ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އޭނާ ވިދާޅުވީ ޖަލު ހަލަބޮލިކޮށްލަން ކުރި މަސަައްކަތުން ބޮޑު ގެއްލުމެއް ނުވީ އޮފިސަރުންގެ ކުޅަދާނަކަމުން ކަަމަށް
19 އެޕްރީލް 2020 - 11:12
މާފުށީ ޖަލުގައި އިއްޔެ ހިނގި ހަަމަނުޖެހުމަކީ ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަކަށް ވެސް އަނިޔާ ނުވެ ކޮންޓްރޯލްވީ ޖަލު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ޖަލުގެ ހާލަތު ބައްލަވަން ކަމިޝަނާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅާ އެކު ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކަކަކާ އެކު އިިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ހަމަނުޖެހުމުގައި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. ބޮޑު ގެއްލުމެއް ނުލިބި ޖަަލު ކޮންޓްރޯލް ކުރެވުނީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ވެސް ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.
#Covid_19 aaeku muassasaa thakah baaruboduve naazuku vivaguthu Jalu halabolikollan kuri masahkayi, qaidheennaa officersah bodu gellumeh nuve control vumakee Allah ge vaagifulhaaeku officerunge kulhadhaanakan. Sarukaaruge amaazakee insaani karaamathah iskandheegen jalu belehettun. pic.twitter.com/DTeRxsqUdb
— Imran Abdulla (@ShimranAb) April 18, 2020
މިނިސްޓަރު އިމްރާންގެ ޓުވީޓް.
"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ، ނާޒުކު މިވަގުތު ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާ އޮފިސަަރުންނަށް މާބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލްވުމަކީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ. އެ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސުން ބުންޏެވެ. އެކަމަކު މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމާރު
19 April 2020
ކޮންތާކުތޯ ތިއުޅުއްވަނީ.މި ޤައުމުގަހޯމްމިނިސްޓްރީއެއް އެބަހުރިތަ.މުސާރަނެގުންނޫންކަމެއްނެެތް. މަގުމަތީގަ ބަހަމުން ބޯމުންދާއިތު ވާނުވާއެބައެނގޭތޯ.ސަލާމް.
ހެލާ ހަސަން ދީދީ / ގަންފޭދޫ
19 April 2020
އިމޫ ފޮނިނުކަނޑާ މަނިކުފާނަކީ ވަޒީފާގެ ދަހިވެތިކަމުގަ ޖެހިފަހުރި ފިނޑިޔެއް
ދިއްދޫމީހާ
19 April 2020
ގައިދީން ފެންމަތި ވަނީ ވެރިންގެ ސަބަބުން، މިކަން ވަރަ ރަނގަޅަ އިންގޭނެ އިމްރާން އަދި މިހާރު ސީޕީ އަ، ކުރީ ފަަހަރު ސީޕީ އަކަ ހުރި މުނާޖް އޮފްސަރުން ތިބާ ގައިދީން ގާތު މި ބުނަނީ ކަލޭމެން ޖަލު މައިތިރި ކޮއްދޭށޭ އިމްރާން ހުނާނެ ކާރީގަ، ދެން ވިސްނާ ކަންތަ ތަ ވާނެ ގޮ
ހަސަނު
19 April 2020
އަލްހަމްދުލިލާހި.. ކާންދޭން ގޮޅި ނުހުޅުވާ އެކަން ކުރެވޭނެ ގޮތްތައް ރާވާން ޖެހޭ.. ނުކިޔަމަންތެރިކަން ދެއްކި ގައިދީންނަށް އަވަހަށް އަދަބު ދެވެން ޖެހޭ.. މިކަހަލަ ކަންކަން ތަކުރާރު ނުވާނެ ގޮތްތައް ރާވަން ޖެހެ..
އަމީންދޫނި
19 April 2020
މި ބޭފުޅާ މަގުމަތީގައި ހަޅޭއްލަވަން ނޫޅޭތީ މިހާރު ހާދަ ހާދަ ފަޅޭ.
ރޯދައިނާޔަތް
19 April 2020
އޮފިސަރުންނަށް ރަނގަޅު ޓްރޭނިންގ ދެވިފަ ހުރިކަން ޔަގީން ވެއްޖެ
ކޮރަލް
19 April 2020
ބޮޑެތި ކުއްވެރީން ދޫކުރާނެ ކަމެއް ނެތެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާ ކޮށް ހުންނަ.މީހުނާ ޑްރަގް ވިއްކާ މީހުނާ އަދިވެސް ..........
ޝޮކްތެރަޕީ
19 April 2020
މަގާމު ލިބުނީމަ ސަރުކަރުން ކުރާ ގޮސްކަންތައް ނުފެނޭ އަދި ބަސްބުނާކައްވެސް ނުކެރޭ.
ގަޓް ބްރޯ
19 April 2020
ޖަލުގަހުރި "މުޖުތަމައަށް ނުރައްކާ ގައިދީ އަކު" މިނިވަންކުރަން ބަޔަކު ކުރާ މަސައްކަތް މިފެންނަނީ.