ފަތަހައިން މާވެޔޮ މަގުގައި ހުޅުވި ފަތަހަ މޯލް: މިއދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ލިބޭނެ-- ފޮޓޯ: ފަތަހަ
16 އެޕްރީލް 2020 - 14:02
ގޭތެރެ އަށް ބޭނުންވާ އެކި ބާވަތުގެ ސާމާނު ވިއްކުމުގައި ރާއްޖޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ފަތަހަ" ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
ފަތަހައިގެ އޮފިޝަލަކު ވިދާޅުވީ މިއަދުން ފެށިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަތަހައިގެ ފޭސްބުކް ޕޭޖާއި ވައިބާ މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށެވެ. ވައިބަ މެދުވެރިކޮށް އޯޑަރު ދޭން މެސެޖު ކުރާނީ 9446609 އަށެވެ.
ފަތަހައިން ބުނީ އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ މީހުން ބޭނުންވާ ތަކެތި މެސެޖު ކުރުމުން އެއާ ބެހޭ އިތުރު މައުލޫމާތު ފޯރު ކޮށްދޭނެ ކަމަށެވެ. އަދި ފޮޓޯ ބަލަން ބޭނުންވާ ނަމަ އެ އެއްޗެއްގެ ފޮޓޯ ވެސް ފޮނުވަދޭނެ ކަމަށް ބުންޏެވެ.
މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 24 ގަޑިއިރު ތެރޭގައި ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ފަތަހައިން ދެ އެެވެ.
މާލޭގެ ގިނަ ފިހާރަތަކުން އޮންލައިން ވިޔަފާރީގެ ހިދުމަތާއި ޑެލިވަރީގެ ހިދުމަތް ފަށާފައި މި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު މާލެއިން އިއްޔެ ފެނުމުން، 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. މި ދަނޑިވަޅު ގެއިން ބޭރަށް ނުނުކުމެ ޑެލިވަރީގެ ހިދުމަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން ބާރު އަޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
16 April 2020
ކޮންމެ ބަޔަކުވެސް ނަމަކަށް ކުރާ ކަމެއްތީ، ގުޅީމަކާ ފޯނެއް ނުނަގާ، ވައިބާ ކުރިޔަސް ޖަވާބެއް ނުދޭ، ފބ އިން މެސެޖް ކުރިޔަސް ބަލާލަނީކީވެސް ނޫން.