އެވްކޯ ފިހާރަ ހުންނަނީ މާވެޔޮ މަގުގައި--ފޮޓޯ: ފޭސްބުކް
12 މެއި 2020 - 21:46
އިމާރާތްކުރުމާއި ފަރުނީޗަރުގެ ވިޔަފާރީގައި މަޝްހޫރު ރެއިންބޯ ގްރޫޕުން "އެވްކޯ" ގެ ނަމުގައި މާލޭގައި ސުޕަމާޓެއް ހުޅުވައި، ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
މި ސުޕަމާޓު ހުންނަނީ މާވެޔޮ މަގުގަ އެވެ. ދެ ބުރީގެ މި ސުޕަމާޓުން ކާބޯތަކެއްޗާއި ކޮސްމެޓިކްސް އާއި ކުޑަކުދިންގެ ތަފާތު ސާމާނު ލިބެން ހުންނާނެ އެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި މާލެ ލޮކްޑައުން ހާލަތުގައި އޮތް ނަމަވެސް އެ ފިހާރައިން ތަކެތި ގަންނަ މީހުންނަށް ޑެލިވަރީގެ ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެގޮތުން މާލޭގެ ހުރިހާ ހިސާބަކަށް ވެސް ޑެލިވަރީކޮށްދޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އެވްކޯ ފިހާރައިން، އާންމުކޮށް ގޭގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބޭނެ
ތަކެއްޗަށް އޯޑަރު ދިނުމަށް އެވްކޯގެ ހޮޓްލައިން، 7291155 އަށް ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ތަކެތީގެ ލިސްޓު މެސެޖުކޮށްލެވޭނެ އެވެ.
އެވްކޯ ޕޭސްބުކް ޕޭޖު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
12 May 2020
އޮންލައިން ޝޮޕިންގ ކާރޓެއް ބޭނުންކޮށްގެން އެއްޗެއްސަށް އޯޑަރ ކުރެވޭނެގޮތެއް ހަދާލާ، ވަރަށް ފަސޭހަވާނެ.
ވޮޗްޑޮގް
12 May 2020
ގާސިމް ވެސް ދެން ކަންމަތީ ފިހާރައެއް ހުޅުވޭތޯ ބަލާ.