ގއ.ގެ ރަށެއްގައި ހުޅުވިބީއެމްއެލް އޭޓީއެމް ސެންޓަރު. -- ފޮޓޯ: ބީއެމްއެލް
16 އެޕްރީލް 2020 - 18:18
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އާއި ގއ. ނިލަންދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި އިރު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.
މި ދެ ރަށާ އެކު، ގއ. އަތޮޅުގެ ހަ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ވަނީ ގާއިމްކޮށްފަ އެވެ. އެއީ މާމެންދޫ އާއި ނިލަންދޫގެ އިތުރުން ކޮލަމާފުށި، ދާންދޫ، ގެމަނަފުށި، އަދި ކޫއްޑޫ އެވެ. މީގެ އިތުރުން ގއ. އަތޮޅު ވިލިނގިލީގައި ބީއެމްއެލް ބްރާންޗާއި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ދެ އެވެ. އަދި ގއ.ގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލުން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހާލަތުގައި ވެސް މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފުޅާކުރައްވާނެ ކަމަށެެވެ.
"މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެ ވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިން ޚިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލުން ބުނީ ޚިދުމަތް ހޯއްދެވުމަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރުން މުހިއްމު ކަމަށެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލުން އެދެ އެވެ.
މިހާރު ވެސް ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް، 55 ސެލްފް ސަވިސް ބޭންކިން ސެންޓަރުގެ އިތުރުން 116 އޭޓީއެމް އާއި 277 ކޭޝް އޭޖެންޓް މެދުވެރިކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާމެންދޫ ނިއުސް
16 April 2020
މާމެންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތަޢާރަފް ކުރެވުނީ އެމް.ޕީ ޔައުގޫބްގެ ހިތްވަރުންނޭ.. އެއީ އެމް.ޕީ ޔައުގޫބްގެ ވަޢުދެކެވެ. މާމެންދޫގައި މިހާރުވެސް ބަނދަރު ފުޅާކުރުމުގެ ޕްރޮޖެކްޓަކާއި ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ ޕްރޮޖެކްޓް މެދުނުކެނޑި ކުރިއަށް އެބަދެއެވެ. އަދި އިންޖީނުގޭގެ ކެޕެސިޓީ އިތުރުކޮށް އާޢިމާރާތް މިހާރުވަނީ ނިމިފައެވެ. ޝުކުރިއްޔާ ރައީސް ސޯލިޙް އަދި ދާއިރާގެ އެމް.ޕީ، ކުޅަދާނަ އޮޑިޓަރު ޔައުޤޫބްއަށް ފަށްފަށުން ޝުކުރު.
ކާޑު ގެންނަ
17 April 2020
ތިއީއޭ މައްސަލަ އަކީ... އެމްޕީ ވެސް ނުފޫޒް އާއި ކޮރަޕްޝަނުގެ ތެރެއިން ކަންތަށް ނުކުރެއްވުން އެދެން. ތިހެން ހެދީމާ އެއްމެ ބޭނުންވާ އެއްމެ ހައްޤުވާ މީހުންގެ ހައްޤު ގެއްލޭނެ އެވެ. ކާޑެއްދޫގައި އޭޓީއެމް މެޝެނެއް އަދި ވިނލިގިލި ގައި އޭޓީއެމް މެޝެނެއް ހުއްޓާ ޖެހިގެން އޮތް މާމެންދޫ ގައި އެމްޕީ އޭޓީއެމް މެޝެނެއް ބެހެއްޓުމުގެ ސަބަބުން އަހަރެމެނަށް ގެއްލުނު ހައްޤު ކޮބާތޯއެވެ؟ އަހަރެމެން މިހާރު ވެސް ޖެހެނީ 100 ރުފިޔާ ނަގަން 1000 ރުފިޔާ ޚަރަދު ކުރާށެވެ
ލ ހުޅަގު ދެކުނު ދާއިރާ
16 April 2020
ލ. އަތޮޅުގައި ގަމު/ ފޮނަދޫ ދެރަށުގައި އޭޓީއެމް ޚިދުމަތް ދިނުމުން ލާމު އަތޮޅަށް ޚިދުމަތް ދެވުނީ ނޫންތޯއެވެ؟ ބޭންކް ގޮފި ތަށް ވެސް އޭޓީއެމް ވެސް ގުޅިފައިވާ އެދެރަށިގައި ބެހެއްޓީ މާ ނިމުނީ އެވެ. ނިކަން ބަލާށެވެ. ގަން/ ފޮނަދޫ ލިންކް ރޯޑަށް ވެސް ކިޔަނީ"ހައްދުންމަތީ ބޮޑުމަގު" ނޫންތޯއެވެ؟
އަމްނާ
16 April 2020
ޕެޓްރޯލް ޝެޑަކާ ހާދަވައްތަރޭ. ބީއެމްއެލް އަދިވެސް ހަމަ އެއްމެ މުސްކުޅި ގޮތުގައި