ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
14 އެޕްރީލް 2020 - 20:49
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ވާދަކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ޝައުގުވެރިކަން ފާޅުކޮށް، އެ ކަމަށް ގައުމުތަކުގެ ތާއީދު ހޯދުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް އަދި އިއުލާނު ކޮށްފައި ނުވިއަސް، އެ ބޭފުޅަކީ އެހެން ގައުމުތަކުން ބަލައިގަންނާނެ ބޭފުޅަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ވެސް މަސައްކަތް ކުރައްވަނީ އެ ޖަމާއަތުގެ ރައީސްގެ ދަށުންނެވެ. އދ. ގެ އާންމު މަޖިލީހުގެ މިހާރުގެ ރައީސަކީ ނައިޖީރިއާގެ ބޭފުޅެއް ކަމަށްވާ ތިޖާނީ މުހައްމަދު ބަނދޭ އެވެ.
ރާއްޖެ އިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވާދަކުރާނެ ކަން ވެސް އިއުލާނުކޮށްފަ އެވެ. ރާއްޖެ އިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ 2022 ގަ އެވެ. އދ. ގެ އެންމެ ބާރު ގަދަ ކައުންސިލް ކަމަށްވާ، ސެކިއުރިޓީ ކައުންސިލަށް ވެސް ރާއްޖެ އިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު ވާދަކުރި އެވެ. ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން ރާއްޖެ އަށް ލިބުނީ 46 ގައުމެއްގެ ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަބޭ
15 April 2020
ޝާހިދު ދަތުރުކުރާނެ އާމަގެއް ހުޅުވަނީ
ޙިމާރުލް ވަތަން
15 April 2020
ތީ ދެން ނުވެފަ އޮތްކަމަކީ
މަންނާނު
15 April 2020
މިކަމަކީވެސް ވަރަށް ކަޓްލިބޭކަމެއްހެން ހާދަހީވޭ އެބަ
ޟާސް
15 April 2020
މައުމޫނުގެ ސަރްކާރުގައިވެސް މިސަރުކާރުގައިވެސް ޟާހިދު ހަމަ ޗަރްކޭސް ކުޅުއްވަނީ. ސާބަހޭ.
މޫސަ
15 April 2020
މިއީ ތިކަމަށް ފައިސާ ޚަރަދުކުރަންވީ ވަގުތެއްނޫން
ކިޑު
15 April 2020
ރައީސް ނަޝީދު މި މަގާމަށް ނޮމިނޭޓު ކުރަންފެނޭ! ރައީސް ނަޝީދު ގައުމުން ބޭރުގައި ދިރިއުޅެން ފެށި އިރަކުން މި ރާއްޖެއަށް ހަމަޖެހުން އޮތީ އިބޫ އަށް ވެސް ހަމަޖެހިގެން ވެރިކަން ކުރެވޭނެ ފޯމިއުލާ އަކީ މިއީ!
ލިޑު
15 April 2020
ގައުމުން ބޭރުކުރަން ތިޔަ ގެންގުޅޭ ވިސްނުމުން އޭނާއަށް ދެވެން ތިއުޅެނީ އިތުރު މާ ބޮޑު ބާރެއް. ދުނިޔެ ހަލާކު ކުރަން މަގުފަހިކުރެވޭނެ ފަދަ ބާރެއް. އެކަމުން ރާއްޖެއަށް ލިބޭނެ ގެއްލުން ވަކި ކުޑައެއްނުވާނެ.
މުޖޫ ނ
15 April 2020
އާނ ދެން ދުނިޔޭގެ ޖަމްޢިއްޔާ އަށް ގޮސް ދުނިޔެ ހަލާކު ކޮށްލައިގެން އެންމެފަހުން ޖައްވަށް ތޯއްޗެއް ދާން ޖެހޭނީ....މީވާ މިހަކީ
ްޗޮޕްސިކަލް
14 April 2020
މާގިނަދުވަސްވީ ދޯ ދަތުރެއް އަޅާނުލެވޭތާ؟ މިދަނޑިވަޅު ރައްޔިތުންގެ ލާރިކޮޅުނުތަޅާ މަޑުން ހުރެވޭތޯބަލާބަލަ!
ބަކުރ
14 April 2020
ރަނގަޅު ވާހަކައެއް ނަމަވެސް ދަތުރު ޙަރަދުތަކަށް ވުރެން އެކުރާ ދަތުރުން ލިބޭ ހިލޭ އެހީތައް ގިނަ ކަމަށް ފާހަގަ ކުރެވޭ އެހެންވީމާ ބުނެވޭނީ އަވަހަށް މަސައްކަތް ފަށާ ދަތުރުތައް އަޅާ ފައިސާ ހޯދުން މުހިންމުކަމެވެ.
ރައީސު ސޯލު
14 April 2020
އަނެއްކާ ދަތުރު ކުރަންވެގެން ކިތައްމިލިޔަން ޑޮލަރު ހޭދަވާނެބާ؟މޮޅު ވާހަކައެއް ދައްކާފަ ދަތުރު ތަކެއް ކުރަން ދޯ ތިވިސްނީ މިއޮތީ ވާކަމަކާލައިގެންފަ
އޮނަރަބްލް ޒަކީގެ ކުނިކަހާ ތުއްތު
14 April 2020
އިންޑިޔާއިން ދިންކަމަށްބުނާ ބިލިޔަން ޑޮލަރުން މޯދީ ހިއްސާވާ ކުންފުންޏަކުން ބުރިޖް އަޅާގޮތަށް މިކަމުގައިވެސް މޯދީ އެހީވާނެ ލޮބީކޮށްދޭން ބޭރުފުށުން! އަޑިއަޑިން އެންތިކެމްޕެއިންކުރާނީ! ރާއްޖެ ފުރަތަމަ އަލިފްދާލުގައި ބައިވެރިވާން އުޅުނީމަވެސް އިންޑިޔާއިން ހުރަސްއެޅި، އެކަން ކާމިޔާބުނުވީ ސްވިޑަނުން އަދިއިނގިރޭސިންނާހެދި.
މަދު
14 April 2020
ތިކަހަލަ އާރެއް ބާރެއް ނެތް ކަންކަމުގަ ވާދަކޮށް ގައުމުގެ ހަފުސް ކޮށްލާ. ކަލޭމެން ވެރިކަމާ ހަވާލުވި ފަހުން ސަހަލު ދުވެހެއް އަދި މި ގައުމު ނުދެކޭ. ހާސްކަމާ ބިރުވެރިކަން އޮތީ އާދައިގެ ރައްޔިތުންނަށް.