މާލެ އިއްޔެ ލޮކްޑައުންކޮށްފައި ވަނިކޮށް ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އެޕްރީލް 2020 - 21:00
މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުންނާ ދެކޮޅަށް މިރެއިން ފެށިގެން ފުލުހުން ހަރުކަށި ފިޔަވަޅު އަޅަން ފަށައިފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ލޮކްޑައުން ކޮށްފައިވަނިކޮށް ބޭރުގައި އުޅޭ އެންމެންނާ ދެކޮޅަށް މިރޭ 8:30 ން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް ކުރާނީ ޖޫރިމަނާ އެވެ. ދެވަަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ބޭރުގައި ތިބި އެންމެން ގެއަށް ވަނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ލޮކްޑައުން ކުރުމަށް އެޗްޕީއޭ އިން މިއަދު ވަނީ ނިންމައިފަ އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ތިން ދުވަހު ވެސް ބައެއް ގަޑިގަޑީގައި މާލޭގެ މަގުތަކުގައި މީހުން މަދެއް ނުވެ އެވެ. ފުލުހުން ވެސް މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.
Starting from 20:30hrs tonight, we will take actions against anyone on the streets. So please go back inside and #StayAtHome! Your cooperation is greatly needed to control the community spread of #COVID19.#COVID19Maldives
— Maldives Police (@PoliceMv) April 17, 2020
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެންގުންތަކާ ހިލާފުވާ މީހުން ކަރަންޓީން ކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
މާލެ ސަރަހައްދު ލޮކްޑައުންކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅަން މިދިޔަ ބުދަ ދުވަހު ފެށީ މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެހެންވެ، މާލެ ސަރަހައްދު "ރެޑް އެލާޓް" އަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުން ވަނީ ވަރުގަދަ ކޮށްފަ އެވެ. މިއަދާ ހަމައަށް މާލެ އިން ވަނީ ކޮވިޑް-19 ގެ އަށް މީހަކު ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުރޫކ
18 April 2020
ފުލުހުންވެސް މިހާރު ހަރުކަށިފިކުރުތަ
އެހެން
18 April 2020
އިންޑިއާގައި ބޭރައްނުކުންނަ މީހުނަށް އާދައިގެ ސިފައިންގެ މިހާ ދެއްވާ ބައެއް އަދަބުތައްހަމަ ވަރަށްފައްކާ. ހޭލުންތެރިކަންކުޑަ ބޮޑުއާބާދީއެއް ކޮންޓްރޯލް ކުރެވޭނީ އެކަހަލަ ގޮތަކަށް. މާލޭގައި ކަމަކާނުލާ އަދި ކެއްމަދުވެގެން ބޭރަށް ނުކުންނަ އެންމެން ކަރަންޓީންކުރަންވީ ފަޅުރަށަކަށް ގެންގޮސް
ޭއައްޔު1
18 April 2020
މަގުމަތީގައި ބިދޭސީން ވަރަށް ގިނަކަން ހިތާމަ އާއިއެކު ފާހަގަކުރަން..ވަރަށް ދެރަ ކަމެއް މީ..މީގެ ތެރޭގައި އެއްވެސް ލިޔުމެއް ނެތި އުޅޭ މީހުން އުޅޭނެކަން ޔަގީން..
ބަޑީ
18 April 2020
ޤަވާއިދާ ހިލާފާށް ބިދޭސީން މިތާއުޅުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން އެކަމަކު، މިވަޤުތު އެމީހުން އެތިބީ ގޮތްހުސްވެފަ!! އަޅުގަޑުމެން ދިވެހިންވެސް މިވަޤުތު ތަފާތުއެހީ ބޭނުން ނަމަވެސް އެމީހުންނަކީ މުޅިންހެން ބޭރުން،ހޮޓާތަކުން ކާއެތިކޮޅު ކާލައިގެން އުޅުނުމީހުން. އެމީހުން މިއަދު އެތިބެނީ ކާނެބޯނެ އެއްޗެއްނުލިބިފަ (: އެމީހުނަށް ކޮންމެސް އެއްޗެއް ލިބޭނެގޮތެއް ހަދަންޖެހޭ. އެމީހުންވެސް އެތެރެއަށް ވަންނަންޖެހޭ.
ދިވެހިމީހާގެ ދަރި
18 April 2020
ހަރެއް ނޫން ވާންވީ. ތަނަކަށް ގެންދާނެ ކަމެއް ނެތް. ގޭތެރޭގައި އޮންނަވަރު މުގުރުން ކުރީމާ ހަމަޖެހޭނީ. ގެންގޮސްފައި ވީއައިޕީގައި ނިންދަވާފައި ކުކުޅުކާންދީފައި ނެރުނީ ދުއްވައިގަތީ.
falcon_autho
17 April 2020
އެކަހެރި ކުރުންވެސް މިހާރުވަނީ މަޖަލަކަށް ހަދާފައި. ނުހަނު އަރާމުގައި ކާލައިގެން ރިސޯޓެއްގާ ތިބުމުގެ އެދުން މިހާރު ހުރީ. އެހެންވީމާ ޢާއިލާއެކު މަގުމައްޗަށް ނުކުންނަނީ. ބައެއް މީހުންނަށް މިއީ ޢީދަކަށްވުރެވެސް އުފާވެރި ދުވަސްކޮޅެއްކަމަށް ފެންނަނީ.
ޚިޔާލު
17 April 2020
މާލެ ސިޓީއަކީ ސްލަމް ސިޓީއެއް. މިތާގައި ހާދަ ހާލެއްގައި އުޅޭ މީހުން އެބައުޅެޔޭ. ކާނެ އެއްޗެއް ނުލިބުނީމާ މީހުން ނިކުންނާނެ. ބިދޭސީ މަސައްކަތުމީހުން ވެސް އެއުޅެނީ ކާބޯތަކެތި ނުލިބެގެން. އެއްވެސް އިންތިޒާމެއް ނެތް. މާލެ ސިޓީ ކައުންސިލާއި ކަންތައް ހަވާލުކުރާއިރުވެސް އެގޭނެދޯ އެމީހުންނަށް ރަގަޅަށް ކަމެއް ނުކުރެވޭނެކަން؟ ދެން މަގުމަތީ އުޅޭ ހުރިހާ އެންމެން ޖަލަށް ގެންދިއުންތަ ހައްލަކީ؟ ލޮކްޑައުންއަކަށް ތައްޔާރުވާން ވަގުތުލިބުނު
ފީވަކުމިރުސް
18 April 2020
ގިނަބިދޭސީއިން އެތެރެވެފައިވާނީ ކޮންމެވެސް ދިވެއްސެއް ނުވަތަ ކުންފުންޏެއްގެ ދަށުން ކަމަށް ބެލެވޭ. އެފަދަ ފަރާތްތަށް ޒިންމާވާން ނުޖެހޭނެބާ؟
ދެރަ
17 April 2020
ފިޔަވަޅު ނޭޅީމަ މަގުތައް ފުރާލަނީ. ދިވެހިންނަކީ ކެތްތެރިކަންކުޑަ ބައެއް. އެހެންގައުމުތަކުގައިވެސް އޯޑަރު ދޭއިރަށް ގޭތެރެއަށް ކާއެއްޗެހިނާދޭ. ޙަފުތާއެއްފަހުންވެސް ލިބޭ. ޢެޖަމަމު ރާއްޖޭގައި ގަޑިއެއްގެ އިރުވާއިރަށް ހަޅޭއްފަޅޭއްލަވާ ބޭރަށް ނުކުމޭ. އާދޭސް ކޮށްފަބުނަން ގޭގަތިބޭ. ޣޭގަތިބޭ.
ފަހުދު
17 April 2020
އިލޮށިފަތިން ނަސޭހަތްދޭންވީ
އަލެކްސް
17 April 2020
ފިޔަވަޅުއެޅުން މާލަސްވެއްޖެ!
ޣޣ
17 April 2020
އައި ވިލް ބިލީވް އިޓް ވެން އައި ސީ އިޓް.... ފުލުހުން ހަރުކަށި ވާނަމޭ ކިޔާފަ ނަސޭހަތް ދެއްވަނީ.... ފުލުހުން ނަސޭހަތް ދެއްވީމަ އަނެއްކާ އިރުކޮޅަކުން ބޭރުގަ އެއުޅެނީ.... މި ހާލަތުގަ ގޭގަ ހުންނަން ޖެހޭތީ ވެސް ބައެއް ބޭފުޅުން ހާދަ ޝަކުވާއެކޭ މި ކުރަނީ.... ބޭރަށް ދާ ވަރަކަށް ވައިރަސް އަށް އެކްސްޕޯސް އެ ވެވެނީ... ސަރުކާރުގެ ލަފާޔާ އިރުޝާދާ އެއް ގޮތަށް ކަންތަށް ކޮށްބަލަ...