10 މެއި 2020 - 15:28
ގުއަންޒޫ (މޭ 10) – އޭނާ ދެކޭ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ނޫން ކަމަށާއި އެ ކުޅުންތެރިޔަކީ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ކަމަށް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ބުނެފި އެވެ.
މަރަޑޯނާ އަކީ، ކަނަވާރޯގެ އުފަން ސިޓީ ނޭޕްލްސް އަށް ނިސްބަތްވާ ނަޕޯލީ އަށް 1984-1991 އަށް ކުޅެ އެ ޓީމަށް އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔެކެވެ. މަރަޑޯނާ ނަޕޯލީ އަށް ކުޅުނުއިރު ކަނަވާރޯ އަކީ އެ ޓީމުގެ ޔޫތު ޓީމުގެ ކުޅުންތެރިޔެކެވެ. ނަޕޯލީގެ ސީނިއާ ޓީމަށް ކަނަވާރޯ ކުޅެން ފެށީ، މަރަޑޯނާ އެ ޓީމު ދޫކޮށްލި ސީޒަނަށް ފަހު އެވެ.
"އަހަރެން މެސީ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން. އާ ޖީލަށް އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަމަކު މަރަޑޯނާ އަކީ ތަފާތު ކުޅުންތެރިޔެއް ސަބަބަކީ އޭރު ފުޓްބޯޅަ ތަފާތު،" ޔުވެންޓަސް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ސްކައި ސްޕޯޓްސް އަށް ބުންޏެވެ.
"މެސީ އެހެރީ މަތީ ފަންތީގައި އެކަމަކު މަރަޑޯނާ އެއީ އެހެން ދުނިޔެއެއް. އަހަރެން އޭނާއާ އެހެން ކުޅުންތެރިންނާ ދުވަހަކު ވެސް އަޅާނުކިޔަން. އަހަރެން ޕެލޭ ކުޅުނުތަން ނުދެކެން އެކަމަކު އަހަރެން މަރަޑޯނާ ކުޅުނުތަން ހަތް އަހަރު ދުށިން، ހުރިހާ މެޗެއް ބެލިން. އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެއް ނޫން، އެއީ އެންމެ މޮޅިު ކުޅުންތެރިޔާ."
މަރަޑޯނާގެ އެންމެ ހާއްސަ ކާމިޔާބަކީ އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. ކްލަބް ލެވެލްގައި ނަޕޯލީއާ އެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު އަދި ޔުއެފާ ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. އަދި ބާސެލޯނާއާ އެކު ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.
ގައުމީ ޓީމާ އެކު މެސީ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2014 ވަނަ އަހަރު ފައިނަލަށް ގެންދިއުމެވެ. އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް އާޖެންޓީނާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ހޯދައިދިނެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި އިންޑިވިޖުއަލް އެތައް މަގާމްތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެގޮތުން ބާސެލޯނާ އަށް ސްޕެނިޝް ލީގު 10 ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްދިނެވެ. އަދި އިންޑިވިޖުއަލް އެވޯޑްތަކުގެ ތެރެއިން ބެލޮންޑިއޯ އެވޯޑް ހަ ފަހަރު ހޯދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ސުޖާއު
11 May 2020
މަރަޑޯނާ ކުޅުނު ޒަމާނާ މިއަދު ޓެކްނޮލޮޖީގެ އެހީގައި އެނަލައިސް ކޮށްގެން މޭސީ ހުއްޓުވަން ވަރަށް އުނދަގޫ، މަރަޑޯނާއަށް ވުރެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ހަޒާރޑްވެސް މޮޅު
އަސްލު ހަގީގަތް
11 May 2020
ވަރަށް ރަނގަޅު ވާހަކައެއް. މެސީ އޭނަގެ ޕީކްގައި ނުހުއްޓުވުނު. ކޮންމެވެސް ގޮތަކުން ނުރައްކާ ކޮށްލާ.
ކްލައުސް
11 May 2020
ޓެކްނޮލޮޖީގެ އެހީގައި މަރަޑޯނާ މިހާރު ކުޅޭނަމަ ތި ހަޒާޑާ ރޮނާލްޑޯ އަށް ރާކަނިމަސް ކެވޭނީ
މެސީ
10 May 2020
މަރަޑޯނާ ގައުމީ ޓީމަށް މޮޅީ. މެސީ ކްލަބަށް މޮޅީ
ނަޖުމުއްދީން
10 May 2020
ތީ ހަމަ ތިކަން އޮތްގޮތް.
އޭނަ މީނަ
10 May 2020
މަރަޑޯނާ މޮޅުވީ އޭނަ ވާރލްޑް ކަޕް ހޯދީމަތަ؟ އަތުން ގޯލް ޖަހައި މަކަރު ހަދައިގެން ވާރލްޑްކަޕްގެ ތަށި ހޯދުމުން މޮޅުވީތަ؟
ބަސްއަހާ
11 May 2020
މަރަޑޯނާ މޮޅީ ހަމަ އެކަނި ގައުމީ ޓީމަށޭ؟؟ ކަލޭ ތިހިރީ މެސީއަށް ކަނުލޯބި ވެފަދ؟ ދުނިޔޭގަ އެންމެ މޮޅު ކުލަބުގަ މެސީ އެހެރީ.. މަރަޑޯނާ ކުޅުނީ ނަޕޯލީ ކިޔާ ބަޔަކު އޭރު ނުވެސް ދަންނަ ކުލަަބަކަށް...ކުޅެ އޭނާ އެއޮތީ ޓީމު ބޮންތިއަށް ގެންގޮސްފަ...ކޯޗެއްތަ ތިބަލަނީ؟
ޢިބޫ
10 May 2020
މެސީއާ މަރަޑޯނާ އަކީ އެންމެ މޮޅު ދެކުޅުންތެރިން.
ބަބުރުލް ސަލީމް
10 May 2020
މެރެޑޯނާ މޮޅީ އޭނާގެ ޒަމާނުގާ. އެކަމަކު މިހާރު މޮޅީ މެސީ.
apparently p
11 May 2020
ހޫނ ތިޔަ މެސީމެން ކިހިލުޖަހާލާގެން މަރޭމެން ކުޅޭނެ. މިހާރުވެސް ތިޔަމެސީމެން އަލަށް އީޖާދު ކުރި ކޮއްޓުމެއް ނެއްޓުމެއް އުޅެއް ނެތް ކޮޕީ ކުރަނީ ޕެލޭމެން މަރޭމެން ބުރެޒް ރޮނަލްޑޯމެންގެ ހުނަރު އެގިއްޖެ! ދެން ތަމެންދޭމަހަށް ވަރަށް