަތުން ވައި ޕަންޕު ކުރާ މެޝިނެއް އަގު ހެޔޮވެދާނެ. 400000 ވެންޓިލޭޓަރު ގެ އަގު 25000 ޑޮލަރުގެ ރޭޓުން ބެލިނަމަވެސް ބިލިއަން ޑޮލަރައް ވުރެ މާ ބޮޑު. މަބުރޫކު ނުވަތަ ޑޮކްޓަރު ކީއްވެތޯ މީގެ އަގު ބޮޑުކަމާ ރާއްޖެއައް އެތައް ހާސް ވެންޓިލޭޓަރު ގަތުމަކީ ވާނެކަމެއް ނޫންކަން ހާމަ ނުކުރެއްވީ. ވަރަށް އާދައިގެ ކަމެއްހެން ހީވަނީ'... ދެން ޖެހޭނީ 400000 ވެންޓިލޭޓަރު ގަންނާށޭ... ' ބުނުއްވީމަ.

The name is already taken The name is available. Register?

ފަލަކުފފފފފފ

04 April 2020

400000 ވެންޓިލޭޓަރ އަކީ ދިވެހި އާބާދީއަށް ވެސް ނުވާވަރުގެ އަދަދެއް، 300000 އެއްހާ ބަންގާޅީންވެސް މިތާ އެބަތިބި. 80000 ހާ މީހުން ގަވައިދާ ހިލާފަށް. ﷲގެ ވާގިފުޅާ އެކީ މިތާގަ މި ބަލި ފެތުރިފާ ނުވުމަކީ ކިހާބޮޑު ރަހުމަތެއް. ވެންޓިލޭޓަރ އާ ނުލާ މި ބަލިޖެހޭ މީހާއަށް ނޭވާނުލެވޭ. މީހާ މަރުވަނީ ގެނބިގެން މަރުވާހެން

The name is already taken The name is available. Register?

ބަޑީ

04 April 2020

އެބުނުއްވީ ވެންޓިލޭޓަރ ގަނެވިދާނެޔެކޭހިނެއް އަޅުގަޑަކަށް ހިޔެއްނުވޭ އެކަމު އެންމެން ނުކުންނަނަ ފެށީމަ ދެން އެންމެނަށްވެސް ވަރަށް ފަސޭހައިން ބަލިޖެހިދާނެ ކަމާއި އެންމެންނަށްވެސް ވެންޓިލޭޓަރ ބޭނުންވެދާނެކަމަށްހެން އަޅުގަޑަށް ހީވަނީ.

The name is already taken The name is available. Register?

ސްޓިލް

04 April 2020

އެންމެންނަށް ބަލިޖެހިގެން ވެންޓިލޭޓަރ ބޭނުންވާ ހިސާބަށް ދާނެ ކަމަށް ބެލުމަކީ ވަރަށް ނެގެޓިވް ގޮތެއް.

The name is already taken The name is available. Register?

ދާއިރާ

04 April 2020

ދިވެހިން މިވާގޮތަކީ ދަރަންޏަށްނަމަވެސް އެންމެ ފަހުގެ ފޯނެއް ގެންގުޅެވުނީމަ ދެން މާތަރައްގީ ބައެއްކަމަށް ހެދިގެން މިތިބެނީ , ނަމެވެސް ދިވެހި ގިނަ މީހުން ވަރަށް ނާތްހުޒީބު, އެ އަގުބޮޑު ފޯނުން އެ ލިބޭ ފަހުގެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނަމަ,,, ދުނިޔެއަށް މިބަމުންދާގޮތް ވިސްނާލާނަމަ މިކަމުގަ ޖަދަލު ކުރުމާއި, އަނެކާ ކުއްވެރި ކުރުމުގެ އެންމެ ބަހެއްވެސް ނުބުނީސް,,,ޔާ ﷲ ދިވެހިންނަށް ހެޔޮވިސްނުންދެއްވާ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތް ކޮށްދެއްވާށި އާމީން,

The name is already taken The name is available. Register?

ކޮތަރު

04 April 2020

ނަންވާނީ ބަންގާޅީން..

The name is already taken The name is available. Register?

ޟޒަވ12

04 April 2020

ތި ހަމަ ވަރަށް ބޮޑު ތެދު ވާހަކައެއްކަން މިއަދު މާލެ މަގުމަތި ބަލާލީމަ އެނގިއްޖެ. ބިރެއް ނެތި ހަމަ އެއުޅެލަނީ. މީގެ މީހެއްގެ ފަރާތުން މިބަލި އެހެން އޮނޮސެންޓް މީހަކަށް ޖެހިއްޖެއްޔާ އެކަމުގެ ޒިންމާ އޭނާގެ ބޮލުގަ އަޅަންޖެހޭނެ. އުޅުމާ ވިސްނުން އެހާ ގޯސް. ކިހިނެތް ވެފައި ތިބި ބައެއް މިއީ.

The name is already taken The name is available. Register?

ހޯރަބޭ

04 April 2020

މިހާރުވެސް އެތިބީ މަޖީދީމަގު ޒިކުރާ މިސްކިތްކައިރީ ބަގުލާސްދޭސް މީހުން ގުރޫފް ހަދާފަ ތަން ތަން ކޮޅަށް އެއްވެފަ އެމީހުން ކޮންމެ ދުވަހަކުވެސް ތިބޭހެއް. ފުލުހުންވެސް ހަމަ އެމީހުން ކުރިމަތިން ދެކޮޅަށް ދުއްވާއެބަ. ހަމައެކަނި 5 ހަކުން 8 ކަށް ނޫންދޯ ފުލުހުން ހަރަކާތް ތެރިވާންވާނީ އަކީ. 3 މީހުންނަށް ވުރެ ގިނަވެއްޖެޔާ އެއްނުވެވޭ ގޮތަށް އޮށްނަނި. އެކަމް މަންޒަރު މި ފެންނަނި ދިމާ އިދިކޮޅަށް

The name is already taken The name is available. Register?

ދަގަތްފާނު

04 April 2020

ޒިކުރާ މިސްކިތް ކައިރީ ތިބީމަތަ ބަލިޖެހެނީ؟ މާލޭ މީހުންގެ ގެހަދަން ބޮޑެތިސިންގާ ބަންގާޅު ގުރޫޕުތައް އެތިބެނީ ހަމަ ހޭބޯނާރާ، އެއީ މައްސަލައެއްނޫންދޯ.

The name is already taken The name is available. Register?

ޞއބޗރފ

04 April 2020

މިސްކިތް ކައިރީގައި ތިބިކަންވެސް އެނގުނީ ބޭރުގަ އުޅުނީމަ ދޯ. ތި ހަމަ ރަނގަޅަށްތަ ތި އުޅެވެނީ.

The name is already taken The name is available. Register?

އަހުމަދުބޭ

04 April 2020

އަދިވެސް ދިވެހީންގެ ތެރޭގައި ހާދަ ގޮތް ދޫނުކުރުމާ، ނުވިސްނުމާ، ޖެއްސުން ކުރުމާ، ކަންދެއްކުމާ ހަރުކަށިކަން ދެއްކުން އެބައޮތެވެ، ދުނިޔޭގެ ފެންވަރުގެ ތައުލީމް ދީގެން ކިޔަވާގެން މިއުފެއްދުނު ޖީލު އެއްގޮތަކަށްވެސް ހިއެއްނުވޭ ކަމުދާހެން، މިއަދު ދުނިޔެއަށް މިވީގޮތް ވިސްނާލައިނަމަ އަދި އަންނަން އޮތް އަދިރިދުވަސްތަކަށް ވިސްނާލާނަމަ އަޅުގަނޑަކަށް ހިއެއްނުވޭ މިކަމާ ޖެލެންޖުކުރާނެހެނެއް؟ ރައްޔިތުންނޭ، ހެޔޮނުވާނެ މިކަމުން އަރާގަނޭތޯ އެންމެން ގުޅިގެން މަސައްކ

The name is already taken The name is available. Register?

ޝައްތ

04 April 2020

ދިވެހިން ބޭނުން ނުވަނީއޭ ދިރި ތިބެން. ޖެހިގެން ގިނަ މީހުނަށް ފަރުވާނުދެވޭ ހާލަތުގައިވެސް ގޯސްވާނީ އެކަން ކުރަންތިބި ބަޔަކު. ވަރަށް ހެއްވާ ވިސްނުމެއް ގެންގުޅޭ ބައެއް. ބުނާ ގޮތަކަށް ހަދާކަށްވެސް ބޭނުމެއް ނޫން އެކަމަކު މިބަލި ޖެހެންވެސް ބޭނުމެއް ނޫން. މިއެއްވެސް ގޮތަކަށް ވޯކް ކުރާނެ އުސޫލެއް ނޫން.

The name is already taken The name is available. Register?

‫ގޮހޮޑާ

04 April 2020

‫ކާރފިއު އާއި ގޭގަ މަޑުކުރަން އިރުޝާދު ދިނުމާއި ކަންތައްތައް ދިމާނުވޭ ބައެއް ހިދުމަތް ސަރުކާރުން ދޭ ގޮތް....ބަހާ އަމަލުބދިމާ ނުވޭ

The name is already taken The name is available. Register?

ބަޑީ

04 April 2020

ތިބޭފުޅާއަށް ރަގަޅު އެއްގޮތެއްވެސް އޮންނާނެހެނެއް ހިޔެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454