އެސްޑީއެފްސީ: އެ ކުންފުނިން ވެސ މިހާރު ވަނީ ރިކަވަރީ ލޯނު ދޫކުރަން ފަށައިފައި --ފޮޓޯ/މިހާރު
09 އެޕްރީލް 2020 - 00:15
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ތައާރަފުކުރި ރިކަވަރީ ލޯނު އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޭން ފަށައިފި އެވެ.
މި ލޯނަށް ހުށަހެޅުމުގެ ފުރުސަތު އެސްޑީއެފްސީން މިއަދުން ފެށިގެން ހުޅުވާލައިފައިވާއިރު މި ލޯނަށް ޝަރުތު ހަމަވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް މި ޕެކޭޖުގެ ދަށުން ލޯނަށް ހުށަހެޅޭނެ އެވެ.
އެސްޑީއެފްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށާއި ވިޔަފާރިތައް ދެމެހެއްޓުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ދޫކުރާ ލޯނުތަކެއް ކަމަށެވެ. މި ލޯނަށް އެދި ހުށަހަޅާ ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 10 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ވާން ޖެހޭނެ އެވެ.
ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކާގޮތަށް ދޫކުރާ މި ލޯނަކީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ދޫ ކުރާ ލޯނުތަކެވެ. މި ލޯނުތައް އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއެޑެއް ވެސް ލިބޭނެ އެވެ. މި މުއްދަތުގައި އިންޓަރެސްޓާއި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ.
ސަރުކާރުން މި ލޯނުތައް ދޫކުރަން ނިންމައިފައި ވަނީ ދިވެހި މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރި ކުރާ ގޮތަށެވެ. އެގޮތުން މި ލޯނު ލިބޭ އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ވަކި ކޮށްގެން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޭޕަރު
09 April 2020
ފެން ބިލުން %20 ކަރަންޓް ބިލުން %30 ދީފިއެވެ. ރިޒޯޓް ތަކަށް އެތަށް ބައިވެރި ލޯނަކާއި ލުޔެއް ދީފިއެވެ.އެމްޕީއެލް އިން ކަސްޓަމުން އަދި އެޗްޑީސީ އިން އަދި ގްރޭޓާ މާލޭ ކުންފުނިން ވެސް އަދި އެމްޓީސީސީ އަދި ބޭންކް ތަކުން ވެސް ލަސްޓަމަރުން ނަށް ނުވަތަ ޗިޔަފާރި ވެރިންނަށް ނުވަތަ މަސައްކަތް ތެރިން ނަށް އެތަށް ލުޔެއް ދީފި އެވެ.އެކަމަކު ފިޝަރީޒް/އެގްރީކަލްޗަރ މިނިސްޓަރީގެ ޚަބަރެއް ނުވެއެވެ. ޕޭޕަރެއް ހަދާފައި އެބަ އޮތް ކަމަށް ވިދާލުވި އެވެ
ބަރުބާދުވި
09 April 2020
ލޯނު ނަގަން ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި ފުރިހަމަ ކުރަން ޖެހޭ ކޫސަނި ޕޮރޮސެސް ތަށް ގިނަކަމިން ވަރަށް ފޫހި ވެއެވެ. މިކަމުގައި ވެސް ބީއެމްއެލް އަކީ ވަކިން އަރާތިބި ބައެކެވެ.
ެއެކްސްލާޖް ފަރީދާ
09 April 2020
ވިޔަފާރިތަކައް ތިދޭ ލޯން މިދުވަސް ކޮޅު އެންމެ ރަނގަޅީ ގޭޭގަ ތިބެގެން އާމްދަނީ ހޯދޭކަހަލަ ކުދި ވިޔަފާރިތަކައް.
ތުނޑު ހަސަނާ
09 April 2020
މަހުޖަނުންނާއި ބޮޑެތި މުއްސަދިން އިތުރައް މުއްސަނދި ކުރަންވެގެން ދޭ ލޯނުތައް ނިކަމެތިން ނަކައް ތީގެ ލޯނުގަނޑެއްހާ މިންވަރުވެސް ނުލިބޭނެ
އަޖުނަބީ
09 April 2020
އަޖުނަބީ ބުނީ ރަނގަޅު ވާހަކައެއް އުފެއްދުންތެރި އަމިއްލަ މަަސައްކަށް ކުރާ ފަރާއްތަކައް މިވަގުތު ކޮންމެވެސް ވަރެއްގެ ލުއި ލޯނެއް ލިބޭނެ ގޮތެއް ހަމަޖައްސަބަލަ
ޝީޒާ
09 April 2020
މުޖުތައައް ފާއިދާ ހުރި އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން އުޅޭ މީހުންނައް ވެސް ލޯނެއް ލިބޭނެގޮއް ހަދާބަލަ
ގަބުޅި
09 April 2020
ދަނޑުވެރި ކަމަށް ލޯނެއް ނުދޭ ކުރޭ ތޯއެވެ؟ މިނިސްޓަރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ދަނޑު ވެރިރިކަން ފަރާތް ތަކަށް ކޮށްދޭނެ އެހީތެރި ކަމެއް ބުނެދޭކަށް ނުވޭތޯއެވެ. އުފެެއްދުން ގަނެވޭނީ އުފެއްދިގެން ނޫންތޯއެވެ؟